ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ދެ މީހުން 5 ދުވަހަށް ބަންދުކޮށްފި
18 ސެޕްޓެމްބަރު 2026 | ހުކުރު 16:39ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކާއި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފި. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެން ހައްޔަރުކުރި މި ދެ މީހުންގެ ބަންދަށް ކޯޓުން މިހާރު ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފައި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް | އެޑިޝަން.އެމްވީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ، 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މި މައްސަލަ ފެންމަތިވީ، އެ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑީއާގައި އާންމުވުމާ ގުޅިގެންނެވެ. އެތައް ބަޔަކު ދިރިއުޅޭ އެ ސަރަހައްދުގައި އެފަދަ އަމަލުތައް ހިންގިގެން ނުވާނެ ކަމަށާއި އަދި އެފަދަ ވީޑިއޯތައް ދައުރު ކުރެވިގެން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ވެސް އާންމުން ވަނީ ގޮވާލާފަ އެވެ.











