Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:17

ރައީސް މުއިއްޒުގެ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތައް ފާހަގަކޮށް، ޕީއެންސީގެ މެންބަރަކު މި ގަރާރު ހުށަހެޅީ އެމަނިކުފާނަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށް. ނަމަވެސް، ތަކެތީގެ އަގުބޮޑުވުމާއި މަޝްރޫއުތައް ހުއްޓިފައިވާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި، މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް އޮތް ހުރަހެއްކަމަށް ގިނަ ބަޔަކު ދެކޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:17
ޕީއެންސީގެ ކޮންގްރެސް

ޕީއެންސީގެ ކޮންގްރެސް | ޕީއެންސީ

ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު އެޕާޓީގެ މަތީ މަޖިލިސް ކޮންގްރެސްއަށް ހުށަހަޅާފައިވަނީ ޕާޓީގެ މެންބަރު އަބްދުﷲ އިބްރާހީމް އެވެ.

Advertisement - newsAdvertisement

ގަރާރުގައި ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ފަދަ ގައުމީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިނުވާނޭހެން ގައުމުގެ ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަންކަން ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދޭން ޖެހޭކަމަށެވެ.

ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޒުވާނުންނާއި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ފެށުން ހިމެނޭކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސިއްހީ ދާއިރާ ތަރައްގީކުރުމާއި، އިސްރަށްވެހިންނަށް ހައްގު ގަދަރާއި ރައްކާތެރިކަން ހޯދައިދިނުމުގައި ދައްކަވާ އިސްނެންގެވުމަކީ ގައުމަށް ނަމޫނާއެއްކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަ އެވެ. މީގެ ތެރޭގައި ގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި، އިގްތިސާދު ހަރުދަނާކުރުމާއި، އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިމެނެ އެވެ.

މި ގަރާރު ހުށަހަޅާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޕީއެންސީގެ ސެނެޓަށް މި ގަރާރު ހުށަހަޅާފައިވަނީ ރައީސް މުއިއްޒުނއަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމުގެ މަގުސަދުގަ އެވެ. ނަމަވެސް، މި ފިޔަވަޅަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އާންމުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ޚާއްސަކޮށް ރަށްރަށުގައި ކުރިއަށްދިޔަ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. މީގެ އިތުރުން، ބޭންކުތަކުން ޑޮލަރު ލިބުމުގެ ދަތިކަމާއި، ސިއްހީ ނިޒާމުގެ ތެރެއިން ޒަރޫރީ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ، ރައްޔިތުން ތިބީ އިންތިހާއަށް މާޔޫސްވެފަ އެވެ.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މުވައްޒަފުން ނުޙައްޤުން ވަކިކުރަމުންދާ މައްސަލައަކީ ވެސް މި ސަރުކާރަށް އޮތް އިތުބާރު ކުޑަވެފައިވާ ސަބަބެކެވެ. ސިޔާސީ ބޭނުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފަ އެވެ.

މިފަދަ ގިނަ މައްސަލަތަކަކާ ގުޅިގެން ސަރުކާރު ދެކެ ރައްޔިތުން ފޫހިވެފައިވާ ދަނޑިވަޅެއްގައި، ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ޕީއެންސީ މަތީ މަޖިލިސް

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު

16 ސެޕްޓެމްބަރު 2026
ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިއު
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި
15 ސެޕްޓެމްބަރު 2026

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

15 ސެޕްޓެމްބަރު 2026
ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް
15 ސެޕްޓެމްބަރު 2026

ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު

15 ސެޕްޓެމްބަރު 2026
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް 
ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ގޮވާލެއްވީ ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން!

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ގޮވާލެއްވީ ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން!
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ މަތީ މަޖިލިސް ފަށައިފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ މަތީ މަޖިލިސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް