Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނަމާލެ ބްރިޖު

ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު

11 ސެޕްޓެމްބަރު 2026 | ހުކުރު 11:59

ސިނަމާލެ ބްރިޖަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، އޮޔާދާ އުޅަނދުފަހަރު ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން ދަނީ ކުރަމުންކަމުގައި މިނިސްޓަރު ވިދާޅުވި. މީގެ އިތުރުން، އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އުސޫލުތައް މުރާޖައާކޮށް، ކުއްލި ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކުން އަމަލުކުރާނެ ހަރުދަނާ ނިޒާމެއް ސަރުކާރުން އެކުލަވާލާނެކަމަށް ވެސް ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 11 ސެޕްޓެމްބަރު 2026 | ހުކުރު 11:59
ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު

ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު | ރާއްޖެ އެމްވީ

ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ބްރިޖު އިމާރާތްކުރި ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ވަނީ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގަ އާއި ހުކުރު ދުވަހު ހެނދުނު ބްރިޖުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

Advertisement - newsAdvertisement

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީ އާއެކު ގާއިމުކޮށްފައިވާ ބްރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ތަންތަން މަރާމާތު ކުރާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދެއްގެ ސަބަބުން، ސިނަމާލެ ބްރިޖާއި، ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މިއީ މުޅި މާލެ ސަރަހައްދުގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާނެ ފަދަ ކާރިސާއެއް ކަމަށެވެ.

އެހެންކަމުން، މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އަދި ސަރުކާރުން މިހާރު ވެސް ދަނީ މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަމުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

އެގޮތުން، އޮޔާދާ އުޅަނދުފަހަރު ބްރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓުމުގެ ގާބިލުކަން ހުރި ބާރުގަދަ ދެ ޓަގް ބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ދަނީ ކުރަމުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ޓަގު ބޯޓުތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އަލުން މުރާޖައާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތް ކުރާނެ ގޮތާއި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ސަރުކާރުން އެކުލަވާލާނެ ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މި ހާދިސާއަކީ ބުރާސްފަތި ދުވަހުގެރޭ މާލެއަށް ކުރި ގަދަ ވިއްސާރައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ. މި ދެ އުޅަނދު އޮޔާދިޔައީ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެ އެވެ.

އަބްދުﷲ މުއްތަލިބުސިނަމާލެ ބުރިޖު

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
31 އޯގަސްޓު 2026

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި

31 އޯގަސްޓު 2026
ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި
30 އޯގަސްޓު 2026

ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު

30 އޯގަސްޓު 2026
ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު
22 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި

22 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި
22 އޯގަސްޓު 2026

ހައިވޭގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ފުލުހުން

22 އޯގަސްޓު 2026
ހައިވޭގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ފުލުހުން
21 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ: ފުލުހުން

21 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ: ފުލުހުން
31 ޖުލައި 2026

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން

31 ޖުލައި 2026
އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން
26 ޖުލައި 2026

ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 3 މީހުން ޖޫރިމަނާކޮށްފި

26 ޖުލައި 2026
ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 3 މީހުން ޖޫރިމަނާކޮށްފި
25 ޖުލައި 2026

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު 30 ދުވަހަށް ޓޯކޮށްފި، ދުއްވި މީހުންނަށް ފިޔަވަޅު އެޅިކަން ސާފެއް ނޫން!

25 ޖުލައި 2026
ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު 30 ދުވަހަށް ޓޯކޮށްފި، ދުއްވި މީހުންނަށް ފިޔަވަޅު އެޅިކަން ސާފެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް