Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހެރީ އާއި މޭގަންގެ ކައިވެނި

ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި

ކާޑު ތައްޔާރުކޮށްފައި ވަނީ 1985 އިން ފެށިގެން އިނގިރޭސީ ޝާހީ އާއިލާގެ ހަފުލާތަކުގެ ކާޑުތައް ތައްޔާރު ކުރަމުން އަންނަ ފަރާތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 މާރިޗު 2018 | ހޯމަ 07:14
ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑުގެ ފޮޓޯއެއް

ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑުގެ ފޮޓޯއެއް

މި އަހަރުގެ މެއި މަހު ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލް ކައިވެނީގެ ކާޑު ދައްކާލައިފިއެވެ.

މި ކާޑު ދައްކާލާފައިވަނީ ކެސިންޓަން ޕެލަސް އިން ކުރި ޓްވީޓްތަކެއްގައެވެ. އަދި ކާޑު ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ޓްވިޓާގައި ހިއްސާ ކޮށްފައިވެއެވެ.

މި ފަހަރު ވެސް ކާޑު ތައްޔާރުކޮށްފައި ވަނީ 1985 އިން ފެށިގެން އިނގިރޭސީ ޝާހީ އާއިލާގެ ހަފުލާތަކު ކާޑުތައް ތައްޔާރު ކުރަމުން އަންނަ ބާނާޑް ވެސްޓްވުޑުންނެވެ.

ހެރީ އާއި މޭގަންގެ ކައިވެނީގެ ޕާޓީގެ ޚަރަދަށް 500،000 ޕައުންޑަށް ވުރެން ގިނައިން ޚަރަދުވާނެ ކަމަށް އެކި މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ޚަރަދު ކުރާނީ މޭގަންގެ ބައްޕަ ޓޮމްއެވެ. އިނގިރޭސި ވިލާތުގެ ވެޑިން ޕްލޭނާ ހަމީޝް ޝެފާޑް ވަނީ ހެރީ އާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާތުގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް ބުނެފައެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އުމުރުން 33 އަހަރުގެ ހެރީ އާއި 36 އަހަރުގެ މޭގަން އެންގޭޖް ކޮށްފައި މިވަނީ 16 މަސް އެކުގައި ހޭދަކުރެއްވުމަށް ފަހުގައެވެ.

މި ކައިވެނި ވެގެންދާނީ ހެރީގެ އަލަތު ކައިވެންޏަށެވެ. އެހެން ނަމަވެސް މިއީ މޭގަންގެ އަލަތު ކައިވެންޏަށް ނުވާއިރު އޭނާ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ ޓްރިވަރ އެންގްލްސަންއާ ކުރި ކައިވެނި، ދެ އަހަރަށް ފަހު ވަނީ ރޫޅިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު