Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަނުޝްކާ ޝަރުމާ - ވިރާތު ކޯލީ

އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ޕާޓީއަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު އަރުވައިފި

ކައިވެނީގެ އުފަލުގައި އިންޑިއާގައި ދެ ޕާޓީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2017 | ބުރާސްފަތި 05:40
އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ދައުވަތު ބޮޑުވަޒީރު މޯދީ އަށް އަރުވަނީ

އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ދައުވަތު ބޮޑުވަޒީރު މޯދީ އަށް އަރުވަނީ

ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އާއި ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ ކައިވެނިކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ. ކައިވެނީގެ ހަފްލާއަށް ފަހު އެ ދެ މީހުން މިހާރު ވަނީ ހަނީމޫން ނިންމާލައި، އެނބުރި އިންޑިއާއަށް ގޮސްފައެވެ.

އެ ދެ މީހުންގެ ކައިވެނީގެ އުފަލުގައި އިންޑިއާގައި ދެ ޕާޓީއެއް ބޭއްވުމަށް ހަމައްސާފައިވާ އިރު އެއް ޕާޓީ އޮންނާނީ މިއަދު އިންޑިއާގެ ވެރިރަށް ދިއްލީގައެވެ. އަނެއް ޕާޓީ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މުމްބާއީގައެވެ.

ކައިވެނީގެ އުފަލުގައި އިންޑިއާގެ ދިއްލީގައި ބާއްވާ ޕާޓީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވަނީ ދައުވަތު އަރުވާފައެވެ. ވިރާތާއި އަނުޝްކާއާ އެކު ނަގާފައިވާ ފޮޓޯއެއް ބޮޑުވަޒީރު މޯދީ ވަނީ ބުދަ ދުވަހު ޓްވީޓް ކުރައްވާފައެވެ. އަދި އެ މީހުންނަށް ކައިވެނީގެ މަރުހަބާ ވިދާޅުވެފައިވެއެވެ. ދިއްލީއަކީ ވިރާތުގެ އުފަން ސިޓީއެވެ. ދިއްލީގައި ކައިވެނީގެ ޕާޓީ ބޭއްވުމަށް ފަހު މުމްބާއީގައި ވެސް ޕާޓީ ބާއްވާނެއެވެ. މުމްބާއީގައި ޕާޓީ ބާއްވާނީ މިމަހުގެ 26 ގައެވެ.

ދިއްލީގައި ބާއްވާ ޕާޓީއަށް މޯދީ ވަޑައިގަންނަވާނެކަން އަދި ހާމަކުރައްވާފައެއް ނުވެއެވެ. ވިރާތާއި އަނުޝްކާ ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ހަތަރު އަހަރު އެކުގައި އުޅުމަށް ފަހުގައެވެ. އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވެފައި ވަނީ އެއްކޮށް ކުޅުނު އިޝްތިހާރަކުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަނުޝްކާއަށް ވިރާތު ދިން އަނގޮޓީގެ އަގު އެ ދެ މީހުންގެ ކައިވެނީގެ މުނާސަބަތުގައި ބޭއްވި ޕާޓީއަށް ވުރެ ވެސް ބޮޑެވެ. އަނގޮޓީގެ އަގު 10 މިލިއަން އިންޑިއަން ރުޕީސްއަށް އަރާ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާ މީހަކު ފަރުމާކޮށްފައިވާ މި އަނގޮޓި ފައިނަލް ކުރުމަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވި ކަމަށް ވިރާތު ވަނީ ބުނެފައެވެ.

އިޓަލީގައި އެ ދެ މީހުން ކައިވެނި ކޮށްފައިވާއިރު ކައިވެނި ހަފްލާއަށް ދައުވަތު ދީފައި ވަނީ އަނުޝްކާ އާއި ވިރާތުގެ އާއިލާގެ މީހުންނާއި އެންމެ ގާތް މީހުންނަށް އެކަންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން

ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން

15 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު