Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޔާމީން

ޔާމީން އަކީ ސިހުރު ހާހޫރައާ ނިކަން ދޯޅު ބޭފުޅެއް، އެކަމަށްޓަކައި މީހަކު ބަރަހަނާކޮށް މޫދަށް އެރުވާފައި ވެސް ބަހައްޓާ: ފަލާހު

6 ސެޕްޓެމްބަރު 2026 | އާދީއްތަ 08:16

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު، ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ސިހުރުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ މަންފާއަށްޓަކައި ނުރައްކާތެރި އަމަލުތައް ހިންގާފައިވާ ކަމަށް ވިދާޅުވެއްޖެ. މީގެ ކުރިން މިފަދަ ވާހަކަތައް ދޮގުކުރެއްވި ނަމަވެސް، މިހާރު ފަލާހު ވަނީ ޔާމީނަކީ އަމިއްލަފުޅު އެދުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައި. މި ތުހުމަތުތައް އަމާޒުވެފައިވަނީ ސަރުކާރާއި ޔާމީނާ ދެމެދު ސިޔާސީ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 08:16

ޔާމީން އަކީ ސިހުރު ހާހޫރައާ ނިކަން ދޯޅު ބޭފުޅެއް، އެކަމަށްޓަކައި މީހަކު ބަރަހަނާކޮށް މޫދަށް އެރުވާފައި ވެސް ބަހައްޓާ: ފަލާހު | ރާއްޖެ ޓީވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ސިހުރު ހާހޫރައާ ނިކަން ދޯޅު ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ގެކޮޅާ ދިމާއަށް ބަލާއިރު ވެސް އާޔަތުލް ކުރުސި ކިޔައިގެން ނޫނީ ބަލަން ނުވާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަރުގަދަ ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ފަލާހު މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން އަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން، ވެރިކަން ގެއްލުނު ހިސާބުން ފެށިގެން އެމަނިކުފާނު ގެންދެވީ ސިހުރުގެ އަމަލުތައް ހިންގަވަމުން ކަމަށެވެ. އަދި ރައީސް ޔާމީން އަކީ ސިހުރު ހާހޫރަ ހެދުމުގައި ނިކަން ދޯޅު ބޭފުޅެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވި އެވެ.

މިކަމާ ގުޅޭ އިތުރު ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިސް ބޭފުޅަކު މިފަދަ ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން، އެކަންކަމާ ސުވާލު ކުރެވޭނީ ގިޔާމަތް ދުވަހުން ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށެވެ. މީގެ އިތުރުން، އެ ދުވަސްވަރު ރާއްޖޭގައި ހުރި ހުރިހާ ރަތް ހާލެއް ހުންނަނީ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުގައި ކަމަށް ވެސް ފަލާހު ތުހުމަތު ކުރެއްވި އެވެ.

ސިހުރު ހެދުމުގެ ތެރޭގައި ހިންގާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ސިހުރު ހެދުމުގެ ބޭނުމުގައި އެކަމުގައި އުޅުނު މީހާ ބަރަހަނާކޮށް، ރާޅުގަނޑު ސަރަހައްދުން މޫދަށް ބާލައިގެން ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން އަކީ އަމިއްލަފުޅު އެދުމަށްޓަކައި ނުކުރައްވާނެ އެއްވެސް ނުބައި ކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ފަލާހު ވަނީ ސިފަކުރައްވާފަ އެވެ.

ފަލާހު މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި މިވަނީ، ކުރީގެ ރައީސް ޔާމީން އާއި މިހާރުގެ ސަރުކާރާ ދެމެދު ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ސިހުރުގެ އަމަލުތައް ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތަފާތު ތުހުމަތުތައް ކޮށްފައިވެ އެވެ. ނަމަވެސް އޭރު ފަލާހު ވަނީ އެ ކަންކަން ދޮގުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ސްރީލަންކާގެ ސިހުރު ހަދާ މީހެއް ކަމަށްވާ އަސޭލާ ވިކްރަމަސިންހަ އާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކާއި ގުޅޭ ގޮތުން "ރާއްޖެޓީވީ" އިން ތައްޔާރުކުރި "ސިހުރުގެ ވެރިކަން" ޑޮކިއުމަންޓްރީގައި ހުރި ވާހަކަތަކާ ގުޅޭގޮތުން އޭރު ސަރުކާރުގެ ބޭފުޅުން ވަނީ ރާއްޖެޓީވީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ނަމަވެސް މިހާރު އެ ސަރުކާރު ނިސްބަތްވި ޕާޓީގެ އެންމެ އިސްކޮށް އުޅުއްވި މެންބަރު ވެސް މި ދައްކަވަނީ އެ ޒާތުގެ ވާހަކަކަން ފާހަގަކޮށްލެވެ އެވެ.   

ރާއްޖެޓީވީ އިން އެ ޑޮކިއުމެންޓްރީ ދެއްކުމާއެކު، ސަރުކާރުގެ އިދާރާއަކުން، އެ ޑޮކިއުމެންޓްރީގައި އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ގެއްލުންވާފަދަ ކޮންޓެންޓް އެ ޑޮކިއުމެންޓްރީގައި ހުރިކަމަށް ބުނުމުން، ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް، މޮނީޓަރ ކުރުމުގެ ޤާނޫނީ ޒިންމާ އޮތް، ބްރޯޑްކޮމްއިން އެ ޑޮކިއުމެންޓްރީގައި ހިމެނޭ ކަމަށް އެބުނާ އެފަދަ ކަންކަން ތަހުޤީޤު ކުރުމަކާ ނުލާ، ރާއްޖެޓީވީއާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ.

އަބްދުﷲ ޔާމީންއިބްރާހީމް ފަލާހްޕީއެންސީއަސޭލާ ވިކްރަމަސިންހަ

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު
03 ސެޕްޓެމްބަރު 2026

މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު

03 ސެޕްޓެމްބަރު 2026
މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު
03 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

03 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!
29 އޯގަސްޓު 2026

މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން

29 އޯގަސްޓު 2026
މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން
24 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!

24 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!
18 އޯގަސްޓު 2026

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

18 އޯގަސްޓު 2026
ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
16 އޯގަސްޓު 2026

ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!

16 އޯގަސްޓު 2026
ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!
15 އޯގަސްޓު 2026

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

15 އޯގަސްޓު 2026
އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟
06 އޯގަސްޓު 2026

އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު

06 އޯގަސްޓު 2026
އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު
06 އޯގަސްޓު 2026

ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު

06 އޯގަސްޓު 2026
ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް