Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ސިނަމާލެ ބްރިޖުގެ ތަނބުގައި ޖެހުނު 2 ބޯޓު ވެސް އަޑިއަށް ގޮސްފި

11 ސެޕްޓެމްބަރު 2026 | ހުކުރު 18:20

މާލެއަށް ކުރި ވިއްސާރައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ނަމަވެސް، ބްރިޖުގެ އޮނިގަނޑަށް ބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައި. މި ހާދިސާގައި ބްރިޖުގެ ބޭރު ފަށަލައަށް ލިބުނު ކުދި ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޮޔާދިޔަ ދެ އުޅަނދު މިހާރު ވަނީ ކަނޑުގެ އަޑިއަށް ގޮސްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ސެޕްޓެމްބަރު 2026 | ހުކުރު 18:20

ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު، އެ 2 ބޯޓު ވެސް މިހާރު ވަނީ އަޑިއަށް ގޮސްފައި | ރާއްޖެ ޓީވީ

ޓަގު ބޯޓުތަކެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި ބްރިޖުގައި ޖެހުނު 2 ބޯޓު ވެސް ދިޔަވެ، އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. 

ބުރާސްފަތި ދުވަހުގެރޭ މާލެއަށް ކުރި ގަދަ ވިއްސާރައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހިފައިވާއިރު، އެމްއެންޑީއެފް އިން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ބްރިޖުގައި ޖެހިފައި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 އުޅަނދެއް ކަމަށެވެ.

Advertisement - newsAdvertisement

މި ދެ އުޅަނދު އޮޔާދިޔައީ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފް އިން ބުނީ ތެޔޮއުފުލާ މި 2 ބޯޓަކީ ވަރަށް ބައުވެފައިވާ 2 ބޯޓަށް ވުމާއިއެކު، މި 2 ބޯޓުވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ގޮސްފައިވާ ކަމަށެވެ. 

އެމްއެންޑީއެފް އިން ބުނީ މާލޭ ބަނދަރުގައި އޮތް 2 ބޯޓު، ސެޕްޓެމްބަރު 10 ވަނަ ދުވަހުގެރޭ ބުރިޖުގެ ދަށުން އޮޔާގޮސް މާލެއަތޮޅުން ބޭރަށްދާތީ، ބޯޓުގައި ތިބި 9 ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށެވެ. 

މި ހާދިސާ އާ ގުޅިގެން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. 

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ބްރިޖު އިމާރާތްކުރި ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ވަނީ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގަ އާއި ހުކުރު ދުވަހު ހެނދުނު ބްރިޖުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީ އާއެކު ގާއިމުކޮށްފައިވާ ބްރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ތަންތަން މަރާމާތު ކުރާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދެއްގެ ސަބަބުން، ސިނަމާލެ ބްރިޖާއި، ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މިއީ މުޅި މާލެ ސަރަހައްދުގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާނެ ފަދަ ކާރިސާއެއް ކަމަށެވެ.

ސިނަމާލެ ބުރިޖުއެމްއެންޑީއެފް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް!

11 ސެޕްޓެމްބަރު 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް!
11 ސެޕްޓެމްބަރު 2026

ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު

11 ސެޕްޓެމްބަރު 2026
ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު
11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
10 ސެޕްޓެމްބަރު 2026

ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

10 ސެޕްޓެމްބަރު 2026
ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި
06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
31 އޯގަސްޓު 2026

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި

31 އޯގަސްޓު 2026
ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފި
30 އޯގަސްޓު 2026

ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު

30 އޯގަސްޓު 2026
ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު
24 އޯގަސްޓު 2026

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!

24 އޯގަސްޓު 2026
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!
22 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި

22 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި
22 އޯގަސްޓު 2026

ހައިވޭގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ފުލުހުން

22 އޯގަސްޓު 2026
ހައިވޭގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް