Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީކޭ - ރާމޯސް

ރާމޯސްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: ޕީކޭ

5 އޮކްޓޯބަރު 2017 | ބުރާސްފަތި 11:56

ޕީކޭ ބުނެފައިވަނީ ރާމޯސްއާއި އޭނާއާ ދެމެދު މައްސަލަ އުފައްދަން މީޑިއާއިން މަސައްކަތް ކުރާ ކަމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 11:56
ޕީކޭ އަދި ރާމޮސް ސްޕެއިންގެ ފަރިތަކުރުންތަކުގައި

ޕީކޭ އަދި ރާމޮސް ސްޕެއިންގެ ފަރިތަކުރުންތަކުގައި

ރެއާލް މެޑްރިޑްގެ ޑިފެންޑާ ސާޖިއޯ ރާމޯސްއާ އެއްވެސް މައްސަލައެއް ނެތް ކަމަށް ބާސެލޯނާގެ ޑިފެންޑާ ޖެރާޑް ޕީކޭ ބުނެފިއެވެ.

މި ދެކުޅުންތެރިން ވެސް މިވަގުތު ތިބީ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމަށް ސްޕެއިން އިން ކުޅޭ ކޮލިފައިން މެޗުތަކުގައި ބައިވެރިވުމަށް މިވަގުތު ސްޕެއިންގެ ޓީމާއެކުއެވެ. މި ދެކުޅުންތެރިންގެ މެދުގައި ބޮޑު މައްސަލައެއް އުޅޭ ކަމަށް ބުނެ ސްޕެއިންގެ މީޑިއާތަކުން ފަތުރާ ވާހަކަތައް ޕީކޭ ވަނީ ދޮގުކޮށްފައެވެ. ކެޓަލޯނިއާގެ މިނިވަން ކުރުމަށް ގޮވާލާ ޕީކޭ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާ ވިދިގެން ރާމޯސް ވަނީ އެކަމަށް ރައްދު ދީފައެވެ.

އެހެނަސް މީޑިއާއިން ފަތުރާ ވަހަކަ ދޮގުކޮށް ޕީކޭ ބުނެފައި ވަނީ ރާމޯސް އާއި އޭނާއާ ދެމެދު މައްސަލަ އުފައްދަން މީޑިއާއިން މަސައްކަތް ކުރާ ކަމަށާއި ރާމޯސްއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި ކެޓަލޯނިއާ އެއްކޮޅަށް ވާހަކަ ދެއްކުމަކީ ރާމޯސްއާ ދެމެދު އޮންނަ ގުޅުން ގޯސް ވާން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. ޕީކޭ ވަނީ ރާމޯސްއާ އެކު ވިޔަފާރިއެއް ފަށަން އުޅޭ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ޕީކޭ މިހެން ބުނެފައިވާއިރު އޭނާ ވަނީ ކެޓަލޯނިއާގެ މައްސަލައިގައި ސްޕެއިންގެ ގައުމީ ޓީމުން ރިޓަޔާކުރަން ޖެހިދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. އެހެނަސް އޭނާވަނީ މި ބަސްތައް އަނބުރާ ގެންގޮސްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާ ގައުމީ ޓީމަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. އަދި ރިޓަޔާ ކުރަން ވިސްނިން ކަމަށާއި އެހެނަސް އެންމެ ފަހު ވަގުތު އެ ނިންމުން އަނބުރާ ގެންދިޔަ ކަމަށެވެ.

ސްޕެއިންގެ ފަރިތަކުރުންތަކުގައި ޕީކޭ މިފަހަރު ބައިވެރިވި ފުރަތަމަ ދުވަހު އެ ޓީމަށް ސަޕޯޓުކުރާ ބައެއް މީހުން ވަނީ އޭނާއަށް ފުރައްސާރަކޮށް ގައުމީ ޓީމުން ރިޓަޔާ ކުރުމަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން ޕީކޭ ބުނެފައި ވަނީ އޭނާ ހަމައެކަނީ ބޭނުން ވަނީ އޭނާގެ ވިސްނުމަށް މީހުން އިހުތިރާމް ކުރުން ކަމަށާއި އެއްވެސް ހާލަތެއްގައި އޭނާ ސްޕެއިންއާ ނިސްބަތްކޮށް ބަދު ބަހެއް ނުބުނާނެ ކަމަށެވެ. ޕީކޭ އާއި ރާމޯސްއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދައްކާ ވާހަކަ އޭނާ ދޮގު ކޮށްފައިވާއިރު މި ދެ ކުޅުންތެރިންނަކީ ސްޕެއިންގެ ޑިފެންސްގެ މައި ދެ ތަނބެވެ. އެގޮތުން ރާމޯސް ސްޕެއިންއަށް 153 މެޗު ކުޅެދީފައިވާ އިރު ޕީކޭ ވަނީ ސްޕެއިންއަށް 91 މެޗު ކުޅެދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

24 އެޕްރީލު 2017
ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް