Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްލާސްޓިކް ސާޖަރީ

ބްރެޑް ޕިޓްއަށް ވާން އެއްމާބަނޑު ދެބެއިން ޕްލާސްޓިކް ސާޖަރީ ހަދައިފި

ސާޖަރީ ހަދާފައި ވަނީ 20،000 ޑޮލަރަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ޑިސެމްބަރު 2017 | ހޯމަ 15:02
މެޓް އާއި މައިކް

މެޓް އާއި މައިކް

މަޝްހޫރު ތަރިންގެ މޫނާ އެއްގޮތް ކުރުމަށް ޕްލާސްޓިކް ސާޖަރީ ހެދުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެއެވެ.

މިދިޔަ ހަފްތާގައި އެންމެ މަޝްހޫރު ވާހަކައަކަށް ވެގެންދިޔައީ ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އެންޖެލީނާ ޖޯލީއަށް ވުމަށް އީރާނުގެ އަންހެނަކު ހެދި 50 އޮޕަރޭޝަނުގެ ވާހަކައެވެ.

މިހަފްތާގައި ވެސް މިވަނީ ހޮލީވުޑްގެ ތަރިއަކަށް ވުމަށް ޕްލާސްޓިކް ސާޖަރީއެއް ހަދާފައެވެ. ހޮލީވުޑްގެ ތަރި އަދި އެންޖެލީނާ ޖޯލީގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއަށް ވުމަށްޓަކައި އެއްމާބަނޑު ދެބެއިން ވަނީ ޕްލާސްޓިކް ސާޖަރީތަކެއް ހަދާފައެވެ.

ބްރެޑް ޕިޓްއަށް ވުމަށްޓަކައި މިފަހަރު ސާޖަރީ ހެދީ އެމެރިކާއަށް ނިސްބަތްވާ އެއްމާބަނޑު ދެ ބެއިން ކަމަށްވާ މެޓް އާއި މައިކްއެވެ. މެޓް އާއި މައިކް ކޮސްމެޓިކް ސާޖަރީ ހަދާފައި ވަނީ 20،000 ޑޮލަރަށެވެ.

މެޓް އާއި މައިކް ވަނީ އެމްޓީވީއަށް ގޮސް އިންޓަވިއު ވެސް ދީފައެވެ. އަދި ސާޖަރީ ހެދީ އަބަދުވެސް މަޝްހޫރު މޫނަކާ އެކު އުޅެން ބޭނުންވާތީ ކަމަށް އެ ދެ ޒުވާނުން ބުނެފައިވެއެވެ.

ސާޖަރީއަށް ފަހު މެޓް އާއި މައިކް ފެންނަ ގޮތް

މައިކް އާއި މެޓް ވަނީ ޕްލާސްޓިކް ސާޖަރީގެ އިތުރުން ނޭފަތާއި ކޮލުގެ އިންޕްލާންޓޭޝަނެއް ހަދާފައެވެ.

އެމްޓީވީއަށް މެޓް ބުނީ ބްރެޑްގެ ސިފައަށް ބަދަލުވުމުން އަންހެން ކުދިންގެ މެދުގައި އޭނާ މަޤުބޫލު ވާނެ ކަމަށާއި އޭނާގެ ފަހަތުން "އަންހެން ކުދިން ދުވާނެ" ކަމަށެވެ. އަދި އަންހެން ކުދިންގެ ސަމާލުކަން ނުލިބިގެން ދެން ހިތާމަކުރަން ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

މެޓްގެ ބޭބެ މައިކް ބުނީ މިކަހަލަ އުފަލެއް އަދި ދުވަހަކު ވެސް ނުލިބޭ ކަމަށެވެ. ސާޖަރީ ހެދުމުން އޭނާ ކުރީގެ ސިފައާ މެދު ދެރަވެ ހިތާމަ ކުރަ ދެން ނުޖެހޭނެ ކަމަށާއި އޭނާ މިހާރު ހުރީ އުފަލުން ކަމަށް މައިކް ބުންޏެވެ.

މެޓް އާއި މައިކްގެ އުމުރަކީ 21 އަހަރެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2017

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

02 ޖުލައި 2017
ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން
18 ޖޫން 2017

ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

18 ޖޫން 2017
ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
06 ޖޫން 2017

ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

06 ޖޫން 2017
ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ
25 މެއި 2017

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

25 މެއި 2017
ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު