Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތްކުރުމަށް ފަސީހު ގޮވާލައްވައިފި

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:30

ކަރެކްޝަންސްގެ އިންޑަކްޝަން ޓްރޭނިންގ ނިންމި އޮފިސަރުންނާ މުޚާތަބުކުރައްވައި، ޔުނީފޯމްގެ ގަދަރާއި އިހުލާސްތެރިކަން ހިފެހެއްޓުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ބާރުއަޅުއްވައިފި. ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ހިއުމަން ރިސޯސް ތަރައްޤީކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ގައިދީންގެ އިންސާނީ ކަރާމާތަށް އިހުތިރާމްކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:30
މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހު

މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހު | ސޯޝަލް މީޑިއާ

ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހު ގޮވާލައްވައިފި އެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އަލަށް ވަޒީފާއާ ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގި ''އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް'' ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން، ފަސީހު ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުން ދަނީ ކުޑަ ބަޖެޓަކާއި ވަސީލަތްތަކަކާއެކު ބުރަބޮޑު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. 

Advertisement - newsAdvertisement

މިހާރު ތަމްރީން ހަދައިގެން ތިބި އޮފިސަރުންނާއެކު ޖަލުތަކުގެ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރެއްވާ ފަސީހު ވިދާޅުވީ، އޭނާ ކުރީގެ ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގައި މަސައްކަތްކުރެއްވި އިރުން ފެށިގެން ކަރެކްޝަންސް ސަރވިސްއާ ގާތްގުޅުމެއް އޮތް ކަމަށާއި، ސިންގަޕޫރުގެ ދެ ޖަލެއްގައި މަސައްކަތްކުރައްވާ ތަމްރީން ހާސިލުކުރެއްވި ކަމަށެވެ. އަދި ރަނގަޅު ޖަލެއްގެ މުހިއްމުކަން އިހުސާސްކުރެއްވިގެން ފެންވަރު ރަނގަޅު ޖަލަކާއި އެތަނުގައި ރަނގަޅު ހިއުމަން ރިސޯސަސް ގާއިމުކުރުމަށް މަސައްކަތްކުރެއްވި ކަމަށް ފަސީހު ވިދާޅުވި އެވެ. 

މީގެ ކުރިން ޖަލުތަކުގެ ހާލަތު އޮތްގޮތަށް ބަލާއިރު ކަރެކްޝަނަލް އޮފިސަރުން ވަރަށް މަދުކަމަށާއި ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓީ އެންއެސްއެސް އިން ކަމަށް ފަސީހު ވިދާޅުވި އެވެ. 

މީގެއިތުރުން ފަސީހު ވަނީ ޔުނީފޯރމްގައި ހުރެ އެއްވެސް ގޯސްކަމެއް ކުރަން ހިތަށް އެރިޔަސް ވަޒީފާއިން ވަކިވާން ސިޓީ ފޮނުވުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ޤައުމީ ވާޖިބު އަދާކުރުމުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމުގެ މުހިއްމުކަމާއި ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވަޑައިގަންނަވާފަ އެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތުގައި އޮގަސްޓް 30 ން ފެށިގެން ސެޕްޓެމްބަރ 17 އަށް ކުރިއަށް ގެންދިޔަ ޓްރޭނިންގ ޕްރޮގްރާމުގައި 10 އޮފިސަރުން ވަނީ ތަމްރީން ކާމިޔާބުކުރުމަށްފަހު، ވަޒީފާގެ މައިދާނާ ގުޅިފަ އެވެ. މިއީ މި ތަމްރީން ޕްރޮގްރާމްގެ ތިން ވަނަ ބެޗެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމެވެ.

މޯލްޑިވްސް ކަރެކްޝަންސް ސަރވިސް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ދަނީ މަސައްކަތް ކުރަމުން، ވަރަށް އަވަހަށް 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ: ސީޕީ

19 ސެޕްޓެމްބަރު 2026
ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ދަނީ މަސައްކަތް ކުރަމުން، ވަރަށް އަވަހަށް 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ: ސީޕީ
17 ސެޕްޓެމްބަރު 2026

ގައިދީންގެ ސިއްހީ ފަރުވާ ލަސްވުމުގެ މައިގަނޑު ސަބަބަކީ ހޮސްޕިޓަލަށް ގެންގޮސްދޭނެ އޮފިސަރުން ނެތުން: އެޗްއާރްސީއެމް

17 ސެޕްޓެމްބަރު 2026
ގައިދީންގެ ސިއްހީ ފަރުވާ ލަސްވުމުގެ މައިގަނޑު ސަބަބަކީ ހޮސްޕިޓަލަށް ގެންގޮސްދޭނެ އޮފިސަރުން ނެތުން: އެޗްއާރްސީއެމް
13 އޯގަސްޓު 2026

ދާއިމީކޮށް ކާންޖެހޭ ބޭސް ހުސްވުމުގެ ކުރިން ގައިދީން ޑޮކްޓަރަށް ނުދެއްކޭ މައްސަލައާއި ނަފްސާނީ ބަލި ހުންނަ ފަރާތްތައް މޮނިޓަރ ނުކުރެވޭ މައްސަލަ!

13 އޯގަސްޓު 2026
ދާއިމީކޮށް ކާންޖެހޭ ބޭސް ހުސްވުމުގެ ކުރިން ގައިދީން ޑޮކްޓަރަށް ނުދެއްކޭ މައްސަލައާއި ނަފްސާނީ ބަލި ހުންނަ ފަރާތްތައް މޮނިޓަރ ނުކުރެވޭ މައްސަލަ!
03 އޯގަސްޓު 2026

ކަރެކްޝަންސްގެ އޭސީޕީގެ މަޤާމުގައި ހުންނަވަނިކޮށް ވަކިކުރި އާސިފަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިފި

03 އޯގަސްޓު 2026
ކަރެކްޝަންސްގެ އޭސީޕީގެ މަޤާމުގައި ހުންނަވަނިކޮށް ވަކިކުރި އާސިފަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިފި
13 ޖުލައި 2026

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

13 ޖުލައި 2026
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
11 ޖުލައި 2026

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

11 ޖުލައި 2026
ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ
16 ޖޫން 2026

ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި

16 ޖޫން 2026
ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި
16 ޖޫން 2026

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

16 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި
11 ޖޫން 2026

ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި

11 ޖޫން 2026
ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި
31 މެއި 2026

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް

31 މެއި 2026
މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް