Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޮޕިއާގެ ތިގްރޭ ސަރަހައްދުގެ އިންސާނީ ކާރިސާ

އިތިއޮޕިއާ ކާރިސާއަށް ސަމާލުކަން ނުލިބެނީ ހަމުގެ ކުލައިގެ ސަބަބުން ކަމަށް ވެދާނެ: ޑރ ޓެޑްރޯޒް

ޑަބްލިއުއެޗްއޯއިން ވަނީ، މި މައްސަލައަށް ހައްލު ހޯދުމަށް، އެހީގެ ގޮތުގައި 123.7 މިލިއަން ޑޮލަރު ހޯޑުމަށް ގޮވާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 އޯގަސްޓު 2022 | ބުރާސްފަތި 06:48
ޑރ ޓެޑްރޯޒް ވަނީ، ދުނިޔޭގެ ފެންވަރުގައި އުފެދޭ ކުއްލި ނުރައްކާތަކުގެ ހާލަތުގައި ދޮން މީހުންނާއި ކަޅު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް، އެއްވަރުގެ ސަމާލުކަމެއް ދެވޭތޯ ސުވާލު ކުރައްވާފައި

ޑރ ޓެޑްރޯޒް ވަނީ، ދުނިޔޭގެ ފެންވަރުގައި އުފެދޭ ކުއްލި ނުރައްކާތަކުގެ ހާލަތުގައި ދޮން މީހުންނާއި ކަޅު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް، އެއްވަރުގެ ސަމާލުކަމެއް ދެވޭތޯ ސުވާލު ކުރައްވާފައި

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިތިއޮޕިއާގެ ތިގްރޭ ސަރަހައްދުގައި އުފެދިފައިވާ ކާރިސީ ހާލަތަށް އެކަށީގެންވާ ސަމާލުކަން ލިބެމުން ނުދިއުމުގެ ފަހަތުގައި އޮތީ ނަސްލީ ތަފާތު ކުރުން ކަމުގައި ވެދާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރ ޖެނެރަލް އަދި އިތިއޮޕިއާ ސަރުކާރުގެ އިސް މަޤާމުތަކެއް މީގެ ކުރިން އަދާ ކުރައްވާފައި ވާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ތިގްރޭ ސަރަހައްދުގައި އުފެދިފައި ވާ ކާރިސާއަކީ ދުނިޔޭގައި އުފެދިފައި ވާ އެންމެ ގެއްލުން ބޮޑު އިންސާނީ ކާރިސާ ކަމަށާ، 6 މިލިއަނެއްހާ މީހުން ތިބީ ޒަރޫރީ ޚިދުމަތްތައްވެސް ހޯދޭނެ ގޮތެއް ނެތިފައި ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޑރ ޓެޑްރޯޒް ވަނީ، ޔޫކްރައިން މަސްރަހަށް ލިބެމުން ދާ ފަދަ ސަމާލުކަމެއް، އިތިއޮޕިއާއަށް ނުލިބެނީ ކީއްވެތޯ ޖަޒުބާތީ ރޫހެއްގައި ސުވާލު އުފައްދަވާފައެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، އެކަމުގެ ސަބަބަކީ، ގައި ހަމުގެ ކުލައަށް ވެދާނެ ކަމަށެވެ. މި އަހަރުގެ އޭޕްރިލް މަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ޑރ ޓެޑްރޯޒް ވަނީ، ދުނިޔޭގެ ފެންވަރުގައި އުފެދޭ ކުއްލި ނުރައްކާތަކުގެ ހާލަތުގައި ދޮން މީހުންނާއި ކަޅު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް، އެއްވަރުގެ ސަމާލުކަމެއް ދެވޭތޯ ސުވާލު ކުރައްވާފައެވެ.

އިތިއޮޕިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތަފާތު އެކި ކަހަލަ އިންސާނީ ކާރިސާތައް ފެންމަތިވަމުން ދާއިރު، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ މައްސަލަ މެލްނިއުޓްރިޝަންގެ މައްސަލަވެސް ދަނީ ބޮޑުވަމުންނެވެ. ޑަބްލިއުއެޗްއޯއިން ވަނީ، މި މައްސަލައަށް ހައްލު ހޯދުމަށް، އެހީގެ ގޮތުގައި 123.7 މިލިއަން ޑޮލަރު ހޯޑުމަށް ގޮވާލާފައެވެ. 200 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް އެ ސަރަހައްދުގައި، އެތައް މިލިއަން ބަޔަކު މިހާރުވެސް ތިބީ ބަނޑަށެވެ.

އިތިއޮޕިއާގައި ހަނގުރާމައާއި ހަމަނުޖެހުންތައް ދިގުލާ ގޮސްފައި ވާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. ހަނގުރާމަވެރިންނާއި ސަރުކާރަށް އެއްބާރުލުން ދޭ އަސްކަރިއްޔާއާއި ދެމެދު ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުން ދާ އިރު، އެކި ގޮތް ގޮތުން ޝިކާރަ ވަމުން ދަނީ އާންމު ރައްޔިތުންނެވެ. އިތިއޮޕިއާގެ ތިގްރޭ ސަރަހައްދު ބަނޑަށް ޖެހިފައި ވާ ކަމަށް އދއިންވެސް ވަނީ ކަނޑައަޅާފައެވެ.

އިތިއޯޕިއާޓެޑްރޯސް އަދަނޮމްއިތިއޮޕިއާ އިންސާނީ ކާރިސާ

އިތުރަށް ކިޔާލަން

14 އެޕްރީލު 2025

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާގައި އެކަކު ޝަހީދުކޮށްލައިފި

14 އެޕްރީލު 2025
އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާގައި އެކަކު ޝަހީދުކޮށްލައިފި
25 މެއި 2023

އިތުރު ބަލިމަޑުކަމަކަށް ތައްޔާރުވުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އަޅަން ޑަބްލިއުއެޗްއޯއިން ގޮވާލައިފި

25 މެއި 2023
އިތުރު ބަލިމަޑުކަމަކަށް ތައްޔާރުވުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އަޅަން ޑަބްލިއުއެޗްއޯއިން ގޮވާލައިފި
17 ސެޕްޓެމްބަރު 2022

ޔޫކްރެއިންގެ ގޮދަން ބަރުކޮށްގެން އދ ގެ ބޯޓެއް އިތިއޯޕިއާއަށް

17 ސެޕްޓެމްބަރު 2022
ޔޫކްރެއިންގެ ގޮދަން ބަރުކޮށްގެން އދ ގެ ބޯޓެއް އިތިއޯޕިއާއަށް
14 ޖޫން 2022

ކޮވިޑް-19 ޕެންޑަމިކް އަދި ނުނިމޭ، މާ ނުރައްކާތެރި ވޭރިއެންޓްތައްވެސް ފެނިދާނެ: ޓެޑްރޯސް

14 ޖޫން 2022
ކޮވިޑް-19 ޕެންޑަމިކް އަދި ނުނިމޭ، މާ ނުރައްކާތެރި ވޭރިއެންޓްތައްވެސް ފެނިދާނެ: ޓެޑްރޯސް
28 ޖެނުއަރީ 2022

ވެކްސިންގެ ހަމަހަމަކަން ޤާއިމް ކުރުމަށް ޝާހިދު ކުރައްވާ މަސައްކަތަށް ޓެޑްރޯސްގެ ތައުރީފް

28 ޖެނުއަރީ 2022
ވެކްސިންގެ ހަމަހަމަކަން ޤާއިމް ކުރުމަށް ޝާހިދު ކުރައްވާ މަސައްކަތަށް ޓެޑްރޯސްގެ ތައުރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު