Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ބީއެމްއެލްއިން ޑޮލަރު ވިއްކާ މިންވަރު %33.33 އިތުރުވެ، ޑޮލަރު ޓްރާންސްފަރތައް އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަށް ގެންނަނީ

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 15:14

ބީއެމްއެލްއިން ޑޮލަރު ވިއްކާ މިންވަރު އިތުރުވެ، ޑިމާންޑާ އެއްވަރަށް ސަޕްލައި ހިފެހެއްޓުމަށް ދަތިވުމާ ގުޅިގެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައި. މި ހާލަތު ކޮންޓްރޯލްކުރުމަށް ބޭންކުން ފިޔަވަޅުތަކެއް އަޅާފައިވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޚިދުމަތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް އެ ބޭންކުން ލަފާކުރޭ. ބީއެމްއެލްއިން ބުނީ މިއީ ޑޮލަރުގެ ސަޕްލައިއަށް އައި ވަގުތީ ބަދަލެއް ކަމަށާއި ބޭންކުގެ މާލީ ހާލަތު ވަރުގަދަ ކަމަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 15:14
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެ، ބޭންކުން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު 33.33 އިންސައްތަ އިތުރުވެއްޖެ އެވެ.

ބީއެމްއެލްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6  މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިގެ އިތުރުވުމެކެވެ. މި ނިސްބަތުން ޑޮލަރު ވިއްކުން ކުރިއަށްދާނަމަ، އަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައި ވެ އެވެ.

Advertisement - newsAdvertisement

ބޭންކުން ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތައް:

  • ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތައް: މަހަކު 38 މިލިއަން ޑޮލަރު
  • ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ): މަހަކު 27 މިލިއަން ޑޮލަރު
  • ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް: މަހަކު 9.4 މިލިއަން ޑޮލަރު
  • ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު މި މިންވަރަށް ރުފިޔާއަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. ޚާއްސަކޮށް ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން ގޮންޖެހުންތައް ވަނީ އިތުރުވެފަ ކަމަށް ބޭންކުން ބުނެ އެވެ.

މިކަމާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓީޓީ އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފަ އެވެ. މި ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި، ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ހޭދަވާ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް ދާދި ފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް ވަނީ އިސްކަންދޭން ފަށާފަ އެވެ.

އެޅުނު ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް  ޑޮލަރުގެ މުއާމަލާތްތަކަށް ހޭދަވާ ވަގުތު އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.

ބީއެމްއެލްއިން ބުނީ މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން ކަމަށާއި، މިއީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށެވެ. އަދި ބޭންކަކީ މާލީގޮތުން ހަރުދަނާ ބޭންކެއްކަމުގެ ޔަގީންކަން ދެމުން، ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އިތުބާރާއި އެއްބާރުލުމަށް ބީއެމްއެލްއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ބީއެމްއެލްޑޮލަރު

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

މަޖިލިސް މެޖޯރިޓީ ދީފި ނަމަ ޑޮލަރު ރޭޓު 15.42 ވުރެ ތިރިވާނެކަމުގެ ޔަގީންކަމެއް ނުދެން، ދެންނެވީ ކަންކަން ފަސޭހަވާނެ ވާހަކަ: ސައީދު

14 ސެޕްޓެމްބަރު 2026
މަޖިލިސް މެޖޯރިޓީ ދީފި ނަމަ ޑޮލަރު ރޭޓު 15.42 ވުރެ ތިރިވާނެކަމުގެ ޔަގީންކަމެއް ނުދެން، ދެންނެވީ ކަންކަން ފަސޭހަވާނެ ވާހަކަ: ސައީދު
31 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރަށް: 3 އަހަރުތެރޭ 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވޭ!

31 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރަށް: 3 އަހަރުތެރޭ 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވޭ!
16 އޯގަސްޓު 2026

ދިވެހި ރުފިޔާގެ އަގު ދަށްވަމުންދާއިރު، އެކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމުގައި ސަރުކާރުގެ ސީރިއަސް ޕްލޭނެއް ފެންނާކަށް ނެތް: ޝަމްހީދު

16 އޯގަސްޓު 2026
ދިވެހި ރުފިޔާގެ އަގު ދަށްވަމުންދާއިރު، އެކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމުގައި ސަރުކާރުގެ ސީރިއަސް ޕްލޭނެއް ފެންނާކަށް ނެތް: ޝަމްހީދު
12 އޯގަސްޓު 2026

އިޤްތިސާދީ ވަޒީރު ބަދަލުނުކޮށް، ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ: ޒިޔާދު

12 އޯގަސްޓު 2026
އިޤްތިސާދީ ވަޒީރު ބަދަލުނުކޮށް، ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ: ޒިޔާދު
04 އޯގަސްޓު 2026

ބީއެމްއެލްއިން ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަރޝިޕަށް ބަދަލުތަކެއް ގެނެސްފި

04 އޯގަސްޓު 2026
ބީއެމްއެލްއިން ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަރޝިޕަށް ބަދަލުތަކެއް ގެނެސްފި
21 ޖުލައި 2026

ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އިރުއިރުކޮޅާ ފައިސާ ކެނޑޭ މެސެޖުތައް ލިބެނީ ބޭންކުގެ މައްސަލައަކުން: އެމްޓީސީސީ

21 ޖުލައި 2026
ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އިރުއިރުކޮޅާ ފައިސާ ކެނޑޭ މެސެޖުތައް ލިބެނީ ބޭންކުގެ މައްސަލައަކުން: އެމްޓީސީސީ
13 ޖުލައި 2026

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު

13 ޖުލައި 2026
ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
27 ޖޫން 2026

ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު

27 ޖޫން 2026
ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް