Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި

8 ސެޕްޓެމްބަރު 2026 | އަންގާރަ 05:13

އިތުބާރުހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލު ކުރުމަށް މަސައްކަތްކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި. އެގޮތުން ފުލުހުން ވަނީ ރައީސް ޔާމީން އަށް ގުޅުއްވައި، ޗިޓު ހަވާލު ކުރުމަށް މަސައްކަތްކޮށްފައި. ނަމަވެސް، ރައީސް ޔާމީން ޗިޓާ ހަވާލުވެވަޑައިގަންނަވާފައި ނުވާ ކަމަށް މައުމޫލާތު ލިބިފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 05:13
މީގެ ކުރިން ޖަލު ހުކުމެއްގައި ހުންނެވި ދުވަސްވަރު، ރައީސް ޔާާމީން ފުލުހުންގެ ބެލުމުގެ ދަށުން ވަޑައިގަންނަވަނީ

މީގެ ކުރިން ޖަލު ހުކުމެއްގައި ހުންނެވި ދުވަސްވަރު، ރައީސް ޔާާމީން ފުލުހުންގެ ބެލުމުގެ ދަށުން ވަޑައިގަންނަވަނީ | ސަން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފުލުހަށް ހާޒިރުކުރުމަށް، އެމަނިކުފާނަށް ޗިޓު ހަވާލު ކުރުމަށް މަސައްކަތްކޮށްފި އެވެ.

އިތުބާރުހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރުމަށް މަސައްކަތްކޮށްފައި ވަނީ ހޯމަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. އެގޮތުން ފުލުހުން ވަނީ ރައީސް ޔާމީން އަށް ގުޅުއްވައި، ޗިޓު ހަވާލު ކުރުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް، ރައީސް ޔާމީން ޗިޓާ ހަވާލުވެވަޑައިގަންނަވާފައި ނުވާ ކަމަށް މައުމޫލާތު ލިބިފައިވެ އެވެ. 

Advertisement - newsAdvertisement

ފުލުހުން ރައީސް ޔާމީން އަށް ޗިޓު ހަވާލު ކުރަން މަސައްކަތްކޮށްފައި ވަނީ ހައުސިން މިނިސްޓްރީ ހިމެނޭހެން، ސަރުކާރުގެ ތިން އިދާރާއެއް ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވި މައްސަލައިގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގެ ސަބަބުންނެވެ. އެގޮތުން ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ހައުސިން މިނިސްޓްރީގައި އަލިފާން ރޯކޮށްލީ ކަމަށާއި، އެކަން ކުރެއްވީ ރައީސް މުއިއްޒުއާ ގާތް ނުވަތަ އަރިސް ބޭފުޅެއްކަން ފުލުހުންނަށް އެނގޭނެ ކަމަށެވެ. 

ރައީސް ޔާމީންގެ އެ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރެއްވުމާއި، ތަހުގީގުގައި އިތުރަށް ބަލަން ޖެހޭ ކަމެއް ހުރި ނަމަ، އެކަން ބެއްލެވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. އަދި ފުލުހުންގެ މައްޗަށް ރައީސް ޔާމީން ކުރައްވާފައިވާ ތުހުމަތު ތަހުގީގުކޮށް ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ދަންނަވާފައިވާ ކަމަށް އިހުސާން ވިދާޅުވެފައިވެ އެވެ. 

ހައުސިން މިނިސްޓްރީގައި ރޯކޮށްލީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއްކަން ފުލުހުންނަށް އެނގޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އަލިފާން ރޯވާން ދިމާވި މައްސަލަ ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންނާއި، އެކުވެރި ޤައުމުތަކުގެ ތަޖުރިބާާކާރުން ގުޅިގެން ތަހުގީގެއް ކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އަދި އެ ތަހުގީގުން ހާާމަވީ އަލިފާާން ރޯވީ މީހަކި ގަސްތުގައި ރޯކޮށްލައިގެން ނޫން ކަމަށާއި އެއީ ކަރަންޓު ނަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަަށް އެ ދުވަހު މިނިސްޓަރު އިހުސާން ވިދާޅުވެފައިވެ އެވެ. 

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ހާދިސާގައި އެ ތިން މިނިސްޓްރީ ހިންގަމުން އައި އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތްހައުސިންގް މިނިސްޓަރއަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2026

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

02 ނޮވެމްބަރު 2026
އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި
02 ނޮވެމްބަރު 2026

ޚާއްސަ އޮޕަރޭޝަނެއްގައި 3 ގެއެއް ބަލައި ފާސްކޮށް 100 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރުކޮށްފި

02 ނޮވެމްބަރު 2026
ޚާއްސަ އޮޕަރޭޝަނެއްގައި 3 ގެއެއް ބަލައި ފާސްކޮށް 100 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރުކޮށްފި
02 ނޮވެމްބަރު 2026

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ދެވަނަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

02 ނޮވެމްބަރު 2026
ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ދެވަނަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
02 ނޮވެމްބަރު 2026

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި

02 ނޮވެމްބަރު 2026
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި
01 ނޮވެމްބަރު 2026

81 އޮފިސަރުންނާއެކު ފުލުހުންގެ އިންސްޕެކްޓަރ ކޯހުގެ 7 ވަނަ ބުރު ދ. ވާނީގައި ފަށައިފި

01 ނޮވެމްބަރު 2026
81 އޮފިސަރުންނާއެކު ފުލުހުންގެ އިންސްޕެކްޓަރ ކޯހުގެ 7 ވަނަ ބުރު ދ. ވާނީގައި ފަށައިފި
01 ނޮވެމްބަރު 2026

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ބައި ލައްކައަށް ވުރެ ގިނަ ފައިސާއާއި ގިނަ އަދަދެއްގެ ޑޮލަރު ފޭރުނުކަމުގެ ތުހުމަތުގައި 4 މީހުން ހައްޔަރުކޮށްފި

01 ނޮވެމްބަރު 2026
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ބައި ލައްކައަށް ވުރެ ގިނަ ފައިސާއާއި ގިނަ އަދަދެއްގެ ޑޮލަރު ފޭރުނުކަމުގެ ތުހުމަތުގައި 4 މީހުން ހައްޔަރުކޮށްފި
30 އޮކްޓޯބަރު 2026

ފުލުހުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ސީޕީ އިލްތިމާސްކުރައްވައިފި

30 އޮކްޓޯބަރު 2026
ފުލުހުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ސީޕީ އިލްތިމާސްކުރައްވައިފި
30 އޮކްޓޯބަރު 2026

ޚާއްސަ އޮޕަރޭޝަނާއެކު މާލެއާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ބޮޑުތަނުން މަދުކުރެވިފައިވޭ: ފުލުހުން

30 އޮކްޓޯބަރު 2026
ޚާއްސަ އޮޕަރޭޝަނާއެކު މާލެއާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ބޮޑުތަނުން މަދުކުރެވިފައިވޭ: ފުލުހުން
26 އޮކްޓޯބަރު 2026

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި

26 އޮކްޓޯބަރު 2026
ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި
25 އޮކްޓޯބަރު 2026

ސްކޭމްގެ މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

25 އޮކްޓޯބަރު 2026
ސްކޭމްގެ މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް