Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުންފަތް ކޮންޓްރޯލް

އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ

6 ސެޕްޓެމްބަރު 2026 | އާދީއްތަ 11:49

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރުމުން ރައީސް ޑރ. މުއިއްޒަށް ބައިނަލްއަޤުވާމީ ޝަރަފުތަކެއް ލިބިވަޑައިގެންފައި ވަނިކޮށް، ކުއްލި ގޮތަކަށް ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށް ދުންފަތުގެ ސިޔާސަތުތަކަށް ސަރުކާރުން ވަނީ ލުއިދީފައި. މި ބަދަލަކީ ކަޅު ބާޒާރު ކޮންޓްރޯލްކުރުމަށް ގެނައި ބަދަލެއް ކަމަށް ގަބޫލުކުރެވޭއިރު، މިއީ ހަރުދަނާ ތަންފީޒީ ނިޒާމެއް ނެތި ސިޔާސަތުތައް އެކުލަވާލުމުން ދިމާވި ގޮންޖެހުމެއް ކަމަށް މާހިރުން ފާހަގަކުރޭ

ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 11:49
ދުންފަތް ކޮންޓްރޯލުކުރުމަށް ރައީސް މުއިއްޒު އެޅުއްވި "ހަރުދަނާ" ފިޔަވަޅުތައް އިސާހިތަކު ވަނީ ބަދަލުކުރަން ފަށާފައި

ދުންފަތް ކޮންޓްރޯލުކުރުމަށް ރައީސް މުއިއްޒު އެޅުއްވި "ހަރުދަނާ" ފިޔަވަޅުތައް އިސާހިތަކު ވަނީ ބަދަލުކުރަން ފަށާފައި | ރާއްޖެ އެމްވީ

ޚަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންނެވި ވާހަކަ ރައީސް އޮފީހުން އާންމު ކުރަމުން ބުނެފައިވަނީ  "މި ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަތުމުން ރަމްޒުކޮށްދެނީ، ޞިއްޙި ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދާ މިންވަރާއި، ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ކުރާ ފަދަ ގޮތަކަށް ޞިއްޙީ މަސްލަހަތުތައް ތަރުތީބުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހުމިއްޔަތެވެ."

ޓައިމް މަޖައްލާ އިން ވަނީ، ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފަ އެވެ.

އެ ގޮތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް މުޢިއްޒު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ތަސްދީގު ކުރެއްވި އެވެ. އެއާއެކު ޖެހިގެން އައި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށި ގޮތުގައި އޮތީ، ސިނގިރޭޓާއި ބިޑިން ޑިއުޓީ މިންވަރު 50 އިންސައްތަ އަށް ބޮޑުކޮށް އަދި ސިނގިރެޓަކުން އަދި ބިޑިއަކުން 8 ރުފިޔާ ޑިއުޓީގެ ގޮތުގައި ނަގަން ފެށި އެވެ.

އެއާއެކު ދިވެހިން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ގެންދިއުމަށް މުހިންމު ފިޔަވަޅެއް އެޅީ ކަމަށް ސަރުކާރުން ބުންޏެވެ. ކުއްލިއަކަށް ދުންފަތުގެ އުފެއްދުންތަކުގެ އަގު އިންތިހާ އަށް އުފުލުމާއެކު އެއީ އަތްފޯރާފަށުގައި ހުރި އެއްޗެއް ކަމަށް ނުވެ، ދިވެހިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާނެ ކަމުގެ މަންޒަރު ދެއްކި އެވެ. މިފަދަ ބޮޑެތި ފިޔަވަޅުތަކާއި ސިޔާސަތުގެ ސަބަބުން އެކަން ފާހަގަކުރަން ބޭނުންވި ހަމައެކަނި ޓައިމް މަޖައްލާއަކުން ނޫނެވެ.

ޓައިމް މަޖައްލާ އިން ޝަރަފް ގެ އިތުރުން، ދުންފަތާ ދެކޮޅަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، 2025 ވަނަ އަހަރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ  ފަރާތުން، އެ އަހަރުގެ ވޯލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސް މުއިއްޒު އަށް ޚާއްޞަ އެވޯޑެއްވެސް ދެއްވި އެވެ.

ރައީސް މުއިއްޒު މި ހޯއްދެވި ޝަރަފްތަކުގެ ފަހަތުގައި ވަނީ ދުންފަތާ ދިވެހިން ދުރުކުރުމަށް ގެންގުޅުއްވި "ހަރުދަނާ" ސިޔާސަތުތައް ކަމަށްވެ އެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކުރުމާއި، ވޭޕާއި، އީ-ސިނގިރޭޓް ބޭނުންކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް ފާހަގަ ކުރެވެ އެވެ.

އަޅުއްވަމުން ގެންދެވި ވަރުގަދަ ފިޔަވަޅުތައް އަމިއްލަފުޅަށް ވެސް ރައީސް މުއިއްޒު ގެންދެވީ ވިދާޅުވަމުންނެވެ. 31 މެއި 2026 ގައި ފާހަގަކުރި މިއަހަރުގެ ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ، ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާކަމަށެވެ. 

ދުންފަތުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ކުރެއްވި މަސައްކަތައް ދުނިޔޭގެ ފެންވަރުގައި އެވޯޑްތަކާއި ޝަރަފް ތައް ހޯއްދެވުމަށްފަހު ދެން ކުއްލިއަަށް ފެނިގެން ދިޔައީ ދުންފަތާ ދިވެހީން ދުރުކުރުމަށް ކުރިން ރައީސް މުއިއްޒު ކުރިއަށް އެޅުއްވި ކޮންމެ ފިޔަވަޅެއް ފަހަތައް އަޅުއްވަން ފެއްޓެވި މަންޒަރެވެ.

އެގޮތުން 2026 ޖުލައި މަހުގެ 2 ވަނަ ދުވަސް ވެގެން ދިޔައީ  ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް މުއިއްޒު ތަޞްދީޤުކުރެއްވި ދުވަހަށެވެ. އެ ބިލު ތަސްދީގު ކުރެއްވުމާއެކު ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ، 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތައަށް ކުޑަކުރި އެވެ. އެއާއެކު ހުއްދަ ލިބިގެން އެތެރެކުރާ ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފަ އެވެ.

ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނަށް ވިދާޅުވީ، އޭރު 3.50 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑުކުރި ޑިއުޓީ އަކީ ދުންފަތް ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ކުރި ކަމެއް ނޫން ކަމަށެވެ. އެއީ ވޭޕް މަނާކުރުމުން، ވޭޕް ބޭނުންކުރާ މީހުން ދުންފަތައް އެނބުރިދާނެއަތީ ގެނައި ބަދަލެއް ކަމަށެވެ.

ކުރިން ވެސް ޑިއުޓީ ރޭޓަށް ބަދަލު ގެނައީ އެވަގުތު ލިބިފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ޑިއުޓީ ރޭޓަށް ބަދަލު ގެނައީ ވެސް "މިވަގުތު ލިބިފައިވާ ދިރާސާތަކުން ދައްކާ" ގޮތަށް ކަމުގަ އެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ރާއްޖެއަށް "މި ވަގުތު" ހައްދަވާފައިވާ ދިރާސާ އަކުން ރާއްޖެ އަށް ރެކޮމެންޑް ކުރި ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް 4 ރުފިޔާގެ ރޭޓު ކަމަށް ބުނެ އެކަން ހަމަޖައްސާލި އެވެ.

އަދި މިވަރަކުން ނުފުދުނެވެ. ދުންފަތުގެ ބާވަތްތަކުން ޑިއުޓީ މާފުކޮށްދޭ އުސޫލުވެސް މިއަހަރުގެ ތެރޭގައި ވަނީ ފުޅާކޮށްފަ އެވެ. މި ގޮތުން އުމުރުން 21 އަހަރުން މަތީގެ ދިވެހިން ހިމެނޭހެން ހުރިހާ ދަތުރުވެރިންނަށްވެސް، އަމިއްލަ ބޭނުމަށް ރާއްޖެއަށް އެތެރެކުރާ ވަކި މިންވަރެއްގެ ދުންފަތުގެ ބާވަތްތަކުން ކަސްޓަމްސް ޑިއުޓީ ދައްކަން ނުޖެހޭނެ ގޮތަށް ހަދައިދިނެވެ.

މީގެ ކުރިން މި ލުއި ލިބެމުން އައީ ހަމައެކަނި އުމުރުން 18 އަހަރުން މަތީގެ ފަތުރުވެރިންނަށް އެކަންޏެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، ޝަރުތު ހަމަވާ ކޮންމެ ދަތުރުވެރިއަކަށްވެސް 200 ސިނގިރޭޓު، ނުވަތަ 20 ސުއްޓާ، ނުވަތަ 100 ގްރާމްގެ އެހެނިހެން ދުންފަތުގެ ބާވަތްތައް ޑިއުޓީއާ ނުލައި އެތެރެކުރެވޭނެ ގޮތް ހަމަޖެހުނެވެ.

މީގެ އިތުރުން، އަމިއްލަ ބޭނުމަށް ބޭނުންކުރާ ކުދި އަތްމަތީ ސިނގިރޭޓު ނުވަތަ ބިޑި އޮޅާ މެޝިނާއި، 50 ސިނގިރޭޓު ކަރުދާހާއި، 50 ފިލްޓަރު އަދި 50 ހުސް ހޮޅި (ޓިއުބް) އެތެރެކުރުމުގެ ހުއްދަވެސް ދަތުރުވެރިންނަށް ވަނީ ދީފަ އެވެ.

ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވާ ދުނިޔޭގެ ފެންވަރުގެ ލަގަބުތަކާއި ޝަރަފްތައް ރައީސް މުއިއްޒު ހޯއްދަވަމުން ގެންދެވި އިރު ދުނިޔޭގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން މިވަމުންދާގޮތް ތިބީ ބަލާށެވެ. 

އާންމު ސިއްހަތު ސިޔާސަތުތަކާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ރާއްޖެއިން ދުންފަތާ ބެހޭ ގޮތުން އަޅަމުން ދިޔަ ފިޔަވަޅުތަކުން މުހިންމު ފިލާވަޅެއް ލިބިގެންދެ އެވެ. 

ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މީގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ސަބަބުން ގަވާއިދާ ހިލާފަށް ދުންފަތް އެތެރެކުރުން އިތުރުވެ، ގާނޫނީ ވިޔަފާރިތަކަށާއި ސަރުކާރުގެ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. އޭގެ ނަތީޖާއަކަށްވީ ޑިއުޓީ ކުޑަކުރަން މަޖުބޫރުވުމެވެ. 

ފަހުން ޓެކްސް ކުޑަކުރަން ނިންމި ނިންމުމަކީ ޑަބްލިއު.އެޗް.އޯ އާއެކު މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް ބުނެ ސަރުކާރުން މަތި ރީތިކުރަން އުޅުނަސް، މީގެ މަގްސަދަކީ ކުރިން ޓެކްސް ބޮޑުކުރުމުން ކަސްޓަމަރުން ގަވާއިދާ ހިލާފު ތަކެއްޗަށް ބަދަލުވުމުގެ ސަބަބުން ފުޅާވެފައިވާ ކަޅު ބާޒާރު ކޮންޓްރޯލްކުރުމާއި، މައްޗަށް ދިޔަ އިންފްލޭޝަން ހިފެހެއްޓުމެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކުއްލިއަކަށް ދުންފަތުގެ ޓެކްސް ބޮޑުކުރި އިރު ދުނިޔޭގެ އެހެން ގައުމުތަކުން މިކަމުގައި ކޮށްފައިވާ ތަޖުރިބާތަކަށް ބަލާލި ނަމަ، ސިޔާސަތު ފަހުން އުނބަށް ޖަހާކަށް ހަގީގަތުގައި ނުޖެހުނީހެވެ. ބޫޓާނުންވެސް ވަނީ ދުންފަތް މަނާކުރުމަށް ގެންގުޅުނު ހަރުކަށި އުސޫލުތަކުގެ ސަބަބުން ވަގަށް މުދާ އެތެރެކުރުން އިތުރުވެ، އެ ނިންމުމުގެ މަގްސަދު ގެއްލުމުން، އެ ގައުމުގެ ގަވާއިދުތަކަށް ލުއިދީފަ އެވެ.

މި ތަޖުރިބާތަކުން އެނގެނީ ޓެކްސްގެ ސިޔާސަތުތަކާއެކު ވަރުގަދަ ތަންފީޒީ ނިޒާމެއް އޮތުމުގެ މުހިންމުކަމެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، ގަވާއިދާ ހިލާފަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޓެކްސް ނުދެއްކުމުގެ އިތުރުން، އެ ތަކެތީގައި ހުންނަންޖެހޭ ސިއްހީ އިންޒާރުތަކާއި ޕެކޭޖިންގް ގަވާއިދުތަކަށް އަމަލެއް ނުކުރެ އެވެ. އަދި ގާނޫނީ މުދަލަށްވުރެ މާ އަގުހެޔޮކޮށް މި ތަކެތި ލިބެން ހުރުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށާއި ޓެކްސްގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖޭގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިއުދިއްލީގެ މައުލާނާ އާޒާދު މެޑިކަލް ކޮލެޖުގެ ކުރީގެ ޑީން އަދި ޑިރެކްޓަރ ޕްރޮފެސަރ ޑރ. ނަންދިނީ ޝަރުމާ ވިދާޅުވީ، ދުންފަތް ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އެޅޭ އެންމެ ފައިދާހުރި އެއް ފިޔަވަޅަކީ ޓެކްސް ބޮޑުކުރުންކަން ބައިނަލްއަގުވާމީ ހެކިތަކުން ސާބިތުވާ ކަމަށެވެ. ނަމަވެސް، ޓެކްސްގެ ނަތީޖާ އެންމެ ފުރިހަމައަށް ފެންނާނީ ވަރުގަދަ ތަންފީޒީ ނިޒާމަކާއި، ސަޕްލައި-ޗެއިން ބެލެހެއްޓުމާއި، އަދި ގަވާއިދާ ހިލާފު ވިޔަފާރިތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުރިހަމަ ސިޔާސަތެއްގެ ދަށުން، ގަވާއިދާ ހިލާފު މާކެޓްތައް ފުޅާވުމަށް ފުރުސަތު ނުދީ، އާންމު ސިއްހަތުގެ މަގްސަދުތައް ހާސިލްކުރަން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މާހިރުން ބާރުއަޅުއްވާ ގޮތުގައި، ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އިންޓެލިޖެންސްގެ އެހީގައި ތަންފީޒީ ފިޔަވަޅުތައް އެޅުމާއި، ބޯޑަރު ކޮންޓްރޯލް ވަރުގަދަކުރުމާއި، މުދާ ދަތުރުކުރާ މަގު ބެލޭނެ (ޓްރެކް-އެންޑް-ޓްރޭސް) ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހެ އެވެ.

ނޮއިޑާގެ އެޕޯލޯ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. މީނާކްޝީ އެން. ވިދާޅުވީ، ދިވެހިރާއްޖޭގެ ތަޖުރިބާއިން ދައްކައިދެނީ ދުންފަތުން ނަގާ ޓެކްސްއަކީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ އަދި ތަންފީޒީ ނިޒާމުގެ އެހީތެރިކަން ލިބިފައިވާ ކަމަކަށް ވާންޖެހޭނެ ކަމެވެ. ގަވާއިދާ ހިލާފު މާކެޓްތައް ފުޅާވުމަށް ފުރުސަތު ދެވިއްޖެނަމަ، އޭގެ ސަބަބުން އާންމު ސިއްހަތުގެ މަގްސަދުތަކަށާއި ސަރުކާރުގެ އާމްދަނީއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. އެހެންކަމުން، ސިޔާސަތުތައް އެކުލަވާލުމުގައި އިސްކަންދޭންވީ ޓެކްސްއާ އެކު ތަންފީޒީ ނިޒާމު ވަރުގަދަކޮށް، ދުންފަތް ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލްކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގެ ސިޔާސީ މާހައުލު ތަފާތު ނަމަވެސް، ބައިނަލްއަގުވާމީ ތަޖުރިބާތަކުން އެނގެނީ އެއް ހަގީގަތެކެވެ. އެއީ ހަމައެކަނި ޓެކްސްއަކުން ދުންފަތް ކޮންޓްރޯލްކުރުމުގެ އެންމެ އެދެވޭ ނަތީޖާ ހާސިލްނުކުރެވޭނެ ކަމެވެ. ރާއްޖެ އަށް ފިލާވަޅު ދަސްވި އިރު ރައީސް މުއިއްޒު ވަނީ މި ރޮނގުން ދުނިޔޭގެ ފެންވަރުގައި ހޯއްދެވޭނެ ހުރިހާ ޝަރަފެއް ހާސިލުކުރައްވާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުދުންފަތް ކޮންޓްރޯލްކުރުންޑަބްލިޔުއެޗްއޯ

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
06 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟

06 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު
05 ސެޕްޓެމްބަރު 2026

މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު

05 ސެޕްޓެމްބަރު 2026
މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު
04 ސެޕްޓެމްބަރު 2026

ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން

04 ސެޕްޓެމްބަރު 2026
ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން
04 ސެޕްޓެމްބަރު 2026

ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި

04 ސެޕްޓެމްބަރު 2026
ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި
02 ސެޕްޓެމްބަރު 2026

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

02 ސެޕްޓެމްބަރު 2026
"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި
02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
02 ސެޕްޓެމްބަރު 2026

ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް

02 ސެޕްޓެމްބަރު 2026
ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް