Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނަމާލެ ބްރިޖް

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް މެންބަރު ކުޑޫގެ ސިޓީއެއް އަބްދުއްރަހީމްއަށް

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 09:05

ސިނަމާލެ ބްރިޖަށް ދެ އުޅަނދެއް އުރުނު މައްސަލައިގައި ކަމާބެހޭ އިދާރާތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މެންބަރު މުހައްމަދު އިބްރާހީމް އެދިވަޑައިގެންފި. މި މައްސަލައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، އުޅަނދުތައް ރާއްޖެ އެތެރެވުމުގައި އިހުމާލުވި ފަރާތްތަކާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމާ ގުޅޭގޮތުން ސުވާލުކުރުމަށް ވަނީ ހުށަހަޅާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 09:05
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވައިފި އެވެ. 

މެންބަރު ކުޑޫ ފޮނުއްވި މި ސިޓީގައި ވަނީ 11 ސެޕްޓެމްބަރުގެ ރޭގެ ވަގުތެއްގައި، މާލެ ކައިރިން އޮޔާ ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކާއި ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށް ބުނެ، މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ކަންކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް އޭޕްރީލް 26 ވަނަ ދުވަހު ވަދެފައިވަނީ ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ހުއްދައަކާ ނުލާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި މި އުޅަނދުތައް ކަމާބެހޭ ފަރާތްތަކަށް ފާހަގަކުރެވިފައިވަނީ މެއި މަހުގެ 3 ވަަނަ ދުވަހު ކަަމަށް ވުމުން، މިފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވާން ދިމާވި ސަބަބުތަކާއި އިހުމާލުވި ފަރާތްތަކަކީ ކޮބައި ކަމާއި އެފަރާތްތަކަށް ފިޔަވަޅު އެޅިފައިވޭތޯ ސާފުކުރުމަށް މެންބަރު ކުޑޫ ވަނީ އެދިވަޑައިގެންފައި އެވެ.

ހަމައެއާއެކު ދެ ބޯޓުގެ ފަޅުވެރިން ހާލުގައި ޖެހިފައިވާތާ 5 މަސް ދުވަސް ވެފައިވާ ކަމަށާއި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާއިރު، މިހާތަނަށް ހައްލެއް ހޯދިފައި ނުވަނީ ކީއްވެގެންތޯ އަދި އުޅަނދުތަކުގެ ސަލާމަތީ ހާލަތު ދެނެގަތުމަށް ކަމާ ބެހޭ އިދާރާތަކުން މަސައްކަތެއް ކޮށްފައިވޭތޯ ސާފުކުރުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފައިވެ އެވެ. 

މީގެ އިތުރުން، ސިނަމާލެ ބްރިޖަކީ އެކަށީގެންވާ ގޮތެއްގައި އިންޝުއަރ ކުރެވިފައިވާ ތަނެއް ތޯ އަދި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިންވަރު ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

މި ހާދިސާއަކީ ބުރާސްފަތި ދުވަހުގެރޭ މާލެއަށް ކުރި ގަދަ ވިއްސާރައިގައި ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ. މި ދެ އުޅަނދު އޮޔާދިޔައީ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެ އެވެ.

މުޙައްމަދު އިބްރާހީމް (ކުޑޫ)ސިނަމާލެ ބުރިޖު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އިސް އެތައް ފަރާތެއް ހިމެނޭ މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

12 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
11 ސެޕްޓެމްބަރު 2026

ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

11 ސެޕްޓެމްބަރު 2026
ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ
11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބުގައި ޖެހުނު 2 ބޯޓު ވެސް އަޑިއަށް ގޮސްފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބުގައި ޖެހުނު 2 ބޯޓު ވެސް އަޑިއަށް ގޮސްފި
11 ސެޕްޓެމްބަރު 2026

ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު

11 ސެޕްޓެމްބަރު 2026
ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު
11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
31 އޯގަސްޓު 2026

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި

31 އޯގަސްޓު 2026
ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި
30 އޯގަސްޓު 2026

ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު

30 އޯގަސްޓު 2026
ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު
27 އޯގަސްޓު 2026

މެންބަރު ކުޑޫ އާއި ރާއްޖެޓީވީގެ އާމިރު އަށް ހަމަލާދޭން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލަ ކުޑޫގެ ފަރާތުން ފުލުހަށް ހުށަހެޅިތާ 24 ގަޑިއިރުވާއިރު، އަދި ފުލުހުންގެ ޚަބަރެއް ނެތް!

27 އޯގަސްޓު 2026
މެންބަރު ކުޑޫ އާއި ރާއްޖެޓީވީގެ އާމިރު އަށް ހަމަލާދޭން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލަ ކުޑޫގެ ފަރާތުން ފުލުހަށް ހުށަހެޅިތާ 24 ގަޑިއިރުވާއިރު، އަދި ފުލުހުންގެ ޚަބަރެއް ނެތް!
25 އޯގަސްޓު 2026

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

25 އޯގަސްޓު 2026
ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް