Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:04

ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ތެޔޮ ހޮޅިތަކަށް ދިން ހަމަލާތަކަކާ ގުޅިގެން އެ ގައުމުން ތެޔޮ ފޮނުވުން މެދުކަނޑާލާފައިވާއިރު، މި ހަމަލާއަކީ އިރާގުން ފޮނުވާލި ޑްރޯންތަކެއް ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށް ރިޕޯޓުތައް ބުނޭ. މި ހަމަލާތަކާއެކު ތެލުގެ އަގު އުފުލިފައިވާއިރު، މެދުއިރުމަތީގެ މަސްރަހު ގޯސްވެ ތެޔޮ ބޭރުކުރާ މައި މަގުތައް ބަންދުވުމުގެ ބިރު ވަނީ ބޮޑުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:04

ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ހަމަލާތައް އެރި ވަގުތު، އެ ތަނުން ދުން އަރަން ފެށި މަންޒަރު ފެންނަ ސެޓެލައިޓް ވީޑިއޯއެއް | އެކްސް

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ތެރޭގައި، ތެލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މެދުއިރުމަތީގެ ތެޔޮ ބޭރުކުރާ މައިގަނޑު އެއް މަގު ކަމަށްވާ ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ތެޔޮ ހޮޅިތަކަށް ބުރާސްފަތި ދުވަހު ދިން ހަމަލާތަކަކާ ގުޅިގެން، އެ ގައުމުން އެ ހޮޅިތައް ބަންދުކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، އެ ގައުމުގެ ހަކަތައާ ބެހޭ ވުޒާރާގެ ރަސްމީ މަސްދަރަކާ ހަވާލާދީ ބުނީ، ރިޔާޟް އަދި މަދީނާ ސަރަހައްދުގައި އޮންނަ އީސްޓް-ވެސްޓް ޕައިޕްލައިންއަށް ސެޕްޓެމްބަރު 10 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެކި ފަހަރުމަތިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިތައް މިހާރު ބަންދުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، ހޮޅިތައް ހުޅުވައިލާ، ތެޔޮ ފޮނުވުމުގެ މަސައްކަތް އަލުން ފަށާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ. ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކާއި ފޮޓޯތަކުން އެ ހޮޅިތަކުގެ އެކި ސަރަހައްދުތަކުން ކަޅު ދުން އަރަމުންދާ މަންޒަރު ފެންނަން ހުރިއިރު، އެކި ތަންތަނަށް ހަމަލާ އަމާޒުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

Advertisement - worldAdvertisement

މި ހަމަލާ ދީފައިވަނީ ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ރަތް ކަނޑުގެ އައްސޭރިފަށުގައި ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ހިންގައި، ބާބުލް މަންދަބާ ހަމައަށް އެ މީހުންގެ ބާރު ފަތުރާފައިވާ ދަނޑިވަޅެއްގަ އެވެ. ހޫޘީން ހޯދި މި ކުރިއެރުންތަކާއެކު، އެ ސަރަހައްދުގެ ކަނޑު ދަތުރުފަތުރު ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެ ޖަމާއަތަށް މިހާރު ވަނީ ލިބިފަ އެވެ. އަދި، މީގެ ކުރިން އުޅަނދުފަހަރަށް ހަމަލާދިނުމަށް ހޫޘީން ބޭނުންކުރީ ޑްރޯންއާއި މިސައިލް ކަމަށްވީ ނަމަވެސް، މިހާރު އެ މީހުންނަށް އާޓިލަރީ ބަޑި ބޭނުންކޮށްގެން ވެސް ހަމަލާދިނުމުގެ ގާބިލުކަން ވަނީ ލިބިފަ އެވެ.

ސައުދީ އަރަބިއްޔާގެ 'ސައުދީ އަރަމްކޯ' ތެޔޮ ކުންފުނީގެ އިންޖިނޭރަކު، ހޮޅިތަކެއް ކައިރީގައި އިންސްޕެކްޝަނެއް ހަދަނީ

ސައުދީ އަރަބިއްޔާގެ 'ސައުދީ އަރަމްކޯ' ތެޔޮ ކުންފުނީގެ އިންޖިނޭރަކު، ހޮޅިތަކެއް ކައިރީގައި އިންސްޕެކްޝަނެއް ހަދަނީ | އޭއެފްޕީ

އީސްޓް-ވެސްޓް ހޮޅިލައިނަށް ދިން ހަމަލާގެ ޒިންމާ ނަގަނީ ކޮން ބައެއްކަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެ ހޮޅިލައިނަށް ހަމަލާދީފައި ވަނީ އިރާގުން ފޮނުވާލި ޑްރޯންތަކަކުން ކަމަށް ސީއެންއެން އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވެ އެވެ. އިރާގުގެ ޝިއައީ ހަނގުރާމަވެރި ގުރޫޕްތަކާއި ޔަމަނުގެ ހޫޘީންނަކީ އީރާނާ ގާތް ގުޅުމެއް ބާއްވާ ބައެއް ކަމަށް އެމެރިކާއާާއި ހުޅަނގުގެ ބާރުތަކުން ތުހުމަތުކުރެ އެވެ. މީގެ ކުރިން ވެސް މި ދެ ފަރާތުން ގުޅިގެން މަސައްކަތް ކޮށްފައިވާއިރު، ހޫޘީން އިރާގަށް މުޝީރުން ފޮނުވާ ކަމަށާއި، އިރާގުގެ ހަނގުރާމަވެރިން ހޫޘީންގެ ގާތަށް ޓެކްނީޝަނުން ފޮނުވާ ކަމަށް ވެސް ތުހުމަތު ކުރެވިފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލުމުގެ ފުރުސަތު ބޮޑު

އީސްޓް-ވެސްޓް ހޮޅިލައިނަކީ 1980 ގެ އަހަރުތަކުގައި ހިނގި އީރާން-އިރާގު ހަނގުރާމައިގެ ދުވަސްވަރު، ހުރްމުޒް ކަނޑުއޮޅި ނޫން އެހެން މަގަކުން ތެޔޮ ބޭރުކުރުމަށް ޓަކައި ސައުދީ އަރަބިއްޔާއިން ބިނާކުރި ހޮޅިލައިނެކެވެ. މި ހޮޅިތައް ވަނީ ސައުދީ އަރަބިއްޔާގެ އިރުމަތީ އައްސޭރީގައި ހުރި ތެޔޮ ވަޅުތަކުން ފެށިގެން ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރާ ހަމައަށް ގުޅާލާފަ އެވެ.

ގަތަރާއި ކުވެއިތު އަދި ބަހްރެއިން ފަދަ ގަލްފުގެ އެހެން ގައުމުތަކަށް ސާފުނުކުރާ ތެޔޮ ބޭރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، މި ހޮޅިލައިންގެ ސަބަބުން ހަނގުރާމައިގެ ކުރިން ސައުދީ އަރަބިއްޔާއިން ބޭރުކުރި ތެލުގެ ތިންބައިކުޅަ އެއްބައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު އެ ގައުމަށް ލިބިގެންދިޔަ އެވެ. އަދި، ޔޫއޭއީން އަދިވެސް އުޅަނދުފަހަރުގެ ޓްރެކަރުތައް ނިއްވާލައިގެން ސިއްރިއްޔާތުގައާއި، އަދި ކުޑަ ހޮޅިލައިނެއް ބޭނުންކޮށްގެން ތެޔޮ ބޭރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެފައިވާ މި ދަނޑިވަޅުގައި، އީސްޓް-ވެސްޓް ހޮޅިލައިން ބަންދުކުރަން ޖެހުމުން، ހުރްމުޒް ކަނޑުއޮޅި ނޫން އެހެން ހުރިހާ މަގުތަކެއް ވެސް މިހާރު މި ވަނީ ބަންދުވެފަ އެވެ. އަދި، އޮމާން މެދުވެރިވެގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު އަލުން ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ގަލްފުގެ ގައުމުތަކުން ކުރިއަށް އޮތް ހަފުތާގައި އީރާނާ ބައްދަލުކުރާނެ ކަމަށް ބެލެވޭ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން، ބާބުލް މަންދަބް ކަނޑުއޮޅި ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް ދިއުމާ ގުޅިގެން، މި ހަފުތާގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފަ އެވެ. ސައުދީ އަރަބިއްޔާގެ ތެޔޮ ޓޭންކަރުތައް އެ ސަރަހައްދުން ދަތުރުނުކުރެވޭ ގޮތަށް ހުރަސްއަޅާނެ ކަމަށް ހޫޘީން ބުނަމުންދާއިރު، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން އަމަލުކުރަން އުޅުނު އުސޫލުން، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަތުން ފީއެއް ނެގުމަށް ހޫޘީން ރާވަމުންދާ ކަމަށް ވެސް ޚާރިޖީ ދާއިރާގެ ބައެއް މާހިރުން ބުނެ އެވެ.

މަސްދަރު: މިޑްލްއީސްޓް އައި

ސައުދީ އަރަބިއްޔާހޫޘީންބާބުލް މަންދަބުހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ހޫޘީން ހޯދާ ކާމިޔާބީގެ ސިއްރަކީ އީރާނުން ފޯރުކޮށްދޭ ހަތިޔާރާއި އިރުޝާދު!

11 ސެޕްޓެމްބަރު 2026
ހޫޘީން ހޯދާ ކާމިޔާބީގެ ސިއްރަކީ އީރާނުން ފޯރުކޮށްދޭ ހަތިޔާރާއި އިރުޝާދު!
11 ސެޕްޓެމްބަރު 2026

މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް

11 ސެޕްޓެމްބަރު 2026
މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް
10 ސެޕްޓެމްބަރު 2026

އީރާނުން އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދެނީ ކީއްވެ؟

10 ސެޕްޓެމްބަރު 2026
އީރާނުން އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދެނީ ކީއްވެ؟
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ
09 ސެޕްޓެމްބަރު 2026

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

09 ސެޕްޓެމްބަރު 2026
އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި
09 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމަ ހޫނުވެ ތެލުގެ އަގު 100 ޑޮލަރަށް އަރައި ބާޒާރުތަކަށް ބޮޑު ލޮޅުމެއް!

09 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމަ ހޫނުވެ ތެލުގެ އަގު 100 ޑޮލަރަށް އަރައި ބާޒާރުތަކަށް ބޮޑު ލޮޅުމެއް!
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި
09 ސެޕްޓެމްބަރު 2026

އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް