Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަރިޔޭން އާއި ޓޯމީ

ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

އެދެމީހުން ކައިވެނި ކުރީ 1995 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 އޮކްޓޯބަރު 2017 | ހުކުރު 05:22
މަރިޔޭން އާއި ޓޯމީ

މަރިޔޭން އާއި ޓޯމީ

މަރިޔޭން އާއި ޓޯމީ އެންމެ ފުރަތަމަ ދިމާވީ މީގެ 23 އަހަރު ކުރިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ ޓްރެއިނިން ސެންޓަރުންނެވެ. އަށާރަ މަސްދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު އެ ދެ މީހުން އެންގޭޖްވީ "ޓޯއި ރިންގް" އަކުން ކަމަށް މަރިޔޭން ބުނެއެވެ.

އޭގެ ދެތިން މަސް ދުވަސް ފަހުން 1995 ވަނަ އަހަރު ކައިވެނި ކުރީ އާއިލާ އާއި ރައްޓެހިންގެ ހާޒިރުގައެވެ.

މަރިޔޭންގެ ދައްތަ ނިއުމޭން ބުނާ ގޮތުގައި ޓޯމީ އާއި މަރިޔޭން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އިހުތިރާމާއި ލޯތްބާއެކު ދެމީހުން ދެމީހުންނަށް އިންތިހާއަށް ރަނގަޅުކަމަށް އޭނާ ބުންޏެވެ.

މެރިޔޭންގެ ދައްތަ ބުނި ގޮތުގައި އެ ދެ މީހުން އެންމެ ފުރަތަމަ ކައިވެނި ކުރަން އުޅުމުން މަންމަ ނުގަބޫލުވި ކަމަށެވެ. އެހެން ނަމަވެސް މަރިޔޭން އާއި ޓޯމީ އެ ދެ މީހުން ކައިވެނިކުރަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް މަންމައަށް ޔަގީން ކޮށްދިން ކަމަށް އޭނާ ބުންޏެވެ.

މަރިޔޭން ބުނީ އޭނާ އާއި ޓޯމީ ކައިވެނި ކުރި ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. ޓޯމީ ކައިވެންޏަށް އެދުމުން އޭރު އޭނާ ހުރީ ޝޮކެއްގެ ތެރޭގައި ކަމަށާއި ދެވަނަ ވިސްނުމަކަށް ނުގޮސް ވަގުތުން އާނއެކޭ ބުނި ކަމަށެވެ.

ޓޯމީ އާއި އޭނާ ދުވަހަކު ވެސް ޒުވާބު ނުކުރާ ކަމަށާއި އޭނާގެ ފިރިމީހާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާކަމަށް މަރިޔޭން ބުންޏެވެ.

ނިއުމޭން ބުނި ގޮތުގައި މަރިޔޭން އާއި ޓޯމީގެ ގުޅުން ވަރަށް ރަނގަޅެވެ. އެދެމީހުންނަކީ ވަރަށް "އަންޑަސްޓޭންޑިން" ދެމީހުން ކަމަށް ނިއުމޭން ބުންޏެވެ. މީހެއްގެ ގައިގައި ހުރި ނުކުޅުދެދުންތެރި ކަމަކީ ރަނގަޅު ދިރިއުޅުމެއްގައި ނޫޅެވެންވީ ސަބަބެއް ނޫންކަން އެ ދެމަފިރިން ސާބިތު ކޮށްދީފި ކަމަށް އޭނާ ބުންޏެވެ.

މަރިޔޭން އާއި ޓޯމީ ދިރިއުޅެނީ މަރިޔޭން މަންމަގެ ގޭގައެވެ.

ނިއުމޭން ވަނީ "މަރިޔޭން އެންޑް ޓޯމީ"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ވެސް ހުޅުވާފައެވެ. އެ ޕޭޖުގައި އެ ދެމަފިރިންގެ ދިރިއުޅުމުގައި ކުރާ މުހިއްމު ކަންތައްތައް ވަނީ ހިއްސާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2018

ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!

28 އެޕްރީލު 2018
ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!
11 އެޕްރީލު 2018

ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް

11 އެޕްރީލު 2018
ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް
05 އެޕްރީލު 2018

ޝަލަބީގެ އާ ލަވަ: މަގޭ ޚާއްސަ ދަރިފުޅާ، އެންމެން ރޮއްވާލައިފި

05 އެޕްރީލު 2018
ޝަލަބީގެ އާ ލަވަ: މަގޭ ޚާއްސަ ދަރިފުޅާ، އެންމެން ރޮއްވާލައިފި
26 މާރިޗު 2018

ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި

26 މާރިޗު 2018
ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި
21 ޑިސެމްބަރު 2017

އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ޕާޓީއަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު އަރުވައިފި

21 ޑިސެމްބަރު 2017
އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ޕާޓީއަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު