Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް މަޖިލީހުން ރުހުންދީފި!

26 އޯގަސްޓު 2026 | ބުދަ 10:20

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އިދިކޮޅު މެންބަރުން ދެކޮޅު ހެއްދެވީ، އޭނާ ކުރިން އެ މަގާމުގައި ހުންނެވިއިރު ގާނޫނު ތަންފީޒުކުރުމުގައި އިހުމާލުވެފައިވާތީ. ނަމަވެސް، މި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ 47 މެންބަރުންގެ ވޯޓާއެކު އޭނާއަށް ރުހުން ދީފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޯގަސްޓު 2026 | ބުދަ 10:20
އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި | ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފި އެވެ.

އޭނާ އެ މަގާމަށް އައްޔަނު ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެތައް ބަޔަކު ގޮވާލައި، އެ ނަން އަނބުރާ ގެންދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް ހުށަހަޅުއްވާފައި ވަނިކޮށް، އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި، ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން އޭނާ އަށް ރުހުން ދީފައިވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. 

Advertisement - newsAdvertisement

އެ މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިންނެވެ. އެ ކޮމިޓީ ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައިވާއިރު އެ ކޮމިޓީ ރިޕޯޓަށް ވޯޓަށް ވެސް ވަނީ އަހާފަ އެވެ.

އަބްދުލްއަޒީޒް އެ މަގާމަށް އައްޔަނުކުރުމަށް ރުހުން ދިނީ 47 މެންބަރުގެ އަޣުލަބިއްޔަތުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ. 

2026 އޮގަސްޓް 23 ގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ އާދަމް އަށް އެޑްރެސްކޮށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ކޮމިޝަނަރެއްގެ މަގާމުގައި އަބްދުލްއަޒީޒް ކުރިން ހުންނެވި އިރު އޭނާ އަށް ގާނޫނު ފުރިހަމަ އަށް ތަންފީޒު ނުކުރެއްވޭ ކަމަށް ބުނެފަ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ އަބްދުލްއަޒީޒްގެ ދައުރުގައި ފަރުމާކުރެވުނު މައުލޫމާތު ހޯދުމުގެ ފޯމު އެ ހައްގަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ކުރި މަސައްކަތްތަކަށް ބެލުމެއް ނެތި އެ މައްސަލަތައް ދޫކޮށްލާފައިވާ ކަމަށެވެ. ޤާނޫނުގައި ލާޒިމު ކޮށްފައިވާ އާންމު އަޑުއެހުން އިންފޮމޭޝަން ކޮމިޝަނުން ފުރަތަމަ ފަހަރު ބޭއްވީ އެ މަގާމުން އަބްދުލްއަޒީޒް ވަކިވެވަޑައިގެން، ދެވަނަ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނު ކުރުމަށް ފަހު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ބުނެފައި އެވެ.

މިހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އަކީ އެންމެ ގާބިލް ފަރާތެއް ނޫން ކަމަށާއި، މި މިގާމަށް އަލުން ނަން ހުށަހަޅަން މަޖިލީހުން ހުޅުވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ އެދިފައި އެވެ.

މީގެއިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ދައުލަތުގެ މާލިއްޔާތު ހަރަދު ކުރާ ގޮތާއި މުހިއްމު ނިންމުންތައް ނިންމާ ގޮތް ބަލައި، ވެރިކަން ހިންގުމުގެ ނިޒާމު ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ އެންމެ އަސާސީ ބާރު ކަމަށާއި މި ހައްގު ފުރިހަމައަށް ނުލިބޭނަމަ ކޮރަޕްޝަން އިތުރުވެ، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ.

އެހެންކަމުން އަލުން ކުރިން އޮތް ސިއްރުވެރި އުސޫލުތައް ގެންނާނެ ކަމަށް ވިދާޅުވާ ބޭފުޅަކު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނުކުރުމަކީ މުޅި ނިޒާމު ފަހަތައް ސޮއްސާލައި، މައުލޫމާތު ހޯދުމުގެ ހައްގު ހަނިވެގެން ދާނެ ކަމަށް ވިދާޅުވެ، މެންބަރު ކުޑޫ ވަނީ އަބްދުލްއަޒީޒު ނަން އަނބުރާ ގެންދިއުމަށް ގޮވާލައްވާފައި އެވެ.

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއިންފޮމޭޝަން ކޮމިޝަނަރުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

26 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
26 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް
26 އޯގަސްޓު 2026

މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން

26 އޯގަސްޓު 2026
މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
26 އޯގަސްޓު 2026

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް

26 އޯގަސްޓު 2026
ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް
25 އޯގަސްޓު 2026

ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލެއް ސަރުކާރުން ހުށަހަޅައިފި

25 އޯގަސްޓު 2026
ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލެއް ސަރުކާރުން ހުށަހަޅައިފި
25 އޯގަސްޓު 2026

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒުގެ ނަން އަނބުރާ ގެންދެވުމަށް މެންބަރު ކުޑޫ ގޮވާލައްވައިފި

25 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒުގެ ނަން އަނބުރާ ގެންދެވުމަށް މެންބަރު ކުޑޫ ގޮވާލައްވައިފި
24 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!

24 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް