Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް

11 ސެޕްޓެމްބަރު 2026 | ހުކުރު 04:46

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ދަށްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ މުދާ އުފުލާ ބޮޑެތި ބޯޓުފަހަރު. އީރާނާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކާ ގުޅިގެން ތެލުގެ ވިޔަފާރިއަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި، ހޫޘީ ހަނގުރާމަވެރިން ވަނީ ރަތް ކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކެއްގެ ކޮންޓްރޯލް ނަގާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 ސެޕްޓެމްބަރު 2026 | ހުކުރު 04:46
އޮމާންގެ އައްސޭރިފަށުގައި ހުރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ އުޅަނދުތަކެއް

އޮމާންގެ އައްސޭރިފަށުގައި ހުރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ އުޅަނދުތަކެއް | ރޮއިޓާސް

ކުރިއާ އަޅާބަލާއިރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރުގެ އަދަދު ބުރާސްފަތި ދުވަހު  ހަތަކަށް ދަށްވެފައިވާ ކަން، ކަނޑު ދަތުރުފަތުރުގެ ތަފާސްހިސާބުތައް ބަލަހައްޓާ ކުންފުނި، ކެޕްލާއިން ހާމަކޮށްފި އެވެ. އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހު 11 އުޅަނދެއް އެ ސަރަހައްދުން ދަތުރުކޮށްފައިވާއިރު، މިއީ ފާއިތުވި 10 ދުވަހުގެ އެވްރެޖް އަދަދު ކަމަށްވާ 15 އަށްވުރެ ދަށް އަދަދެކެވެ.

ޖީއެމްޓީ ގަޑިން ފަތިހު 03:06 އާ ހަމައަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ބުރާސްފަތި ދުވަހު އެ ކަނޑުއޮޅިން ބޭރަށް ދަތުރުކޮށްފައިވާ ހަތް އުޅަނދުގެ ތެރޭގައި ހިމެނެނީ 'ޕެނަމެކްސް' ސައިޒުގެ ދެ އުޅަނދެވެ. މީގެ ތެރޭގައި އެއް އުޅަނދަކީ ގަސްކާނާ އުފުލާ އުޅަނދެއް ކަމަށާއި، އަނެއް އުޅަނދަކީ އެއްވެސް މުދަލެއް ނެތި ދަތުރުކުރި އުޅަނދެއް ކަމަށް ކެޕްލާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ބުރާސްފަތި ދުވަހު އެ ކަނޑުއޮޅިއަށް ވަތް ފަސް އުޅަނދުގެ ތެރޭގައި ހިމެނެނީ "ޑްރައި ބަލްކް" އުފުލާ ޕެނަމެކްސް ސައިޒުގެ އުޅަނދަކާއި، ދަގަނޑު ބަރުކޮށްފައިވާ "ހޭންޑީސައިޒް" އުޅަނދަކާއި، ގޮދަން ފަދަ ގޮވާން އުފުލާ ހޭންޑީސައިޒް އުޅަނދެއްގެ އިތުރުން، ސާފުނުކުރާ ތެޔޮ އުފުލާ މީޑިއަމް ރޭންޖްގެ ޓޭންކަރަކާއި ޑްރައި ގުޑްސް އުފުލާ "ސުޕްރަމެކްސް" ސައިޒުގެ އުޅަނދެކެވެ. މި ތަފާސްހިސާބުތަކުގައި، ދަތުރުކުރާ މަގު އޮޅުވާލުމަށް ޓަކައި 'އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް' (އޭއައިއެސް) ނިއްވާލައިގެން އެ ކަނޑުއޮޅި ހުރަސްކޮށްފައިވާ އުޅަނދުފަހަރުގެ މައުލޫމާތެއް ނުހިމެނޭ ކަމަށް ކެޕްލާއިން ބުންޏެވެ.

ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާން ހަނގުރާމަ ފެށުމުގެ ކުރިން، ހުރްމުޒް ކަނޑުއޮޅިން ދުވާލަކު އެވްރެޖްކޮށް ވިޔަފާރިކުރާ 125 ބޮޑެތި އުޅަނދު ދަތުރުކުރެ އެވެ. މީގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި، ގޭސް އުފުލާ އުޅަނދުތަކާއި، މުދާ އުފުލާ ބޯޓުފަހަރުގެ އިތުރުން ކޮންޓޭނަރު އުފުލާ އުޅަނދުތައް ހިމެނޭއިރު، މިއީ ދުނިޔޭގައި ދުވާލަކު ބޭނުންކުރާ ސާފުނުކުރާ ތެލާއި އެލްއެންޖީގެ ގާތްގަނޑަކަށް 20 އިންސައްތަ އެވެ. ޖުލައި މަހުގެ މެދުތެރޭގައި އެމެރިކާއިން އީރާނާ ގުޅުންހުރި އުޅަނދުފަހަރަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކުރުމާ ގުޅިގެން، އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ވިޔަފާރި ވަނީ މެދުކެނޑިފައި އެވެ.

ރަތް ކަނޑުގެ ސަރަހައްދުގައި، އީރާނަށް ތާއީދުކުރާ ހޫޘީ ހަނގުރާމަވެރިން ބުރާސްފަތި ދުވަހު ޔަމަނުގެ ބަނދަރު ރަށެއް ކަމަށްވާ މައްޚާގެ ކޮންޓްރޯލް ނަގާފައިވާ ކަމަށާއި، ރަތް ކަނޑުގެ އައްސޭރިފަށުން ކުރިއަށް ގޮސް އިސްތިރާތީޖީ ގޮތުން މުހިންމު ރަށްތަކަކަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން އަރާފައިވާ ކަމަށް އަސްކަރީ މަސްދަރުތަކުން ބުނެ އެވެ. ކަނޑު ދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބުރާސްފަތި ދުވަހު ބާބުލް މަންދަބު ކަނޑުއޮޅިން މުދާ އުފުލާ 26 އުޅަނދެއް ދަތުރުކޮށްފައިވެ އެވެ. މީގެ ތެރޭގައި 10 އުޅަނދެއް އެ ސަރަހައްދަށް ވަދެފައިވާއިރު، 16 އުޅަނދެއް ވަނީ އެ ސަރަހައްދުން ބޭރުވެފަ އެވެ.

މަސްދަރު: ރޮއިޓަރސް

ރަތް ކަނޑުހޫޘީންހުރްމުޒް ކަނޑުއޮޅިއީރާންބާބުލް މަންދަބް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

10 ސެޕްޓެމްބަރު 2026
ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި
10 ސެޕްޓެމްބަރު 2026

އީރާނުން އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދެނީ ކީއްވެ؟

10 ސެޕްޓެމްބަރު 2026
އީރާނުން އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދެނީ ކީއްވެ؟
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ
09 ސެޕްޓެމްބަރު 2026

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

09 ސެޕްޓެމްބަރު 2026
އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި
09 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމަ ހޫނުވެ ތެލުގެ އަގު 100 ޑޮލަރަށް އަރައި ބާޒާރުތަކަށް ބޮޑު ލޮޅުމެއް!

09 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމަ ހޫނުވެ ތެލުގެ އަގު 100 ޑޮލަރަށް އަރައި ބާޒާރުތަކަށް ބޮޑު ލޮޅުމެއް!
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި
09 ސެޕްޓެމްބަރު 2026

އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި
08 ސެޕްޓެމްބަރު 2026

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

08 ސެޕްޓެމްބަރު 2026
އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް