Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެއްމާބަނޑު ދެބެން

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

21 ސެޕްޓެމްބަރު 2026 | ހޯމަ 18:50

އިތިއޯޕިއާއަށް އުފަން، ބޮލުން ގުޅިފައިވާ ދެ އަހަރުގެ ދެބެން ވަކިކުރުމަށް އެމެރިކާގެ ހޮސްޕިޓަލެއްގައި 25 ގަޑިއިރުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި. ގާތްގަނޑަކަށް 30 ސިއްހީ މާހިރުންގެ ޓީމަކުން ކުރިއަށްގެންދިޔަ މި މަސައްކަތަށްފަހު، މި ދެބެންގެ ހާލު ރަނގަޅުވަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައި އެކުދިން އަނބުރާ އާއިލާގެ ގާތަށް ފޮނުވާލެވޭނެ ކަމަށް ހޮސްޕިޓަލުން އުންމީދުކުރޭ

ޖިނާ
ޖިނާ | 21 ސެޕްޓެމްބަރު 2026 | ހޯމަ 18:50
ވަކިކުރުމުގެ އޮޕަރޭޝަނުގެ ކުރިންނާއި އޮޕަރޭޝަނަށްފަހު އެއްމާބަނޑު ދެކުދިން ފެންނަ މަންޒަރު

ވަކިކުރުމުގެ އޮޕަރޭޝަނުގެ ކުރިންނާއި އޮޕަރޭޝަނަށްފަހު އެއްމާބަނޑު ދެކުދިން ފެންނަ މަންޒަރު | ސީބީއެސަް

ސެއިންޓް ލުއިސްގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ކުރިއަށްގެންދިޔަ 25 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު، ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި އެވެ.

އުމުރުން ދެ އަހަރުގެ މި ދެބެން ކާމިޔާބުކަމާއެކު ވަކިކުރުމާ ގުޅިގެން، އެ ކުދިންނަށް ފުރަތަމަ ފަހަރަށް އެކަކު އަނެކަކުގެ މޫނު މިހާރު ވަނީ ފެނިފަ އެވެ. ހިޔާބް އަދި ވުބްތޯ ނަމަކަށް ކިޔާ މި ދެ އަންހެން ކުދިން އުފަންވީ އިތިއޯޕިއާގަ އެވެ. މި ދެބެން އުފަންވީ "ކްރެނިއޯޕޭގަސް" ކިޔާ ވަރަށް މަދު ހާލަތެއްގަ އެވެ. ދެބެންގެ ބޯ ގުޅިފައިވާއިރު، ދެ ބެން ތިބެނީ އިދިކޮޅަށް އެނބުރިގެންނެވެ. ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން ހާމަކުރާ ގޮތުގައި، މިއީ އެއްމާބަނޑު ކުދިން ގުޅިފައި ހުންނަ ހާލަތްތަކުގެ ތެރެއިން 6 އިންސައްތައަށްވުރެ ވެސް މަދު ހާލަތެކެވެ. އަދި މިއީ ކޮންމެ 2.5 މިލިއަން އުފަންވުމަކުން އެއް ފަހަރު ދިމާވާ ކަމެކެވެ.

އިތިއޯޕިއާގެ ބޮލުން ގުޅިފައިވާ ދެ އަހަރުގެ ދެބެން، އެމެރިކާގެ ސެއިންޓް ލުއިސްގެ ޑޮކްޓަރުން ކާމިޔާބު އޮޕަރޭޝަނަކަށްފަހު ވަކިކޮށްފި

ވޭތުވެދިޔަ ގާތްގަނޑަކަށް ދެ އަހަރު ދުވަހު، މި ދެބެންނަށް އެކަކު އަނެކަކުގެ އަޑު އިވުނު ނަމަވެސް، މޫނެއް ނުފެނެ އެވެ. އެސްއެސްއެމް ހެލްތު ކާޑިނަލް ގްލެނަން ޗިލްޑްރަންސް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުދިން ވަކިނުކޮށް ގުޅިފައި ތިބިނަމަ، ސިއްހީ ގޮތުން ދިގުމުއްދަތުގެ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނީސް ކަމަށެވެ.

މި ދެބެން އިތިއޯޕިއާއިން އެމެރިކާގެ މިސޫރީއަށް ދިޔައީ 2025 ވަނަ އަހަރު އެވެ. އެ ހޮސްޕިޓަލުގެ ގާތްގަނޑަކަށް 30 ސިއްހީ މާހިރުންގެ ޓީމަކުން ވަނީ، މި ނުރައްކާތެރި އަދި އުނދަގޫ އޮޕަރޭޝަން ކުރުމަށްޓަކައި ގާތްގަނޑަކަށް އެއް އަހަރު ދުވަހު ތައްޔާރުވެފަ އެވެ.

މި ދެބެންގެ މައިންބަފައިންނަށް ވިސާ ނުލިބުމުގެ ސަބަބުން އެމީހުން ތިބީ އިތިއޯޕިއާގަ އެވެ. އެހެންކަމުން، މި ދެބެން ދަތުރުކުރީ ބެލެނިވެރިއަކާ އެކުގަ އެވެ. ހޮސްޕިޓަލުން ބުނި ގޮތުގައި މި މަސައްކަތުގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދޭ ބައިނަލްއަގުވާމީ ވިއުގައަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އެހީތެރިކަން ލިބިފައިވެ އެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން މި އޮޕަރޭޝަންގެ ކާމިޔާބީ އިއުލާނުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ފެބްރުއަރީ މަހު ކުރި މި އޮޕަރޭޝަނަށް 25 ގަޑިއިރު ހޭދަވި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. މި އޮޕަރޭޝަނުގައި ސަރޖަނުންނަށް ޖެހުނީ ދެބެންގެ ދެމެދުގައި ގުޅިފައިވާ ލޭހިނގާ ނާރުތައް ވަރަށް ފަރުވާތެރިކަމާއެކު ވަކިކުރާށެވެ.

ސާޖިކަލް ޓީމުގެ އިސްވެރިޔާ އަދި އެމެރިކާގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ އަންހެން ނިއުރޯސަރޖަން ޑރ. ޖޮއާނާ ކެމްޕް ވިދާޅުވީ، ދެބެންގެ ސިކުނޑި ބޮޑަށް ހުރީ ވަކިން ނަމަވެސް، ބައެއް ކުދި ތަންތަން ގުޅިފައި ހުރުމުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހުނު ކަމަށެވެ. އޮޕަރޭޝަން ތިއޭޓަރު ތެރޭގައި ދެބެން ވަކިކޮށް، ކުޑަ ތަންކޮޅެއް ދުރުގައި ބޭއްވުމުން އެއީ ވަރަށް ތަފާތު އިހުސާސެއް ކުރެވުނު މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން އެންމެންނަށްވެސް އެ ވަގުތު ހައިރާންކަމެއް ލިބި، މަޑުޖެހިލެވުނު،" ޑރ. ކެމްޕް ވިދާޅުވި އެވެ.

ހޮސްޕިޓަލުން ބުނާ ގޮތުގައި މި ދެބެންގެ ފަރުވާގެ އިތުރު މުހިންމު މަރުހަލާއެއް މިހާރު ވަނީ ކަނޑައެޅިފަ އެވެ. އެގޮތުން ވުބްތޯގެ ނޭފަތާއި ބޯކަށިގަނޑު މަރާމާތުކުރުމަށް ކުރި "ކްރެނިއޯޕްލާސްޓީ" ސާޖަރީ ކާމިޔާބުވެފައިވާއިރު، ހިޔާބްގެ މިފަދަ އޮޕަރޭޝަނެއް މި އަހަރުގެ ފަހުކޮޅު ކުރިއަށްދާނެ އެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނުގައިވާ ގޮތުން، މި ދެބެންނަށް މިހާރު ފަރުވާ ދެމުންދަނީ މިސޫރީގެ މެރީލޭންޑް ހައިޓްސްގައި ހުންނަ ރެންކަން ޖޯޑަން ޕީޑިއަޓްރިކް ބްރިޖް ހޮސްޕިޓަލުގަ އެވެ.

މަސްދަރު: ސީ.ބީ.އެސް

ކްރެނިއޯޕޭގަސް ޓްވިންސްއިތިއޯޕިއާ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

10 މެއި 2026

މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން

10 މެއި 2026
މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން
10 ޖެނުއަރީ 2026

އެފްރިކާގެ އެންމެ ބޮޑު އެއާޕޯޓު ބިނާކުރުމުގެ ބިޔަ މަޝްރޫޢު އިތިއޯޕިއާ ގައި ރަސްމީކޮށް އިފްތިތާޙުކޮށްފި

10 ޖެނުއަރީ 2026
އެފްރިކާގެ އެންމެ ބޮޑު އެއާޕޯޓު ބިނާކުރުމުގެ ބިޔަ މަޝްރޫޢު އިތިއޯޕިއާ ގައި ރަސްމީކޮށް އިފްތިތާޙުކޮށްފި
17 ސެޕްޓެމްބަރު 2022

ޔޫކްރެއިންގެ ގޮދަން ބަރުކޮށްގެން އދ ގެ ބޯޓެއް އިތިއޯޕިއާއަށް

17 ސެޕްޓެމްބަރު 2022
ޔޫކްރެއިންގެ ގޮދަން ބަރުކޮށްގެން އދ ގެ ބޯޓެއް އިތިއޯޕިއާއަށް
18 އޯގަސްޓު 2022

އިތިއޮޕިއާ ކާރިސާއަށް ސަމާލުކަން ނުލިބެނީ ހަމުގެ ކުލައިގެ ސަބަބުން ކަމަށް ވެދާނެ: ޑރ ޓެޑްރޯޒް

18 އޯގަސްޓު 2022
އިތިއޮޕިއާ ކާރިސާއަށް ސަމާލުކަން ނުލިބެނީ ހަމުގެ ކުލައިގެ ސަބަބުން ކަމަށް ވެދާނެ: ޑރ ޓެޑްރޯޒް
06 މާރިޗު 2018

ސަނީ ލިއޯންއަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ

06 މާރިޗު 2018
ސަނީ ލިއޯންއަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ
04 ޑިސެމްބަރު 2017

ބްރެޑް ޕިޓްއަށް ވާން އެއްމާބަނޑު ދެބެއިން ޕްލާސްޓިކް ސާޖަރީ ހަދައިފި

04 ޑިސެމްބަރު 2017
ބްރެޑް ޕިޓްއަށް ވާން އެއްމާބަނޑު ދެބެއިން ޕްލާސްޓިކް ސާޖަރީ ހަދައިފި
22 ނޮވެމްބަރު 2017

ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟

22 ނޮވެމްބަރު 2017
ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟
25 އޮކްޓޯބަރު 2017

އެއްމާބަނޑު ދެކުދިންކަން ޑޮކްޓަރު ކަށަވަރުކޮށްދިނީ 16 އަހަރު ފަހުން!

25 އޮކްޓޯބަރު 2017
އެއްމާބަނޑު ދެކުދިންކަން ޑޮކްޓަރު ކަށަވަރުކޮށްދިނީ 16 އަހަރު ފަހުން!
02 އޮކްޓޯބަރު 2017

ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ
16 ޖުލައި 2017

ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި

16 ޖުލައި 2017
ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް