Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންފޮމޭޝަން ކޮމިޝަނަރ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާ އެ މަގާމަށް އައްޔަނު ކުރައްވައިފި

6 ސެޕްޓެމްބަރު 2026 | އާދީއްތަ 13:59

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރެއްވީ، އޭނާގެ ގާބިލުކަމާ މެދު ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް. މައުލޫމާތު ހޯދުމުގެ ހައްގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އޭނާގެ ނަން އަނބުރާ ގެންދިއުމަށް ގޮވާލި ނަމަވެސް، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އޭނާއަށް ރުހުން ދީފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 13:59
އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަނުކުރައްވާފައިވާ އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަނުކުރައްވާފައިވާ އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރައްވައިފި އެވެ. 

ރައީސް އޮފީހުން ބުނީ އާދިއްތަ ރައީސް އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އަޒީޒް އެ މަގާމަށް އައްޔަނު ކުރައްވާފައިވާއިރު އޭނާ އެ މަގާމަށް އައްޔަނު ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެތައް ބަޔަކު ގޮވާލައި، އެ ނަން އަނބުރާ ގެންދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް ހުށަހަޅުއްވާފައި ވަނިކޮށް، އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި، ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން އޭނާ އަށް ވަނީ ރުހުން ދީފަ އެވެ. 

2026 އޮގަސްޓް 23 ގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ އާދަމް އަށް އެޑްރެސްކޮށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ކޮމިޝަނަރެއްގެ މަގާމުގައި އަބްދުލްއަޒީޒް ކުރިން ހުންނެވި އިރު އޭނާ އަށް ގާނޫނު ފުރިހަމަ އަށް ތަންފީޒު ނުކުރެއްވޭ ކަމަށް ބުނެފަ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ އަބްދުލްއަޒީޒްގެ ދައުރުގައި ފަރުމާކުރެވުނު މައުލޫމާތު ހޯދުމުގެ ފޯމު އެ ހައްގަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ކުރި މަސައްކަތްތަކަށް ބެލުމެއް ނެތި އެ މައްސަލަތައް ދޫކޮށްލާފައިވާ ކަމަށެވެ. ޤާނޫނުގައި ލާޒިމު ކޮށްފައިވާ އާންމު އަޑުއެހުން އިންފޮމޭޝަން ކޮމިޝަނުން ފުރަތަމަ ފަހަރު ބޭއްވީ އެ މަގާމުން އަބްދުލްއަޒީޒް ވަކިވެވަޑައިގެން، ދެވަނަ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނު ކުރުމަށް ފަހު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

މިހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އަކީ އެންމެ ގާބިލް ފަރާތެއް ނޫން ކަމަށާއި، މި މިގާމަށް އަލުން ނަން ހުށަހަޅަން މަޖިލީހުން ހުޅުވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެދިފައިވެ އެވެ.

މީގެއިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ދައުލަތުގެ މާލިއްޔާތު ހަރަދު ކުރާ ގޮތާއި މުހިއްމު ނިންމުންތައް ނިންމާ ގޮތް ބަލައި، ވެރިކަން ހިންގުމުގެ ނިޒާމު ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ އެންމެ އަސާސީ ބާރު ކަމަށާއި މި ހައްގު ފުރިހަމައަށް ނުލިބޭނަމަ ކޮރަޕްޝަން އިތުރުވެ، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ.

އެހެންކަމުން އަލުން ކުރިން އޮތް ސިއްރުވެރި އުސޫލުތައް ގެންނާނެ ކަމަށް ވިދާޅުވާ ބޭފުޅަކު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނުކުރުމަކީ މުޅި ނިޒާމު ފަހަތައް ސޮއްސާލައި، މައުލޫމާތު ހޯދުމުގެ ހައްގު ހަނިވެގެން ދާނެ ކަމަށް ވިދާޅުވެ، މެންބަރު ކުޑޫ ވަނީ އަބްދުލްއަޒީޒު ނަން އަނބުރާ ގެންދިއުމަށް ގޮވާލައްވާފަ އެވެ.

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުޓްރާންސްޕޭރަންސީ މޯލްޑިވްސްއިންފޮމޭޝަން ކޮމިޝަނަރު

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް މަޖިލީހުން ރުހުންދީފި!

26 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް މަޖިލީހުން ރުހުންދީފި!
25 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒުގެ ނަން އަނބުރާ ގެންދެވުމަށް މެންބަރު ކުޑޫ ގޮވާލައްވައިފި

25 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒުގެ ނަން އަނބުރާ ގެންދެވުމަށް މެންބަރު ކުޑޫ ގޮވާލައްވައިފި
24 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!

24 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!
24 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނު ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި

24 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނު ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި
23 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި

23 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި
23 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން މަޖިލީހަށް ފޮނުވައިފި

23 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން މަޖިލީހަށް ފޮނުވައިފި
16 އޯގަސްޓު 2026

މުލިއާގެއަށް ސިންގަޕޫރުން ޕާން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި

16 އޯގަސްޓު 2026
މުލިއާގެއަށް ސިންގަޕޫރުން ޕާން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި
16 އޯގަސްޓު 2026

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

16 އޯގަސްޓު 2026
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!
03 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

03 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
01 އޯގަސްޓު 2026

ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް

01 އޯގަސްޓު 2026
ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް