ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:29ސެޕްޓެންބަރު 9 ވަނަ ދުވަހުގެރޭ ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި، ދިޔަދޮވި ފުރި ސީލިންގުން ފެންފައިބައިގެން އެ ރަށު ޖެންޑަރ އިމާރާތުގައި ފެންބޮޑުވި ހާދިސާގައި، އެމްއެންޑީއެފް ނިލަންދޫ ފަޔަރ ސްޓޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އެގޮތުން ސިފައިން ވަނީ ދިޔަދޮވި ސާފުކޮށް، ކޮޓަރިތަކުގައި ހެދިފައިވާ ފެންގަނޑު އެރޭ ދަންވަރު 23:47 ހާއިރު އެއްކޮށް ހިންދާ ނިންމާލާފައި


ފ. ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވެފައި | ރާއްޖެ އެމްވީ
ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި އެ ރަށު ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ސެޕްޓެންބަރު 9 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް މިކަމުގެ މައުލޫމާތު ލިބުނީ އެ ރޭގެ 22:23 ހާއިރު އެވެ. އަދި އެ ރިޕޯޓު ލިބުމާއެކު ފަޔަރމަނުން ވަނީ ވަގުތުން އެ އިމާރާތަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މީގެއިތުރުން އިމާރާތުގެ ތެރޭގައި ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބަކީ ބޯކޮށް ވާރޭވެހި ދިޔަދޮވި ފުރުމުގެ ސަބަބުން، ސީލިންގު ފޫއަޅުވާލާފައި އެތެރެއަށް ފެން ފޭބުން ކަމަށާއި، މިކަމުގެ ސަބަބުން އެ އިމާރާތުގެ ކޮޓަރިތަކަށް ފެން ވަދެ ބައެއް ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފް އިން ބުނީ ކޮޓަރިތަކުގައި ހެދިފައިވާ ފެންގަނޑު ހިންދައި، ފެން ބޭރުވުމަށް ހުރަސްއެޅޭ ގޮތަށް ދިޔަދޮވީގައި ތާށިވެފައި ހުރި ކުނިތައް ނަގައި ސާފުކޮށްދީފައިވާ ކަމަށާއި އެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ އެ ރޭ 23:47 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ހާމަކުރެ އެވެ.










