Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:30

ސައުދީ އަރަބިއްޔާގެ ތެޔޮ ހޮޅިލައިނަށް ދިން ހަމަލާގެ ބަދަލު ނުހިފުމަށް އެ ގައުމުން ނިންމުމުން އިރާގު ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި. މި ހަމަލާއާ ގުޅިގެން އިރާގުގެ ބައެއް އަސްކަރީ ކޮމާންޑަރުން މަގާމުން ދުރުކޮށްފައިވާއިރު، ސައުދީގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ޖީސީސީން ވަނީ ބުނެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:30
ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ދިން ހަމަލާތަކާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ފެންނަ ސެޓެލައިޓް ފޮޓޯއެއް

ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ދިން ހަމަލާތަކާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ފެންނަ ސެޓެލައިޓް ފޮޓޯއެއް | އޭއެފްޕީ

ސައުދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް ތެޔޮ އުފުލާ މައި 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ހަމަލާދިނީ އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތަކުން ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ. އެ ހަމަލާތަކާ ގުޅިގެން ހޮޅިލައިން މިހާރު ވަނީ ބަންދުކޮށްފަ އެވެ. ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ރިޔާޟް އަދި މަދީނާ ސަރަހައްދުގައިވާ މި ހޮޅިލައިނަށް ހަމަލާދީފައި ވަނީ "އިރާގުން ފޮނުވާލި ޑްރޯންތަކެއް" ބޭނުންކޮށްގެން ކަމަށެވެ. އަދި، މި ހަމަލާތަކުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެ އެވެ.

ސައޫދީ އަރަބިއްޔާއިން ވަނީ މި ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި، އިރާގުގެ ސަރުކާރުގެ އެދުމުގެ މަތިން، ހަމަލާގައި ޒިންމާވާ ފަރާތްތަކަށް ރައްދު ހަމަލާ ނުދިނުމަށް ނިންމާފައިވާ ކަން ވެސް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި އެވެ. މީގެ އިތުރުން، އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން ސައުދީ އަރަބިއްޔާއަށާއި އަވައްޓެރި އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ޓަކައި އަޅަންޖެހޭ ފިޔަަވަޅުތައް އެޅުމުގެ ފުރުސަތު އިރާގު ސަރުކާރަށް ދިނުމަށް އެ ގައުމުގެ ބޮޑުވަޒީރު އެދިފައިވާ ކަމަށް ވެސް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

Advertisement - worldAdvertisement

މި ދަނޑިވަޅުގައި ހަމަލާއަށް ރައްދު ނުދީ، އިރާގު ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ސައުދީ އަރަބިއްޔާއިން ނިންމި ނަމަވެސް، އެ ގައުމުގެ އިސްތިގުލާލާއި، ސަލާމަތާއި، އަދި މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް ޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްގު ސައުދީ އަރަބިއްޔާއަށް ލިބިގެންވާ ކަމަށް ވެސް އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އެސްޕީއޭއަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ހަކަތައާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވަނީ 'އީސްޓް-ވެސްޓް' ހޮޅިލައިން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ހޮޅިލައިން ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި، ހަމަލާތަކުގައި ބައެއް މީހުންނަށް އަނިޔާވިކަން ވެސް އެ އޮފިޝަލު ކަށަވަރުކޮށްދެއްވި އެވެ.

ބަދަލުނުހިފަން ނިންމުމުން އިރާގުގެ މަރުހަބާ

ހަމަލާގެ ބަދަލު ނުހިފުމަށް ސައުދީ އަރަބިއްޔާއިން ނިންމި ނިންމުމަށް އިރާގު ސަރުކާރުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި، މަސްލަހަތު ހަމައަކަށް އެޅުވުމަށް އިރާގުން ކުރަމުންދާ މަސައްކަތްތަކަށް ރިޔާޟުން ދިން އިޖާބައަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ގައުމުން ބުނެފައިވެ އެވެ. އިރާގުގެ ހަތިޔާރު އެޅި ބާރުތަކުގެ ކޮމާންޑަރ-އިން-ޗީފްގެ ތަރުޖަމާނު ސަބާހް އަލް-ނޫމާން ވަނީ ސައުދީ އަރަބިއްޔާއަށް ދީފައިވާ ހަމަލާތައް ކުށްވެރި ކުރައްވާފަ އެވެ. އަދި، ސައުދީ އަރަބިއްޔާގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ، ނުވަތަ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުމަށް ބުރޫއަރާ ފަދަ އެއްވެސް އުދުވާނެއް ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިރާގުގެ ބޮޑުވަޒީރުގެ އޮފީހުން ހޮނިހިރު ދުވަހު ބުނީ، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތައް ފޮނުވާލާފައި ވަނީ އިރާގުގެ ދެކުނުގެ މައިސާން ޕްރޮވިންސްގެ ތެރެއިންކަން ތަހުގީގުތަކުން ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުގެ އަސްކަރީ އޮޕަރޭޝަންތަކާ ހަވާލުވެ ހުންނެވި ކޮމާންޑަރު މިހާރު މަގާމުން ދުރުކޮށްފައިވާ ކަން ވެސް އެ އޮފީހުން ބުންޏެވެ. މީގެ އިތުރުން، މައިސާން އޮޕަރޭޝަންސް ކޮމާންޑްގެ މައްސަލަ ބެލުމަށް ޓަކައި ހާއްސަ ތަހުގީގީ އިދާރާއެއް އެކުލަވާލުމަށް ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ އަމުރުކުރައްވާފައިވާ ކަމަށް ވެސް އެ އޮފީހުން ހާމަކުރި އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލްގެ (ޖީސީސީ) ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލްބުދަޔިވީ ވިދާޅުވީ، މިއީ ނުރައްކާތެރި ފިޔަވަޅެއް ކަމަށާއި، ސައުދީ އަރަބިއްޔާގެ ސަލާމަތާއި، އިސްތިގުލާލާއި، އަދި މުހިންމު ވަސީލަތްތަކަށް ދިން ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ސަލާމަތާއި، ހަމަޖެހުމާއި، އަދި ގައުމީ މުދަލަށް އަމާޒުކޮށް ހިންގާ އެންމެހާ އަމަލުތަކާ ޖީސީސީއިން ދެކޮޅުހަދާ ކަމަށެވެ.

އިރާގުގެ ބިން ބޭނުންކޮށްގެން މި ފަދަ ހަމަލާތައް ދިނުން ހުއްޓުވުމަށް ޓަކައި އެ ގައުމުން ކުރާ މަސައްކަތްތައް ވަރުގަދަކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ޓަކައި މި ފަދަ ކަންކަން ތަކުރާރުވިޔަނުދީ ހުއްޓުވުމަށް އަލްބުދަޔިވީ ވަނީ ބަޣުދާދަށް ގޮވާލައްވާފަ އެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި، ހަމަޖެހުމާއި، އިސްތިގުލާލާއި، ވަސީލަތްތަކާއި، އަދި އެ ގައުމުގެ ރައްޔިތުންނާއި ރެސިޑެންޓުން ރައްކާތެރިކުރުމަށް ޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ޖީސީސީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮތްކަން ވެސް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ސައުދީ އަރަބިއްޔާގެ އިސްތިރާޖީ ގޮތުން މުހިންމު ހޮޅިލައިނަކަށް ޑްރޯން ހަމަލާތަކެއް ދީފައި މި ވަނީ، ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތާއި، ޔަމަނުގެ ސަރުކާރު ފައުޖުތަކާ ދެމެދު ހަމަލާ ބަދަލުކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހޫޘީން ވަނީ ހަމަލާތައް ފުޅާކޮށް، ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް ބައެއް ރަށްތަކަށް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ސައުދީ އަރަބިއްޔާއިން 'އީސްޓް-ވެސްޓް' ހޮޅިލައިން ބޭނުންކުރަން ފަށާފައި ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުގާނޫނީ ހަނގުރާމައާ ގުޅިގެން އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދު ކުރުމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޑީގައި ހުންނަވައިގެން ފެށްޓެވި މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުންއަރައި، ތެލާއި ގޭހުގެ އަގު ދަނީ އުފުލެމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އިރާގުސައުދީ އަރަބިއްޔާއީރާންހުރްމުޒް ކަނޑުއޮޅިބާބުލް މަންދަބު

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް

12 ސެޕްޓެމްބަރު 2026
ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް
12 ސެޕްޓެމްބަރު 2026

ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި

12 ސެޕްޓެމްބަރު 2026
ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި
11 ސެޕްޓެމްބަރު 2026

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ
11 ސެޕްޓެމްބަރު 2026

ހޫޘީން ހޯދާ ކާމިޔާބީގެ ސިއްރަކީ އީރާނުން ފޯރުކޮށްދޭ ހަތިޔާރާއި އިރުޝާދު!

11 ސެޕްޓެމްބަރު 2026
ހޫޘީން ހޯދާ ކާމިޔާބީގެ ސިއްރަކީ އީރާނުން ފޯރުކޮށްދޭ ހަތިޔާރާއި އިރުޝާދު!
11 ސެޕްޓެމްބަރު 2026

މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް

11 ސެޕްޓެމްބަރު 2026
މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް
10 ސެޕްޓެމްބަރު 2026

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

10 ސެޕްޓެމްބަރު 2026
ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި
09 ސެޕްޓެމްބަރު 2026

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

09 ސެޕްޓެމްބަރު 2026
އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި
08 ސެޕްޓެމްބަރު 2026

އީރާނުގެ ބަސީޖް ފޯސްގެ ކޮމާންޑަރަކު މަރާލައިފި

08 ސެޕްޓެމްބަރު 2026
އީރާނުގެ ބަސީޖް ފޯސްގެ ކޮމާންޑަރަކު މަރާލައިފި
08 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި

08 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި
07 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ

07 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް