Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް

ހޫދުއަށް ޓެރަރިޒަމްގެ ދައުވާތައް ސާބިތުވުން: އެފްބީއައި އިން ފޯނު ތަހުލީލުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވޭތަ؟

29 އޯގަސްޓު 2026 | ހޮނިހިރު 06:43

ޓެރަރިޒަމްގެ ކުށްތަކެއް ސާބިތުވެ 23 އަހަރަށް ޖަލަށްލާފައިވާ ހޫދު މުހައްމަދު ޒާހިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފި. މި މައްސަލައިގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ ކުށް ސާބިތުކުރަން ބޭނުންކުރި ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާ ކަމަށާއި އެއީ ގާނޫނާ ހިލާފަށް ހޯދާފައިވާ ބާތިލު ހެކިތަކެއް ކަމަށް. އައިސިސްގެ މެންބަރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އޭނާ ކަނޑައެޅީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވެސް އިސްތިއުނާފުގައި ބަޔާންކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2026 | ހޮނިހިރު 06:43
ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު

ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވާ 23 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު، އެއީ ފާސިދު އަތި ބާތިލު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކުރި ހުކުމެއްކަމަށް އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ވަނީ ބަޔާންކޮށްފަ އެވެ. 

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން 2022 ވަނަ އަހަރު ހޫދުގެ މައްޗަށް 5 ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން 3 ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. 

Advertisement - newsAdvertisement

އެއީ ޓެރަރިސްޓު ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އާއި އެފަދަ ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފު ހައިކޯޓުން ވަނީ ބަލައިގެންފަ އެވެ. 

އިސްތިއުނާފުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި ކުށް ސާބިތުކުރުމުގައި ރިއާޔަތްކުރި އަސާސީ ހެކިތަކަކީ އޭނާގެ އަތުން ފެނުނު ފޯނުން ތަހުލީލުކޮށްގެން ހޯދާފައިވާ ހެކިތަކެކެވެ. އޭގެ ތެރޭގައި ފޯނުން ފެނުނު ފޮޓޯތަކާއި ލިޔުންތަކާއި ޗެޓްލޮގްތައް ހިމެނެ އެވެ. އެގޮތުން އައިސިސްގެ ލޯގޯއާއި ދިދަ ޖަހާފައިވާ ލިޔުންތަކާއި އެ ޖަމާއަތަށް ނިސްބަތްވާ ބައެއް މަޖައްލާގެ ލިޔުންތަކާއި ހަނގުރާމައާގުޅޭ މަންޒަރުތަކާއި ހަނގުރާމަވެރި ހަތިޔާރުގެ މަންޒަރުތައް އޭގެ ތެރޭގައި ހިމެނެ އެވެ.

އެއީ ސެމްސަންގ ނޯޓު 9 ބްރޭންޑުގެ ފޯނެކެވެ. އަދި އެ ފޯނު ހުޅުވާފައިވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން، އެފްބީއައި މެދުވެރިކޮށްކަމަށް ދައުލަތުން ޚުލާސާ ބަޔާނުގައި މުޅިން އަލަށް ހާމަކޮށްފައިވެ އެވެ. އަދި ޗެއިން އޮފް ކަސްޓަޑީން ވެސް ފޯނު ޔޫއެސްއަށް ފޮނުވިކަން އެނގެން އޮންނާނެކަމަށް ދައުލަތުން އޭރު ބުނެފައިވެ އެވެ.

އެހެންނަމަވެސް، އެ ފޯނު ރާއްޖެއިން ބޭރަށް ގެންދެވިފައިވާކަން ފޯނުގެ ޗެއިން އޮފް ކަސްޓަޑީއިން އެނގެން ނެތްކަން ފާހަގަކޮށް އިސްތިއުނާފުގައި ބުނެފައިވަނީ، އެކަން ދަށު ކޯޓުގެ ސަމާލުކަމަށް ގެނައިނަމަވެސް، ކޯޓުން މައްސަލަ ނިންމުމުގައި އެ ނުކުތާއަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ކަންމިހެން އޮތްއިރު، މައްސަލައިގައި ރިއާޔަތް ކުރެވުނު ފޯނަކީ ހޫދުގެ އަތުން ނެގުނު ފޯނެއްކަން އެނގޭނެ ގޮތެއް ނެތްކަމަށް ހޫދުގެ އިސްތިއުނާފުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އެއީ ފާސިދު އަތި ބާތިލު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކުރި ހުކުމެއްކަމަށާއި އެ ފޯނުން ފެނުނު ހެކިތަކެއްގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ޤަވާއިދުގައިވާ ޗެއިން އޮފް ކަސްޓަޑީގެ އުސޫލުތަކާ ޚިލާފަށްކަމަށް އޭނާގެ ފަރާތުން ބުނެ އެވެ.

ދައުލަތުން ބުނާ ގޮތުގައި ތަހުގީގުގެ ބޭނުމަށް ހޫދުގެ ފޯނު ފުލުހުން ހުޅުވާފައިވަނީ ކޯޓު އަމުރަކުން ބާރު ލިބިގެންނެވެ. ނަމަވެސް އެކަން ކޮށްފައިވަނީ އެފަދަ އަމުރެއް އޮވެގެންކަން އެނގެން ނެތްކަން ބަޔާންކޮށް އިސްތިއުނާފުގައި ބުނެފައިވަނީ، ފޯނާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ އަމުރުގައި ފުލުހުންނަށް ޕާސްވޯޑު ބޭނުން ކުރުމުގެ ބާރެއް ދީފައިނުވާ ކަމަށެވެ.

އެ އަމުރުގައި އޮތީ ފޯނުގެ ކޯޑު ދިނުމަށް ހޫދުގެ މައްޗަށް އަމުރުކުރާ ވާހަކަ ކަމަށާއި އެފްބީއައިއަށް ފޮނުވައިގެން ކޯޑު ބްރޭކް ކުރުމުގެ ހުއްދަ އަދި އެފަދަ ބާރެއް ކޯޓުން ދީފައިނުވާކަމަށް ވެސް އިސްތިއުނާފުގައި ވަނީ ބަޔާންކޮށްފަ އެވެ.

ވީއިރު، އެ ފޯނު ތަހުލީލުކޮށްގެން ހޯދާފައިވާ ހެކިތަކަކީ ޤާނޫނާ ޚިލާފު ހެކިތަކެއްކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ބަލައި ދަށު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހޫދުއަކީ އައިސިސްގެ ހަރަކާތްތައް މީޑިއާ މެދުވެރިކޮށް ފެތުރުމުގައި އެ ޖަމާއަތަށް ނިސްބަތްވާ މީހުންނާ ގުޅިގެން އިންޓަނެޓް މެދުވެރިކޮށް އިންތިޒާމުކުރާ އިސް ފަރާތް ކަމަށެވެ.

އެގޮތަށް ނިންމުމުގައި، ކްރިސްމަސްއާ ދިމާކޮށް ކްރިސްޓިއަނުންނަށް ހަމަލާދިނުމަށް ގޮވާލާ ޕޯސްޓުތަކެއް ތަރުޖަމާ ކުރުމުގައި އޭނާ ހަރަކާތްތެރިވެފައިވުމާއި އައިސިސްއިން ޒިންމާ ނަގާފައިވާ ބައެއް ހަމަލާތަކާ ގުޅޭގޮތުން "ބަގްދާދީ" ނަމަކަށް ކިޔާ އެކައުންޓަކާ ދައްކާފައިވާ ވާހަކަތަކަށް ދަށު ކޯޓުން ރިއާޔަތްކޮށްފައިވެ އެވެ. އަދި އެފަދަ ބައެއް ޗެނަލްތަކުގެ އެޑްމިންއަކަށް އޭނާ ހަރަކާތްތެރިވެފައިވުމުގެ މައްޗަށް ވެސް ރިއާޔަތްކޮށްފައިވެ އެވެ.

އެ ގްރޫޕުތަކާއި ޗެނަލްތަކުގައި އޭނާގެ ފޯނުން ބޭނުން ކުރަމުން އައި އައިޑީތަކުގެ ދައުރު އޮތްނަމަ ވެސް، އެ އައިޑީތަކަކީ އެހެން ޑިވައިސްތަކުން އެހެން މީހަކަށްވެސް ބޭނުން ކުރެވިދާނެ އައިޑީތަކެއްކަމަށް ދިފާއުން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ ވެދާނެ ކަމެއްކަމަށް ދަށު ކޯޓުގެ ހުކުމުގައިވެސް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް، ހަމައެކަނި އެ އަސާސްގެ މައްޗަށް ބިނާކޮށް ހޫދު ޒިންމާ ނަގަން ނުޖެހޭކަމަށް ނިންމާ ނަމަ، މިފަދަ އައިޑީތަކުން ކުރާ އެއްވެސް ޣައިރު ޤާނޫނީ އަމަލަކަށް މީހަކު ޒިންމާ ކުރެވޭނެ ހާލަތެއް ނޯންނާނެކަމަށް ދަށު ކޯޓުގެ ނިންމުމުގައި ވަނީ ބުނެފަ އެވެ.

ދަށު ކޯޓުގެ ނިންމުން ހޫދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުން މިހާރު ވަނީ މި މައްސަލަ ރަޖިސްޓްރީ ކޮށްފަ އެވެ.

ހޫދު މުޙައްމަދު ޒާހިރުޓެރަރިޒަމްއައިސިސްކްރިމިނަލް ކޯޓްއެފްބީއައި

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

28 އޯގަސްޓު 2026

ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ އިންޒާރުދިން މައްސަލައިގައި އުފުލި ދައުވާ ސާބިތެއް ނުވި!

28 އޯގަސްޓު 2026
ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ އިންޒާރުދިން މައްސަލައިގައި އުފުލި ދައުވާ ސާބިތެއް ނުވި!
27 އޯގަސްޓު 2026

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

27 އޯގަސްޓު 2026
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި
26 އޯގަސްޓު 2026

ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި

26 އޯގަސްޓު 2026
ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި
25 އޯގަސްޓު 2026

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

25 އޯގަސްޓު 2026
އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު
25 އޯގަސްޓު 2026

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ބަލައިގެންފި

25 އޯގަސްޓު 2026
ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ބަލައިގެންފި
25 އޯގަސްޓު 2026

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި

25 އޯގަސްޓު 2026
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި
24 އޯގަސްޓު 2026

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

24 އޯގަސްޓު 2026
މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!
23 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ

23 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ
23 އޯގަސްޓު 2026

ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް

23 އޯގަސްޓު 2026
ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް
21 އޯގަސްޓު 2026

ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި

21 އޯގަސްޓު 2026
ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް