Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގް މިނިސްޓްރީ

ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެ

7 ސެޕްޓެމްބަރު 2026 | ހޯމަ 00:51

ހައުސިންގ މިނިސްޓްރީ ހިންގި އިމާރާތުގައި ރޯކޮށްލި މީހާ ފުލުހުންނަށް އެނގޭކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން، އެ މައްސަލަ އަލުން ތަހުގީގުކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން ފުލުހުންނަށް އަންގަވައިފި. މި ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއް ކަމަށް ކުރީގެ ތަހުގީގުތަކުން ދެއްކި ނަމަވެސް، ރައީސް ޔާމީންގެ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނުގެ އަތްޕުޅުގައި ހުރި މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައި

ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2026 | ހޯމަ 00:51
ހައުސިން މިނިސްޓްރީގައި ރޯވެ އިމާރާތް އެއްކޮށް އަނދާ ހުލިވެފައި

ހައުސިން މިނިސްޓްރީގައި ރޯވެ އިމާރާތް އެއްކޮށް އަނދާ ހުލިވެފައި | މިހާރު

ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެ، އެކަން ތަހުގީގު ކުރަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ފުލުހުންނަށް އަންގަވައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފަ އެވެ. އަދި ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފަ،" އިހްސާން ވިދާޅުވި އެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަނދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުންވަނީ، އެމަނިކުފާނަށް މައުލޫމާތު ދެއްވާފައި ކަމުގަ އެވެ.

މިނިސްޓަރ އިހުސާން މިހެން ވިދާޅުވި އިރު، މި މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުގައި ސުވާލުކުރުމުން އެކަމުގެ ތަހުގީގު ގޮސްފައިވާ ހިސާބަކާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. 

ހައުސިންގް މިނިސްޓްރީރައީސް ޔާމިންއަލީ އިޙްސާންދިވެހި ފުލުހުންގެ ޚިދުމަތްއެންއައިސީ

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން

06 ސެޕްޓެމްބަރު 2026
ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން
06 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

06 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
05 ސެޕްޓެމްބަރު 2026

ގެއްލިގެން ހޯދަމުން ދިޔަ 25 އަހަރުގެ އަންހެން މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

05 ސެޕްޓެމްބަރު 2026
ގެއްލިގެން ހޯދަމުން ދިޔަ 25 އަހަރުގެ އަންހެން މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ
03 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި

03 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި
03 ސެޕްޓެމްބަރު 2026

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި
02 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ

02 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ
02 ސެޕްޓެމްބަރު 2026

ނިމުނު އޮގަސްޓު މަހު އެކަނި ވެސް ސްކޭމްގެ މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ވަނީ ގެއްލިފައި

02 ސެޕްޓެމްބަރު 2026
ނިމުނު އޮގަސްޓު މަހު އެކަނި ވެސް ސްކޭމްގެ މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ވަނީ ގެއްލިފައި
01 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

01 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ
01 ސެޕްޓެމްބަރު 2026

ގދ.ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

01 ސެޕްޓެމްބަރު 2026
ގދ.ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
01 ސެޕްޓެމްބަރު 2026

ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

01 ސެޕްޓެމްބަރު 2026
ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް