Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

"އޭސީސީއަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ ތަނެއް ނޫން، އެހިސާބުން އޭސީސީ ވަނީ ސަރުކާރުގެ އިދާރާއަކަށް"

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 10:04

ހުޅުމާލެއިން ބިން ވިއްކުމުގެ މުއާމަލާތުގައި އޭސީސީގެ ލަފާ ހޯދަން ނިންމުމަކީ އެ ކޮމިޝަނުގެ މިނިވަންކަން ގެއްލިދާނެ ކަމެއް ކަމަށް ކުރީގެ ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ. އޭސީސީއަކީ ސަރުކާރަށް ލަފާދޭ އިދާރާއަކަށް ވެއްޖެނަމަ، ދައުލަތުގެ މުއައްސަސާތައް ފާރަވެރިކޮށް ޖަވާބުދާރީ ކުރުވުމުގެ ގާނޫނީ ބާރު ކެނޑިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 10:04
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) | ރާއްޖެއެމްވީ

ހުޅުމާލެއިން ކުޑަ އަގަކަށް ބިމެއް ވިއްކަން ނިންމީ 2003 ވަނަ އަހަރުން ފެށިގެން ހައްލުނުވެ އޮތް މައްސަލައަކާ ގުޅިގެން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މުއާމަލާތުގައި ގޯހެއް އުޅޭތޯ ބެލުމަށާއި، އޭސީސީގެ ލަފާއެއް މިކަމުގައި ހޯދުމަށް މިނިސްޓްރީން އަމިއްލައަށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެ މުއާމަލާތް ކުރިއަށް ގެންދާނީ އެ ކޮމިޝަނުގެ ލަފާ މިކަމުގައި ހޯދުމަށްފަހުކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ވިދާޅުވެފައިވާ ގޮތަށް، އޭސީސީއަކީ ސަރުކާރުގެ އިދާރާތަކަށް ލަފާދޭން އޮންނަ ތަނެއް ނޫނެވެ. ސަރުކާރުގެ އިދާރާތަކަށް ލަފާ ދިނުމަށް ބަންޑާރަނައިބުގެ އޮފީހެއް އޮވެ އެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވި ގޮތުގައި އޭސީސީގެ ޤާނޫނުގައި ކޮމިޝަނަށް ދީފައިވާ ބާރުތަކަކީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ ދިނުމާއި، ކަމާގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެ އިދާރާތަކަށް އެންގުމުގެ ބާރެވެ.

މިމާއްދާ އޮތް ގޮތުން، ދިރާސާއެއް ނުކޮށްވެސް ލަފައެއް ނުދެވޭނެކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޝަމީމް ވަނީ މި މައްސަލައިގައި ފާހަގަވާ ބޮޑު ކަންބޮޑުވުމެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން މި މާއްދާގައި އޭސީސީއަށް އޮތީ މިނިސްޓްރީއަށާއި ސަރުކާރަށް ވަކިވަކި މައްސަލަތަކުގައި ލަފާ ދިނުންކަމަށް ބަލައިފިނަމަ، ދެން ނުކުންނަ މައްސަލަ މާ ނުރައްކާތެރިކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ އެހިސާބުން އޭސީސީއަކީ ސަރުކާރުގެ އިދާރާކަށްވުމެވެ. އަދި ސަރުކާރުގެ ހިންގުމުގެ ދާއިރާއަށް ވަންނަންނުޖެހޭ މިންވަރަށް ވަނުމެވެ. އެހިސާބުން ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ސިފަ، އޭސީސީއަށް ދާއިމީ ގޮތެއްގައި ގެއްލިގެންދާކަމަށް ޝަމީމް ދެކިލައްވަ އެވެ.

ހަމައެއާއެކު، މި މައްސަލައިގައި އޭސީސީއިން މިނިސްޓްރީއަށް ލަފައެއް ދީގެން، އެލަފައާ އެއްގޮތަށް ސަރުކާރުން ޢަމަލުކޮށްފިނަމަ، އޭސީސީއަކަށް އެމައްސަލައެއް ދެނެއް ނުއެއް ބެލޭނެކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެންވެއްޖެނަމަ މިއީ އަދި މާ ބޮޑު ކަންބޮޑުވުމެއްކަން ޔަޤީނެވެ.

އެހެން އެކަން ވެދާނެ ސަބަބެއްކަމަށް ބަޔާން ކުރައްވާފައި އޮތީ އެއީ، އެމައްސަލައިގެ ތަޙްޤީޤެއް ހިންގުމުގެ ކުރިން، އޭސީސީއިން އެމައްސަލައިގައި ގޮތެއް ނިންމުމެވެ. ޤާނޫނުގައި ވަކިވަކި އިދާރާތަކަށް ލަފާ ދިނުމުގެ މަސައްކަތް އޭސީސީއާ މަތިކޮށްފައި ނެތީވެސް މި ބާވަތުގެ މައްސަލަތައް ފެންމަތިވެދާނެތީކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

 އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ސަރުކާރުގެ ގޮތްޕެއް ނޫނެވެ. މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތުން އެ ކޮމިޝަނުގެ ޒިންމާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ދައުލަތުގެ ބާރުތަކާއި މަގާމުތަކުގައި ތިއްބަވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމެވެ. އެ ކޮމިޝަނުގެ މިނިވަންކަމަކީ ހަމައެކަނި ނަމެއްގައި އޮންނަންޖެހޭ ކަމެއް ނޫނެވެ. އެއީ އެ މުއައްސަސާގެ އިތުބާރު ދެމެހެއްޓުމަށާއި، ކޮމިޝަނުން ކުރާ މަސައްކަތްތަކާމެދު އާންމު ރައްޔިތުންގެ މެދުގައި ޔަގީންކަން އުފެއްދުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސެކެވެ.

އޭސީސީހުސެން ޝަމީމްގޯތި ދިނުން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ނުއަގުގައި ހުޅުމާލޭން ގޯތި ވިއްކިޔަސް، އެ މުއާމަލާތް ހުއްޓާލާކަށް އޭސީސީއިން އަދިވެސް ނާންގާ!

11 ސެޕްޓެމްބަރު 2026
ނުއަގުގައި ހުޅުމާލޭން ގޯތި ވިއްކިޔަސް، އެ މުއާމަލާތް ހުއްޓާލާކަށް އޭސީސީއިން އަދިވެސް ނާންގާ!
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
02 ސެޕްޓެމްބަރު 2026

މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި

02 ސެޕްޓެމްބަރު 2026
މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި
03 އޯގަސްޓު 2026

ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!

03 އޯގަސްޓު 2026
ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!
03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
30 ޖުލައި 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ

30 ޖުލައި 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
26 މެއި 2026

އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން

26 މެއި 2026
އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން
25 މެއި 2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.
16 މެއި 2026

ބިރުދެއްކުމުގެ އަމަލުތަކުން ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ، ތި ކުރެވެނީ ބޭކާރު ކަމެއް: ޝަފީޤް

16 މެއި 2026
ބިރުދެއްކުމުގެ އަމަލުތަކުން ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ، ތި ކުރެވެނީ ބޭކާރު ކަމެއް: ޝަފީޤް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް