Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސެލީނާ ޖެއިޓްލީ

ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ

މީގެ ކުރިން ވެސް ސެލީނާ އަށް ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2017 | ހޯމަ 07:36
ސެލީނާ އޭނާގެ ފިރިމީހާ އެއްމާބަނޑު ދެކުދިންނާ އެކު

ސެލީނާ އޭނާގެ ފިރިމީހާ އެއްމާބަނޑު ދެކުދިންނާ އެކު

ބޮލީވުޑްގެ އެކްޓްރެސް އަދި ރީތީގެ ރާނީ ސެލީނާ ޖެއިޓްލީ އެއްމާބަނޑު ދެ ފިރިހެން ކުދިން ދެވަނަ ފަހަރަށް ވިހާފައި ވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އޭނާއަށް ލިބުނު ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވަނީ މަރުވެފައެވެ.

ދެ ކުދިންގެ ތެރެއިން ކުއްޖަކު މަރުވިކަން ހާމަކުރަމުން ސެލީނާ ބުނެފައި ވަނީ އޭނާ އާއި އާއިލާ ވަނީ ވަރަށް ފުން ހިތާމައެއްގައި ކަމަށެވެ.

ސެލީނާގެ ފިރިހެން ދަރިފުޅު މަރުވުމާ ގުޅިގެން ފޭސްބުކްގައި އާންމު ކުރި ސްޓޭޓަސްގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު މަރުވެފައި ވަނީ އުފެދުމުގައި ހުރި ހިތުގެ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ސެލީނާއަށް މީގެ ކުރިން ވެސް ލިބިފައި ވަނީ އެއްމާބަނޑު ދެ ކުދިންނެވެ. ސެލީނާއަށް މީގެ ފަސް އަހަރު ކުރިން ލިބިފައިވާ އެއްމާބަނޑު ދެ ފިރިހެން ކުދިންނަށް ކިޔަނީ ވިންސްޓަން އާއި ވިރާޖްއެވެ.

ދުބާއީގައި ހޮޓަލެއް ހިންގަމުންދާ ޕީޓާ އާއި 2011 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ސެލީނާ ވަނީ ދިރިއުޅުން ދުބާއީ އަށް ބަދަލުކޮށްފަ އެވެ.

ސެލީނާއަކީ 2001 ވަނަ އަހަރުގެ މިސް އިންޑިއާ އެވެ. އަދި އޭނާ ވަނީ 2001 ވަނަ އަހަރު މިސްޔުނިވާސްގެ ރަނަރަޕުގެ ހަތަރު ވަނައިގައި ހިމެނިފައެވެ.

ސެލީނާ އެންމެ ފުރަތަމަ ފެނުނީ 2005 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސިލްސިލޭ"އިންނެވެ. އަދި އެއަށް ފަހު ހަމަ އެއަހަރު ނިކުތް "ނޯ އެންޓްރީ"ގައި ވެސް ސެލީނާވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ސެލީނާ ކުޅެފައިވާ ފިލްމުތަކަކީ 2006 ވަނަ އަހަރު ނިކުތް "ޓޮމް، ޑިކް އެންޑް ހެރީ" އަދި 2008 ވަނަ އަހަރު ނިކުތް "ގޯލްމާލް ރިޓާންސް" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

26 ޖޫން 2017
ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

18 ޖޫން 2017
ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

06 ޖޫން 2017
ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

25 މެއި 2017
ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

01 މެއި 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު