Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު ކޯޕަރޭޝަން

ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއުކުރައްވާ ސައީދު ވާހަކަދައްކަވައިފި

ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަލާލް ޓޫރިޒަމް ފެށުމުގެ މަސައްކަތް ކުރަމުންދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 އޮކްޓޯބަރު 2025 | އަންގާރަ 08:20
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ

ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއު ކުރައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރީގެ މުއާމަލާތުތައް ކުރުމުގެ ފުރުސަތު އެ ކޯޕަރޭޝަނަށް އޮންނާނެ ކަމަށެވެ. ސައީދު އެފަދައިން ވިދާޅުވެފައި ވަނީ ގެސްޓްހައުސްގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ހައްޖު ކޯޕަރޭޝަނުން ކުރާ މަސައްކަތް ހުއްޓުވަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅިތޯ ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

ސައީދު ވިދާޅުވީ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ސަރުކާރުން މަރުޚަބާ ކިޔާނެ ކަމެއް ކަަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތުތައް ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. ގެސްޓް ހައުސް ވިޔަފާރިއަށް އެ ކޯޕަރޭޝަނުން ވަނުމުން ކުރާނެ އަސަރާއި މެދު އެއްޗެއް ބުނަން ވާނީ އެކަމާއި މެދު ދިރާސާ އެއް ކުރުމަށް ފަހުގައި ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު މިފަދައިން ވިދާޅުވި ނަމަވެސް ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ވަނުމާއި މެދު ސީދާ ޖަވާބެއް ނުދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ދަނީ ކ. މާފުށީގައި ހަލާލް ޓޫރިޒަމް ފެށުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމާއި މެދު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ވެސް މަޖިލީހުގައި ދާދި ފަހުން ސުވާލުކޮށްފައިވެ އެވެ. އެހެންނަމަވެސް ޝަހީމު ވެސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ޝަހީމް ވިދާޅުވީ ކޯޕަރޭޝަނުން އިންވެސްޓްކުރުން މުހިންމު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ އެ ކުންފުނިން ހަލާލް ޓޫރިޒަމް ފަށާނެ ކަމަށް 6 ނޮވެންބަރު 2024 ގައި ހާމަކޮށްފަ އެވެ. އެކަމަކު، އެ ކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އެ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. އެ ކަމާ ގުޅޭ ގޮތުން ޝަހީމް މީގެ ކުރިން ނުރުހުން ފާޅުކުރެއްވި އެވެ. ނަމަވެސް ފަހުން މި މައްސަލައިގައި ޝަހީމްގެ ރާގު ވަނީ ބަދަލުވެފަ އެވެ.

ހައްޖު ކޯޕަރޭޝަންމުހައްމަދު ސައީދު ގެސްޓްހައުސް ވިޔަފާރި

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި

09 ނޮވެމްބަރު 2025
ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި
18 އޮކްޓޯބަރު 2025

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ނުދޭން ނިންމައިފި

18 އޮކްޓޯބަރު 2025
 ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ނުދޭން ނިންމައިފި
16 އޮކްޓޯބަރު 2025

އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

16 އޮކްޓޯބަރު 2025
އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ
15 އޮކްޓޯބަރު 2025

ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

15 އޮކްޓޯބަރު 2025
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.
14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު