Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2022

ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

ސަރަޙައްދީ ބަންދާ ގުޅިގެން ސްޓޭޑިއަމްތައް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހެން މަގެއް އިހްތިޔާރުކުރަން ޖެހުނު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 07:42
ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމް

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމް

ގަލްފްގެ ގައުމުތަކާއި ގަތަރާ ދެމެދު ޖެހިފައިވާ މައްސަލާގައި އެގައުމާ ދެކޮޅަށް އަޅާފައިވާ ސަރަޙައްދީ ބަންދާ ގުޅިގެން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް ކަމަށް ގަތަރުން ބުނެފި އެވެ.

ގަލްފްގެ ގައުމުތައް ކަމަށްވާ ބަހްރެއިން، މިސްރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ގުޅިގެން ގަތަރާ ދެކޮޅަށް އަޅާފައިވާ އިގްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއްގަމު މަގުން ގަތަރަށް ވަދެވެން އޮންނަ ހަމައެކަނި ބޯޑަރު ބަންދުކޮށް، ކަނޑާއި ވައިގެ މަގުން ގަތަރަށް ވަދެވެން އޮންނަ ގިނަ މަގުތަކެއް ވަނީ ބަންދުކޮށްފަ އެވެ.

ގަތަރުގެ ބަންދާއި ގުޅިގެން ވޯލްޑް ކަޕް ބޭއްވުމަށްޓަކައި އިމާރާތް ކުރާ އަށް ސްޓޭޑިއަމްގެ އިމާރާތުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމުގައި ވަނީ އެހެން މަގެއް ހޯދަން ޖެހިފައެވެ.

ވޯލްޑް ކަޕްގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެމުން ގަތަރުގެ ވޯލްޑް ކަޕް ސުޕްރީމް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން އަލް ތަވާދީ އޭއެފްޕީ އަށް ވިދާޅުވީ، ވޯލްޑް ކަޕްގެ މައްސަލާގައި ފާޑުކިޔުމުގެ ހަމަލާތައް އަމާޒުވި ކަމަށާއި، ގަތަރުން އަބަދުވެސް ފާޑުކިޔުންތަކާ ކުރިމަތިލާނެ ކަމަށެވެ.

ތަވާދީ ވިދާޅުވީ ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ސާމާނު ހޯދުމަށް ހުރި ގޮންޖެހުންތަކުން އަރައިގަންނަމުންދާ ކަމަށާއި، އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ އަގު ކުޑަކޮށް އުފުލުނު ނަމަވެސް، އެމަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ތާވަލް ކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ސަރަހައްދީ ބަންދާ ގުޅިގެން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމާ ގުޅޭ މަސައްކަތްތަކުގައި ގަތަރަށް އެއްވެސް ހުރަހެއް ނެތް ކަމަށް ތަވާދީ ވިދާޅުވި އެވެ.

ގަތަރާއި ގަލްފްގެ އެހެން ގައުމުތަކާ ދެމެދު ޖެހިފައިވާ ޑިޕްލޮމެޓިކް މައްސަލައިގެ ފެށުމަކީ ގަަތަރުން ޓެރަރިޒަމަށް ޚަރަދު ކުރުން ކަމަށް ގަލްފްގެ ގައުމުތަކުން ބުނެ އެވެ. އެހެންނަމަވެސް ޓެރަރިސްޓް ޖަމާއަތްތަކަށް ޚަރަދުކުރާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކަށް ގަތަރުން ދެކޮޅު ހަދައެވެ.

އެއްގަމު މަގުން ގަތަރަށް ވަދެވެން އޮންނަ ހަމައެކަނި މަގަކީ ގަތަރާއި ސައުދީ އަރަބިއްޔާ ގުޅޭ ސަރަހައްދީ ބޯޑަރެވެ. ސައުދީ އަރަބިއްޔާ އިން ވަނީ ގަތަރުގެ ސަރަހައްދީ ބޯޑަރު ބަންދުކޮށް، ސައުދީގެ ކަނޑުގެ ސަރަޙައްދުން ގަތަރަށް ދަތުރުފަތުރުކުރުން މަނާކޮށްފަ އެވެ.

ގަތަރަށް ދަތުރުފަތުރު ކުރެވޭ ގިނަ މަގުތައް ބަންދު ކުރުމާ ގުޅިގެން، ވޯލްޑް ކަޕް ކޮމިޓީއަށް ވަނީ މުބާރާތުގެ ތައްޔާރީތަކަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ދެވަނަ ވިސްނުމަކަށް ދާން ޖެހުނެވެ. އެހެންނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން، މުބާރާތް ގަތަރުގައި ބޭއްވުމުގެ ބަދަލުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގަތަރުގެ ވޯލްޑް ކަޕް ކޮމިޓީން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު