Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

8 ސެޕްޓެމްބަރު 2026 | އަންގާރަ 12:20

ފުލުހުންގެ ބެރިކޭޑްތައް ހުރަސްކޮށް މުދަލަށް ގެއްލުންދީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި. އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖާއި އިންޓެލިޖެންސް ރިޕޯޓު ހިމެނޭހެން ގިނަ ހެކިތަކެއް ހުށަހަޅާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 12:20
އެމްޑީޕީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން

އެމްޑީޕީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން | ސޯޝަލް މީޑިއާ

މިދިޔަ އޮގަސްޓު މަހުގެ 28 ވީ ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ކުރިއަށްގެންދި މުޒާހަރާއަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން ހައްޔަރުކޮށްފި އެވެ. 

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު އެ އަމުރުގައި ބުނީ އޭނާއަށް ކުރާ ތުހުމަތަކީ ފުލުހުން ޖެހި ބެރިކޭޑް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމުގެ ތުހުމަތު ކަމަށެވެ. 

Advertisement - newsAdvertisement

އެ އަމުރުގައި އޭނާ ހައްޔަރު ކުރާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. 

އޭނާއަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި، މުދަލަށް ގެއްލުން ދިނުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށް އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން ހިމެނެ އެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރަށް އިންޓެލިޖެންސް ރިޕޯޓެއް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

ހަމަ އެ މައްސަލައިގައި އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން އަހުމަދު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. 

އެމްޑީޕީމޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

3

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

4

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

5

އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް

07 ސެޕްޓެމްބަރު 2026
އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް
06 ސެޕްޓެމްބަރު 2026

ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން

06 ސެޕްޓެމްބަރު 2026
ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
05 ސެޕްޓެމްބަރު 2026

ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ

05 ސެޕްޓެމްބަރު 2026
ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ
05 ސެޕްޓެމްބަރު 2026

މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު

05 ސެޕްޓެމްބަރު 2026
މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު
05 ސެޕްޓެމްބަރު 2026

ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"، ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބިތް މާލެއަށް ވާ ބަރޯސާއިން ނިމުމަކަށް ގެންނަވާނެ ކަމަށް!

ވީނުވީއެއް ނޭނގި މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

05 ސެޕްޓެމްބަރު 2026
ވީނުވީއެއް ނޭނގި މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
04 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!

04 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!
04 ސެޕްޓެމްބަރު 2026

ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!

04 ސެޕްޓެމްބަރު 2026
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
03 ސެޕްޓެމްބަރު 2026

ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް

03 ސެޕްޓެމްބަރު 2026
ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް