Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2018

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފި

ޖަރުމަނުން ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރީ ޔޫރަޕްގެ ގްރޫޕް ސީގެ އެއްވަނަ ހޯދައިގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 22:05
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނޮދަން އަޔަލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނޮދަން އަޔަލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާފާޅު ކުރަނީ

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް، އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުން ކަށަވަރުކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ޖާގަ ޖަރުމަނު ކަށަވަރު ކުރީ، ޔޫރަޕްގެ ކޮލިފިކޭޝަންގައި ބުރާސްފަތި ދުވަހުގެ ރޭ ނޮދަން އަޔަލެންޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ގްރޫޕް ސީގައި ބުރާސްފަތި ދުވަހުގެރޭ ނޮދަން އަޔަލެންޑާއި ބައްދަލުކުރި މެޗު ޖަރުމަނު ކާމިޔާބު ކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.

ނޮދަން އަޔަލެންޑްގައި ކުޅުނު މިމެޗުގެ ދެވަނަ މިނިޓުގައި ޖަރުމަނަށް ކުރި ހޯދައިދިނީ ބަޔާން މިއުނިކްގެ މިޑްފީލްޑަރ ސެބަސްޓިއަން ރުޑީ އެވެ. މެޗުގެ 21 ވަނަ މިނިޓުގައި ޖަރުމަނަށް ލީޑު ފުޅާ ކޮށްދިނީ ހޮފެންހެއިމްގެ ފޯވާޑް ސެންޑްރޯ ވެގްނާ އެވެ. ޖަރުމަނުގެ ފަހު ލަނޑު މެޗު ނިމެން 4 މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ބަޔާންގެ މިޑްފީލްޑަރ ޖޯޝުއާ ކިމިޗެވެ. މެޗުގެ ފަހު މިނިޓުގައި ނޮދަން އަޔަލެންޑަށް ސުން ކަނޑުވާލައިދިނީ ޗާލްޓަންގެ ފޯވާޑް ޖޯޝް މެގެއްނިސް އެވެ.

މިގްރޫޕްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރަށުން ބޭރުގައި އަޒަރުބައިޖާންގެ މައްޗަށް ޗެކް ރިޕަބްލިކް ކުރިހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މިމެޗުގައި ޗެކް ރިޕަބްލިކްގެ ލަނޑުތައް ޖަހައިދިނީ ޖަން ކޮޕިކް އާއި އެންޓޮނިން ބަރަކް އެވެ. އަޒަރުބައިޖާންގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އަފްރަން އިސްމައިލޯވް އެވެ.

މިގްރޫޕްގައި ރަށުން ބޭރުގައި ސެން މެރީނޯގެ މައްޗަށް ނޯވޭ ކުރި ހޯދީ އަށް ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ނޯވޭގެ މުޙައްމަދު އަލްޔޫނުސީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު، ޖޯޝުއާ ކިންގ ވަނީ ދެލަނޑު ޖަހާފައެވެ. ނޯވޭގެ އެހެން ލަނޑުތައް ޖަހައިދިނީ މާކަސް ހެންރިކްސަން އާއި އޮލޭ ކްރިސްޓިއަން ސެލްނައެސް އަދި މާޓިން ލިނޭސް އެވެ.

ގްރޫޕް ސްޓޭޖްގައި ބާކީ އެއް މެޗު އޮތްއިރު، މިގްރޫޕުން ފީފާ ވޯލްޑް ކަޕްގެ ޖާގަ ޖަރުމަނު ހޯދީ ކުޅުނު ނުވަ މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ކަށަވަރު ކޮށްގެންނެވެ. ޖަރުމަނަށް ނުވަ މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ދެވަނާގައިވާ ނޮދަން އަޔަލެންޑަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ތިންވަނާގައިވާ ޗެކް ރިޕަބްލިކަށް 12 ޕޮއިންޓް ލިބިފައިވާއިރު، ނޯވޭ އަދި އަޒަރުބައިޖާނަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައިވާ ސެން މަރީނޯ އަށް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

ބުރާސްފަތި ދުވަހުގެރޭގެ މެޗު ތަކާއެކު، ނޮދަން އަޔަލެންޑަށް ވަނީ މިގްރޫޕްގެ ދެވަނަ މަޤާމް ކަށަވަރުވެ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ އޯފްގެ ޖާގަ ލިބިފަ އެވެ.

މިގްރޫޕްގެ ފަހު މެޗުތައް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކް ނުކުންނާނީ ސެން މެރީނޯ އާ ދެކޮޅަށެވެ. އަދި އަމިއްލަ ދަނޑުގައި ޖަރުމަނު ނުކުންނާނީ އަޒަރުބައިޖާނާއި ދެކޮޅަށެވެ. ނޯވޭ އާއި ނޮދަން އަޔަލެންޑް ބައްދަލުކުރާ މެޗު ކުޅޭނީ ނޯވޭ ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު