Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

11 ސެޕްޓެމްބަރު 2026 | ހުކުރު 03:05

އެ ފޯނު ކޯލުގަައި ލިބުނީ ނުރައްކާތެރި އިންޒާރެއް. އެއީ "ދެން ހަމަލާ ދޭނީ އޭންޖަލް އަށް" މިހެން. އޭންޖަލް އަކީ އެއަރފޯސް ވަންގެ ސިއްރު ކޯޑް ނަން. މި ސިއްރު ކޯޑު ނަން އެނގިފައިވުމުން ބިރުވެރިކަން އިތުރުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2026 | ހުކުރު 03:05
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް އަމާޒުވި ހަމަލާތަކުގެ ފަހުން، އެއަރފޯސް ވަންގައި އިންނަވާ ބުޝް ފޯނެއް ކުރައްވަނީ

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް އަމާޒުވި ހަމަލާތަކުގެ ފަހުން، އެއަރފޯސް ވަންގައި އިންނަވާ ބުޝް ފޯނެއް ކުރައްވަނީ | ރޮއިޓާސް

މީގެ 25 އަހަރު ކުރިން، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަކީ އެމެރިކާ އަށް ބިރުވެރި، އަދި ނާމާން ދުވަހެކެވެ. އެމެރިކާގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް މަތިންދާ ބޯޓުތަކެއް އަަރައި، ޓެރަރިސްޓު ހަމަލާތަކެއް ދިނީ އެއްވެސް ބަޔަކު ހީނުކުރާ ގޮތަަކަށެވެ. 

މި ހާދިސާއާ ގުޅިގެން ޖެފްރީ ރޮބިންސަންގެ "އޭޝް އެންޑް އޮނަރ" ނަމަކަށް ކިޔާ ފޮތުގައި އެ ދުވަހުގެ 368 މިނެޓުގެ ތެރޭގައި ހިނގި ހާދިސާތަކުގެ ތަފްސީލު ލިޔެފައިވެއެވެ.

މި ފޮތުގައި ހާމަކުރާ އެންމެ ސިއްރު ވާހަކަ އަކީ އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ދަތުރު ކުރައްވަމުން ގެންދެވި އެއަރފޯސް ވަން އަށް ވެސް ހަމަލާ ދޭން ނިންމާފައިވާކަމުގެ އިންޒާރު ލިބުނު ވާހަކަ އެވެ. ހަމަލާތައް ހިނގި ދުވަހު ހެނދުނު 10:22 ގައި ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ފަސް ފަންގިފިލާގެ ދަށުގައި ހުންނަ ކޮންކްރީޓް ބަންކަރަށް ފޯނު ކޯލެއް ލިބުނެވެ. ސިކިއުރިޓީ އެޖެންޓަކު ބުނީ އިތުބާރު ހުރި މަސްދަރަކުން އިންޒާރެއް ލިބިފައިވާ ކަމަށެވެ.

9/11 ގެ ހަމަލާތަކާ ގުޅިގެން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ބަންކަރގައި ތިއްބެވި ސީނިއާ އޮފިޝަލުން

9/11 ގެ ހަމަލާތަކާ ގުޅިގެން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ބަންކަރގައި ތިއްބެވި ސީނިއާ އޮފިޝަލުން | ރޮއިޓާސް

އެ ފޯނު ކޯލުގަައި ލިބުނީ ނުރައްކާތެރި އިންޒާރެކެވެ. އެއީ "ދެން ހަމަލާ ދޭނީ އޭންޖަލް އަށް" މިހެންނެވެ. އޭންޖަލް އަކީ އެއަރފޯސް ވަންގެ ސިއްރު ކޯޑް ނަމެވެ. މި ސިއްރު ކޯޑު ނަން އެނގިފައިވުމުން ބިރުވެރިކަން އިތުރުވި އެވެ. މި މައުލޫމާތު އެނގިފައިވަނީ ރައީސްގެ ސަލާމަތީ ޓީމުގެ ތެރޭގައި ހުރި ބޭފުޅަކަށް، ނުވަތަ އެ ޓީމާ ގާތުގައި ހުންނަ ބޭފުޅަކަށް ކަމަށް ބެލެވުނެވެ. އެކަމުގެ ސަބަބުން ނުރައްކާތެރިކަމާއި ހާސްކަން އިތުރުވެގެން ދިޔަ އެވެ.  

ސަލާމަތީ އޮފިޝަލުން އަންދާޒާކުރީ އެ ހަމަލާ ދޭ ނަމަ، އެކަން ކުރާނީ އެއަރފޯސް ވަންގައި ތިބި މީހުންގެ ތެރެއިން މީހަކު ކަމަށެވެ. އެއްވެސް މީހަކަށް އިތުބާރު ކުރަން އުނދަގޫ އެ ވަގުތުގައި، ސަލާމަތީ އޮފިޝަލުން ނިންމީ އެއަރފޯސް ވަންގައި ތިބި އެންމެން އެއް ތަނެއްގައި ބަންދު ކުރުމަށެވެ. އެއަށްފަހު އެ މީހުންގެ ފޯނުތައް އަތުލައި ނުރައްކާތެރި އެއްވެސް އެއްޗެއް އޮތްތޯ ބަލައި ފާސްކުރި އެވެ. 

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް އަމާޒުވި ހަމަލާތަކާ ގުޅިގެން، އެއަރފޯސް ވަންގައި އިންނަވައި އޭރުގެ ރައީސް ބުޝް މުހިންމު ފޯނެއް ކުރައްވަނީ

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް އަމާޒުވި ހަމަލާތަކާ ގުޅިގެން، އެއަރފޯސް ވަންގައި އިންނަވައި އޭރުގެ ރައީސް ބުޝް މުހިންމު ފޯނެއް ކުރައްވަނީ | ރޮއިޓާސް

އެމެރިކާގެ ރައީސް ބުޝް އިންނެވި އެއަރފޯސް ވަން ދަތުރު ކުރަމުން ދިޔައީ ފްލައިޓް އެސްކޯޓެއް ނެތި އެވެ. އެއަރފޯސް ވަންގެ ޕައިލެޓް ނިންމީ، ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެއަރފޯސް ވަން ނުފެންނަ ގޮތަށް ދުއްވުމަށެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ވައިގެ ހަނގުރާމައިގެ ބޭސްއެއްގައި ހުރި ލެފްޓިނެންޓް ކާނަލް ސްޓީވް އުޝަރު އަށް ފެނުނީ، ބުޝް އިންނެވި އެއަރފޯސް ވަން އެއްވެސް ރައްކާތެރިކަމެއް ނެތި، އެކަނި އޮވެ ދަތުރު ކުރަމުން ދިޔަ މަންޒަރެވެ. އެއާ އެކު އޭނާ ވަނީ، އެފް-16 ގެ އުޅަނދެއް އެއަރފޯސް ވަން އެސްކޯޓު ކުރުމަށް ފޮނުވައިފަ އެވެ. 

ބުޝް ބޭނުންފުޅުވީ ވެރި ރަށް ވޮޝިންޓަނަށް އަށް އެނބުރި ވަޑައިގަތުމަށެވެ. ނަމަވެސް ސަލާމަތީ ނުވަތަ ބުޝްގެ ސެކިއުރިޓީ ބޭފުޅުން ނިންމީ، ބުޝް ވޮޝިންޓަން އަށް ނުގެންދިޔުމަށެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ބުޝް ގެންދެވީ ލުއިޒިއާނާގެ ބާކްސްޑޭލް ވައިގެ ހަނގުރާމަ ބޭސް އަށެވެ. އެއީ ނިއުކްލިއަރ ކޮމާންޑް ސެންޓަރެކެވެ. އެކަމުގެ ސަބަބުން ބުޝް ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެންނެވި އެވެ. އެއީ ދުޝްމަނުންނާއި ޓެރަރިސްޓުންގެ ކުރިމަތިން ފިލައިގެން ދާން، ނުވަތަ ބިރުން ހުރިކަން ދައްކަން އޭނާ ބޭނުންފުޅު ނުވާތީ އެވެ. 

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް އަމާޒުވި ހަމަލާތަކާ ގުޅިގެން، އެއަރފޯސް ވަންގައި އިންނަވައި އޭރުގެ ރައީސް ބުޝް މުހިންމު ފޯނެއް ކުރައްވަނީ

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް އަމާޒުވި ހަމަލާތަކާ ގުޅިގެން، އެއަރފޯސް ވަންގައި އިންނަވައި އޭރުގެ ރައީސް ބުޝް މުހިންމު ފޯނެއް ކުރައްވަނީ | ރޮއިޓާސް

ފޮތުގައި ބުނާ ގޮތުގައި އެ ދުވަހު 65 އަށް ވުރެ ގިނަ މީހުންނާ އިންޓަވިއު ކޮށްފައިވެ އެވެ. ޕައިލެޓުންނާއި ސިފައިންނާއި އާންމު ރައްޔިތުން އަދި ޖާސޫސުންގެ ވާހަކަތައް މި ފޮތުގައި ހިމެނެ އެވެ. އެ ދުވަހުގެ އޮޅުންބޮޅުންގަނޑާއި ހިތްވަރުގެ ވާހަކަތައް މި ފޮތުގައި ހާމަކޮށްފައިވެ އެވެ.

ހަމަލާތައް ހިނގުމުގެ ކުރިން ރިޗަޑް ކްލާކް ވަނީ ސެކިއުރިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އިންޒާރުތައް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އުސާމާ ބިން ލާދިން އެމެރިކާ އަށް ހަމަލާދޭނެ ކަމަށެވެ. ނަމަވެސް ސްޓޭޓް ސެކްރެޓަރީ ކޮންޑޮލީޒާ ރައިސް އެ އިންޒާރުތައް ސީރިއަސްކޮށް ނަންގަވާފައި ނުވެ އެވެ.

ސެޕްޓެމްބަރު އެގާރައިގެ ހަމަލާއެއަރ ފޯސް ވަންޖޯޖް ޑަބްލިއު ބުޝް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ބުޝްގެ ކަންފަތް ދޮށުގައި ބުނެލި ބިރުވެރި ޖުމުލަ: "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރަައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި!"

11 ސެޕްޓެމްބަރު 2026
ބުޝްގެ ކަންފަތް ދޮށުގައި ބުނެލި ބިރުވެރި ޖުމުލަ: "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރަައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި!"
10 ސެޕްޓެމްބަރު 2026

ސެޕްޓެމްބަރު 11 އަށް 25 އަހަރު: އެމެރިކާއަށް އޮތް ބައިނަލްއަޤުވާމީ އިތުބާރު ގެއްލެނީ

10 ސެޕްޓެމްބަރު 2026
ސެޕްޓެމްބަރު 11 އަށް 25 އަހަރު: އެމެރިކާއަށް އޮތް ބައިނަލްއަޤުވާމީ އިތުބާރު ގެއްލެނީ
12 އޯގަސްޓު 2026

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

12 އޯގަސްޓު 2026
ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް
11 އޯގަސްޓު 2026

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި

11 އޯގަސްޓު 2026
އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި
08 އޯގަސްޓު 2026

ސިއްރުތައް ލީކުކުރަނީ ޕެންޓަގަންގެ ކުރީގެ އެއާފޯސް ޗީފް ކަމަށް ތުހުމަތުކޮށްފި

08 އޯގަސްޓު 2026
ސިއްރުތައް ލީކުކުރަނީ ޕެންޓަގަންގެ ކުރީގެ އެއާފޯސް ޗީފް ކަމަށް ތުހުމަތުކޮށްފި
01 ޖުލައި 2026

ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި

01 ޖުލައި 2026
ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި
20 ޖޫން 2026

ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި

20 ޖޫން 2026
ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި
20 ޖޫން 2026

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026
ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް
21 ޖެނުއަރީ 2026

ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

21 ޖެނުއަރީ 2026
ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ
04 ނޮވެމްބަރު 2025

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޗެނީ އަވަހާރަ ވެއްޖެ

04 ނޮވެމްބަރު 2025
އެމެރިކާގެ ކުރީގެ ނައިބު ރައީސް ޗެނީ އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް