Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޒާރުދިނުން

ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ އިންޒާރުދިން މައްސަލައިގައި އުފުލި ދައުވާ ސާބިތެއް ނުވި!

28 އޯގަސްޓު 2026 | ހުކުރު 10:09

ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި ދައުވާލިބުނު އަބްދުއްސަމަދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައި. ކޯޓުން ނިންމީ އޭނާ ދެއްކި ވާހަކަތަކަކީ ފުލުހުންނަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ ނިޔަތުގައި ބުނި ބަސްތަކެއްކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް. އެހެންކަމުން އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން އޭނާ މި މައްސަލައިން ވަނީ ސަލާމަތްވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2026 | ހުކުރު 10:09
ޗެނަލް13ށް އަބްދުއްސަމަދު އިންޓަރވިއު ދެނީ

ޗެނަލް13ށް އަބްދުއްސަމަދު އިންޓަރވިއު ދެނީ | ފޭސްބުކް

ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ ޗެނަލް 13ށް އިންޓަރވިއު ދިން ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ އުފުލީ ގ. ރަންހިރި އަބްދުއްސަމަދުގެ މައްޗަށެވެ. އޭނާއަކީ މި މައްސަލައިގެ ހާދިސާ ހިނގިއިރު ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓެކެވެ.

Advertisement - newsAdvertisement

މިއީ 2021 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން އޭރު ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޓީވީ ޗެނަލަކުން ގެނެސްދިން އިންޓަރވިއުއެއްގައި ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ޗެނަލް13ށް ދިން އިންޓަރވިއުއެއްގައި އަބްދުއްސަމަދު ބުނެފައިވަނީ ޖަލުގައި ބަންދުކުރީ ދޮގު ހެކި ދީގެންކަމަށާއި ފުލުހުންގެ ތެރެއިން ބަޔާން ދިން މީހުން ވަކިވަކިން އެނގޭ ކަމަށެވެ.

އަބްދުއްސަމަދު އިތުރަށް ބުނީ ދެން އުފެދޭނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވެރިކަމެއް ކަމަށާއި، އެ ވެރިކަމުގައި ދޮގު ހެކިބަސް ދިން މީހުން ވެސް ޖަލުގެ ތޭރިތަކަށް ދާނެ ކަމަށެވެ. އަދި އެ މީހުން ”ވަކިވަކިން ކޮށާލާނެ“ ކަމަށް ބުނެ އޭނާ ވަނީ އިންޒާރު ދީފަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކޯޓުން ބުނީ ސަމަދު ފުލުހުންނަށް ނިސްބަތްކޮށް ވަކިވަކިން ކޮށާލާނެ ކަމަށް ބުނެފައިވަނީ ވަކި ޝަރުތެއް ފުރިހަމަވުމުން ނަތީޖާ ނުކުންނަ ގޮތަށް ކަމަށެވެ. އެގޮތުން އެއީ 2023 ވަނަ އަހަރު އޭނާގެ ޕާޓީ ވެރިކަމަށް އައުން ކަމަށް ކޯޓުން ފާހަގަކުރި އެވެ.

ކޯޓުން ވަނީ މި އިންޓަވިއުގައި އޭނާ އެހެން ބުނެފައިވަނީ ފުލުހުންގެ ލޭ އޮހޮރުވައި އެމީހުންނަށް އަނިޔާއެއް ދިނުމުގެ މަޤްސަދުގައި ނޫން ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ބުނެފަ އެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި ސަމަދު ފުލުހުން ކޮށާލާނަމޭ ބުނުމުގެ ކުރިން މަކަރާއި ހީލަތް ހަދައި ދޮގު ހެކިދޭ ފުލުހުން އެނގޭ ކަމަށާއި އެ މީހުންނާ ހައްގުތައް އަރައި ހަމަކުރާނެ ވާހަކަ ބުނެފައިވާތީ އެއީ ފުލުހުންގެ ލޭ އޮހޮރުވައި އަނިޔާދިނުމުގެ މަގްސަދުގައި ބުނި ބަހެއް ނޫން ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން މި ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުނުވާ ކަމަށް ކަނޑައަޅާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. 

ޕްރޮގްރެސިވް ކޯލިޝަންކްރިމިނަލް ކޯޓްއަބްދުއްސަމަދުޕީޕީއެމް/ޕީއެންސީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

27 އޯގަސްޓު 2026
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި
26 އޯގަސްޓު 2026

ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި

26 އޯގަސްޓު 2026
ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި
25 އޯގަސްޓު 2026

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

25 އޯގަސްޓު 2026
އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު
25 އޯގަސްޓު 2026

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި

25 އޯގަސްޓު 2026
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި
24 އޯގަސްޓު 2026

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

24 އޯގަސްޓު 2026
މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!
23 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ

23 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ
23 އޯގަސްޓު 2026

ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް

23 އޯގަސްޓު 2026
ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް
19 އޯގަސްޓު 2026

މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި

19 އޯގަސްޓު 2026
މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި
13 އޯގަސްޓު 2026

ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

13 އޯގަސްޓު 2026
ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި
10 އޯގަސްޓު 2026

ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ

10 އޯގަސްޓު 2026
ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް