Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2026 | ހޯމަ 04:14

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދެއް ބްރިޖު ތަނބުގައި ޖެހުނު ހާދިސާގައި މުއައްސަސާތަކުގެ އިހުމާލު އޮތްތޯ ބަލަން މިނިވަން ތަހުގީގެއް ހިންގުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި. ބްރިޖަށާއި ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި ބްރިޖުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންޖީނިއަރިންގ އޮޑިޓެއް ހެދުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ސެޕްޓެމްބަރު 2026 | ހޯމަ 04:14
ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު. ބްރިޖާ ފަރަށް ލިބުނު ގެއްލުންތައް ބަލައި، އިހުމާލުވާ ފަރާތްތައް ތަހުގީގުކުރަން ސިޓީ ކައުންސިލުން ވަނީ ގޮވާލާފައި

ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު. ބްރިޖާ ފަރަށް ލިބުނު ގެއްލުންތައް ބަލައި، އިހުމާލުވާ ފަރާތްތައް ތަހުގީގުކުރަން ސިޓީ ކައުންސިލުން ވަނީ ގޮވާލާފައި | މާލެ ސިޓީ ކައުންސިލް

ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހުގެރޭ، ސިނަމާލެ ބްރިޖުގެ ތަނބަކަށް ބޯޓު އުރުނު ހާދިސާއާ ގުޅިގެން އެކަން ތަހުގީގު ކުރަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ. 

ސިޓީ ކައުންސިލުން ބުނީ ރާއްޖޭގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް އެތެރެވި ބޭރުގެ ދެ އުޅަނދެއް ލަނގަރު ކެނޑިގެން ގޮސް، މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލައިގައި، ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު ތަހުގީގު ކޮށް، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ގޮވާލާ ކަމަށެވެ. 

Advertisement - newsAdvertisement

ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ހިމެނޭ އެމްޓީ ކޭޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭއެލް 1 (ޓަގުބޯޓު) އަކީ 2026 އެޕްރީލް 26 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަނުމާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ އުޅަނދެވެ. އަދި 2026 މެއި 3 ވަނަ ދުވަހުން ފެށިގެން މި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މާލޭގެ ބަނދަރުގައި އޮތްއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން 2026 ސެޕްޓެންބަރު 10 ވަނަ ދުވަހު މި ދެ އުޅަނދުގެ ލަނގަރު ކެނޑިގެން ގޮސް މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ، މި ހާދިސާ ހިނގައިދިޔަ ގޮތުގެ ސައްހަ މައުލޫމާތު މިހާތަނަށް ވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު މިއީ ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ރިޕޯޓްކުރާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މާލެ ސިޓީގެ އިހުތިސާސްގައިވާ ތިމާވެއްޓާއި ފަރުތަކާއި ކަނޑުގެ ވަސީލަތްތަކުގެ އިތުރުން މުނިސިޕަލް އުމްރާނީ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ. ކަމާބެހޭ މުއައްސަސާތަކަށް 3 ކަމަކަށް އިލްތިމާސްކޮށްފައިވާ ކަން ވެސް ކައުންސިލުން ފާހަގަކޮށްފައިވެ އެވެ. 

އެގޮތުން، މުއައްސަސާތަކުގެ އިހުމާލު ތަހުގީގު ކުރުމަށް އިލްތިމާސްކޮށް ކައުންސިލުން ވަނީ މި އުޅަނދުފަހަރު ރާއްޖެއަށް އެތެރެވި ގޮތާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކެނޑިގެން ގޮސް މާލޭ އިރުމަތީ ފަރަށް އަރައި ބްރިޖުގައި ޖެހެން މެދުވެރިވި ސަބަބު ބަލައި، އިހުމާލުވި ފަރާތްތައް ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި ރިޕޯޓު އާންމު ކުރުމަށް ގޮވާލާފަ އެވެ.

ތިމާވެއްޓާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިލްތިމާސްކޮށް ކައުންސިލުން ބުނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމާއި ބްރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

އޭގެ އިތުރުން ސިނަމާލެ ބްރިޖުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ހަދަން ޖެހޭކަން ފާހަގަކޮށް ކައުންސިލުން ވަނީ ދެ އުޅަނދު ޖެހުމުގެ ސަބަބުން ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިންގ އޮޑިޓަކުން ކަށަވަރުކޮށް، ބްރިޖުގެ ރައްކާތެރިކަން އާންމުންނަށް ޔަގީންކޮށް ދިނުމަށް އެދިފަ އެވެ. 

އެ ކައުންސިލުން ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި މާލެ ސިޓީގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަވަހަށް އެޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ގޮވާލާފަ އެވެ.

ސިނަމާލެ ބުރިޖުމާލޭ ސިޓީ ކައުންސިލްމޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް މެންބަރު ކުޑޫގެ ސިޓީއެއް އަބްދުއްރަހީމްއަށް

12 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް މެންބަރު ކުޑޫގެ ސިޓީއެއް އަބްދުއްރަހީމްއަށް
12 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

12 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
11 ސެޕްޓެމްބަރު 2026

ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

11 ސެޕްޓެމްބަރު 2026
ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ
11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބުގައި ޖެހުނު 2 ބޯޓު ވެސް އަޑިއަށް ގޮސްފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބުގައި ޖެހުނު 2 ބޯޓު ވެސް އަޑިއަށް ގޮސްފި
11 ސެޕްޓެމްބަރު 2026

ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު

11 ސެޕްޓެމްބަރު 2026
ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު
11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
09 ސެޕްޓެމްބަރު 2026

ރާއްޖެއަށް ވޭޕް އެތެރެކޮށްގެން 723 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރިއިރު، މިހާތަނަށް ލިބުނީ 8 ލައްކަ ރުފިޔާ

09 ސެޕްޓެމްބަރު 2026
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން 723 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރިއިރު، މިހާތަނަށް ލިބުނީ 8 ލައްކަ ރުފިޔާ
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް

08 ސެޕްޓެމްބަރު 2026
ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް
06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް