Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާހް އަލޮމްގެ މަރު

ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!

16 ސެޕްޓެމްބަރު 2026 | ބުދަ 08:37

ކ. ގުރައިދޫގައި ބަނގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ދައުވާ ލިބޭ ބަބުލް މިއާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. މަރަށް މަރު ހިފަން ވާރިސުން ބޭނުންނުވުމުން އިއްވި މި ހުކުމުގައި، ކުށުގެ ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށްވެސް ވަނީ އަންގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ސެޕްޓެމްބަރު 2026 | ބުދަ 08:37
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ ނަމަކަށް ކިޔާ ބަނގްލަދޭޝް ރައްޔިތެއްގެ މައްޗަށް

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ ނަމަކަށް ކިޔާ ބަނގްލަދޭޝް ރައްޔިތެއްގެ މައްޗަށް | ރާއްޖެ އެމްވީ

ތ ގުރައިދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރާ މަރާލި މައްސަލައިގެ ހުކުމް ކުރެއްވުމުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

މި އަޑުއެހުމަކީ މި މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލް ނާސިރު އެވެ. ގާޒީ ވަނީ އޭނާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފަ އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ޝާހު އަލޮމްގެ ވާރިސުންނަށް ތިބީ އޭނާގެ 4 އަންހެން ދަރިން އަދި އަނބިމީހާގެ އިތުރުން އޭނާގެ 3 ބޭބެއިން ކަމަށެވެ.

އެމީހުންގެ ބަސް ހޯދުމަށް މަސައްކަތް ކުރުމުން ހުރިހާ ވާރިސުން ވެސް ވަނީ މަރަށް މަރު ހިފަން ބޭނުން ނުވާކަމަށް ބުނެ، މަރުގެ ދިޔަ ބޭނުންވާކަމަށް ބުނެފަ އެވެ.

އެހެންކަމުން އަދަބާ ގުޅޭގޮތުން ދައުލަތާއި ދިފާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު ގާޒީ ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރައްވާފަ އެވެ. އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުން އުނި ކުރުމުން ތަންފީޒުކުރަންޖެހޭނީ 18 އަހަރުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން، ކުށުގެ ކައްފާރައިގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށްވެސް ހުކުމުގައި އަންގަވާފައިވެ އެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ ނަމަކަށް ކިޔާ ބަނގްލަދޭޝް ރައްޔިތެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުގައި އޭނާ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާހް އަލަމްގެ ކަރާއި މެޔާއި މައިބަދައާއި ބުރަކައްޓަށް ކަތިވަޅިއަކުން ހަމަލާދީފައިވެއެވެ. އެގޮތުން އެ ހާދިސާ ހިނގާފައިވަނީ 21 މެއި 2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އޭނާ އަމަލު ހިންގިކަމަށް އެއްބަސްވި ނަމަވެސް، އޭނާ ބުނާ ގޮތުގައި މި އަމަލު އޭނާ ހިންގީ ނަފްސުގެ ދިފާއުގަ އެވެ. އަދި އެ ތަފްސީލުތައް އޭނާ ފުލުހުންގެ ތަހުގީގުގައި ވެސް ކިޔާދީފައިވެ އެވެ.

ކ.ގުރައިދޫކްރިމިނަލް ކޯޓްޝާހު އަލޮމްބަބުލް މިއާ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!

10 ސެޕްޓެމްބަރު 2026
ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
07 ސެޕްޓެމްބަރު 2026

އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް

07 ސެޕްޓެމްބަރު 2026
އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް
06 ސެޕްޓެމްބަރު 2026

ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން

06 ސެޕްޓެމްބަރު 2026
ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން
03 ސެޕްޓެމްބަރު 2026

ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް

03 ސެޕްޓެމްބަރު 2026
ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް
30 އޯގަސްޓު 2026

އަންހެނަކަށް ވެގެން ވަގު އައިޑީއެއް ހިންގައި، ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ޖަލަށްލައިފި

30 އޯގަސްޓު 2026
އަންހެނަކަށް ވެގެން ވަގު އައިޑީއެއް ހިންގައި، ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ޖަލަށްލައިފި
29 އޯގަސްޓު 2026

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހެއް 15 ދުވަހަށް ބަންދަށް!

29 އޯގަސްޓު 2026
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހެއް 15 ދުވަހަށް ބަންދަށް!
29 އޯގަސްޓު 2026

ހޫދުއަށް ޓެރަރިޒަމްގެ ދައުވާތައް ސާބިތުވުން: އެފްބީއައި އިން ފޯނު ތަހުލީލުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވޭތަ؟

29 އޯގަސްޓު 2026
ހޫދުއަށް ޓެރަރިޒަމްގެ ދައުވާތައް ސާބިތުވުން: އެފްބީއައި އިން ފޯނު ތަހުލީލުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވޭތަ؟
28 އޯގަސްޓު 2026

ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ އިންޒާރުދިން މައްސަލައިގައި އުފުލި ދައުވާ ސާބިތެއް ނުވި!

28 އޯގަސްޓު 2026
ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ އިންޒާރުދިން މައްސަލައިގައި އުފުލި ދައުވާ ސާބިތެއް ނުވި!
27 އޯގަސްޓު 2026

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

27 އޯގަސްޓު 2026
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް