Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ ވިޔަފާރި

ގާނޫނާ ޚިލާފަށް ޑޮލަރު ވިއްކާތީ ފުރަވެރި ރިސޯޓު ކުންފުނީގެ އޮފީސް އެކައުންޓުތައް ފްރީޒްކޮށް، އޮފީހުގެ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް

1 ސެޕްޓެމްބަރު 2026 | އަންގާރަ 12:26

އެމްއެމްއޭގެ ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައި ފާސްކޮށް، އެ ކުންފުނީގެ ބޭންކު އެކައުންޓުތައް ވަނީ ފްރީޒްކޮށްފައި. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ގަވާއިދާ ހިލާފަށް ޑޮލަރުގެ މުއާމަލާތް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ވަނީ ވަރުގަދަކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 12:26
މ. ނިއުޓަންގެ ތިންވަނަ ފަންގިފިލާގައި ހިންގާ ނައިޑް އިންވެސްޓްމަންޓްސްގެ ބައެއް ވިޔަފާރިތަކުގެ އޮފީސްތަކުގެ ނަންް ބޯޑު

މ. ނިއުޓަންގެ ތިންވަނަ ފަންގިފިލާގައި ހިންގާ ނައިޑް އިންވެސްޓްމަންޓްސްގެ ބައެއް ވިޔަފާރިތަކުގެ އޮފީސްތަކުގެ ނަންް ބޯޑު | އަދަދު

ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް، ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރ. ފުރަވެރި ރިސޯޓާއި ޕޭޖް ހާޑްވެއާ ހިންގާ، ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފި އެވެ.

މަރުކަޒީ ބޭންކު، (އެމްއެމްއޭ) ގެ ރަސްމީ ހުއްދައާ ނުލައި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ގަވާއިދާ ހިލާފަށް ހިންގާފައިވާ ކަމަށް ބެލެވޭތީ، އެ ކުންފުންޏަށް ނިސްބަތްވާ ބޭންކު އެކައުންޓުތައް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ އަންގާރަ ދުވަހު ބުނެފަ އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމަށް، މ. ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓްގެ އޮފީހަށް ފުލުހުން ވަދެ، އެ ތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފަ އެވެ. އަދި އެ އޮފީހުން ބައެއް ތަކެތި ތަހުގީގުގެ ބޭނުމަށް ފުލުހުން ވަނީ ގެންގޮސްފަ އެވެ. 

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި، ނައިޑް އިންވެސްޓްމެންޓަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މަޝްހޫރު ފުރަވެރި ރިސޯޓާއި ޕޭޖް ހާޑްވެއާގެ ވިޔަފާރިތައް މެނޭޖުކުރަމުން ދަނީ އެ ކުންފުނިން ނުވަތަ އެއާއި ގުޅުންހުރި އެހެން ކުންފުނިތަކެއް މެދުވެރިކޮށެވެ.

ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ގާނޫނު ލާޒިމުކުރާ ގޮތުން، އެފަދަ ކަމަކަށް އެދެވޭނީ އެމްއެމްއޭގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު އެވެ. އަދި އެ ބޭންކުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އަގުތަކުން ބޭރުން ބޭރު ފައިސާ ވިއްކުމަކީ ގާނޫނީ ކުށެކެވެ. އެ ކުށަށް ދެވޭ އަދަބުތައް ހަރުކަށިކޮށް، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގެނެސްފައިވާ އައު އިސްލާހަށް 1 ސެޕްޓެމްބަރުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.

މީގެ ކުރިން ވެސް އެމްއެމްއޭގެ ގަވާއިދުތަކާ ހިލާފުވި ބައެއް ފަރާތްތަކުގެ ލައިސަންސް އެ ބޭންކުން ވަނީ އަތުލާފަ އެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކުމުގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުގައި 6 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި އެ މީހުންނާ ގުޅުން އޮތް އެކައުންޓުތަކުގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި 1.6 މިލިއަން ޑޮލަރާއި 54 މިލިއަނެއްހާ ރުފިޔާ ދައުރުވެފައިވާކަން ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.  

ފުރަވެރި ރިސޯޓްޕޭޖް ހާޑްވެއާމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!

31 އޯގަސްޓު 2026
އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!
31 އޯގަސްޓު 2026

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި

31 އޯގަސްޓު 2026
ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި
31 އޯގަސްޓު 2026

3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!

31 އޯގަސްޓު 2026
3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!
30 އޯގަސްޓު 2026

ފޭސް ދޭއްްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

30 އޯގަސްޓު 2026
ފޭސް ދޭއްްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ
29 އޯގަސްޓު 2026

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހެއް 15 ދުވަހަށް ބަންދަށް!

29 އޯގަސްޓު 2026
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހެއް 15 ދުވަހަށް ބަންދަށް!
25 އޯގަސްޓު 2026

ވަޒަން އަޅައިފައިވާ މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

25 އޯގަސްޓު 2026
ވަޒަން އަޅައިފައިވާ މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
20 އޯގަސްޓު 2026

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

20 އޯގަސްޓު 2026
ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ
15 އޯގަސްޓު 2026

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 4 ލައްކަ ރުފިޔާ ގެއްލުނުއިރު 2 ލައްކަ ރުފިޔާ އަނބުރާ ހޯދި

15 އޯގަސްޓު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 4 ލައްކަ ރުފިޔާ ގެއްލުނުއިރު 2 ލައްކަ ރުފިޔާ އަނބުރާ ހޯދި
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް