Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

ގްރީން ސްޓްރީޓްސް އަތުން އީގަލްސް ބަލިވީ 2-0 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 24 އެޕްރީލު 2017 | ހޯމަ 02:03
މާލޭ ލީގުގައި އީގަލްސްއިން ކުޅުނު މެޗެއްގެ ތެރެއިން

މާލޭ ލީގުގައި އީގަލްސްއިން ކުޅުނު މެޗެއްގެ ތެރެއިން

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް ކަމަށާއި، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެކަމަށް އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތި) ބުނެފި އެވެ.

އެސްޓީއީ މާލެ ލީގުގައި އާދިއްތަ ދުވަހު ގްރީން ސްޓްރީޓް އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް ސާންތި ބުނީ، ގްރީން ސްޓްރީޓަށް ލިބިގެން އެ ދިޔައީ ހައްގު މޮޅެއް ކަމަށާއި، އީގަލްސް އަށް މެޗުގައި މާ އެދެވޭ ކުޅުމެށް ދެއްކިފައި ނުވާކަން ގަބޫލު ކުރާކަމަށެވެ.

ސާންތި ބުނީ އީގަލްސްއަށް މެޗުގައި ދިމާވި މައިގަނޑު އެއް މައްސަލަ އަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުން ކަމަށާއި، އެއީ ފެށުނީއްސުރެ ވެސް އީގަލްސްއަށް ދިމާވާ މައްސަލައެށް ކަމަށެވެ. އެގޮތުން އެޓީމުގެ ކޯޗުކަމާ ސާންތި ހަވާލުވީއްސުރެ ކުރިއަށް ކުޅޭނެ ބިދޭސީ ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުންވެސް ސާންތި ބުނީ އެޓީމުގެ ކީ ޕްލެއަރެށް ކަމަށްވާ ނާއްޓެ އަށް އަނިޔާވުމުންވެސް ކޮންމެވެސް ވަރެށްގެ މައްސަލަތަކެށް ދިމާވި ކަމަށެވެ.

ސާންތި ބުނީ މެޗައް އައި އިރުގައިވެސް 2-0 އިން ގްރީން ސްޓްރީޓްސް މޮޅުވާނެ ކަމަށް ހީވެސް ނުކުރާ ކަމަށާއި، ނަމަވެސް ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް ކަމަށެވެ. މި ނަތީޖާގެ ސަބަބުން ލީގުގައި ކުރިއަށް ދާން ކޮންމެވެސް ވަރަކަށް އުންދަގޫ ވާނެ ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި މިއަށްވުރެ ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް ސާންތި ވަނީ ބުނެފައެވެ.

ގްރީން ސްޓްރީޓްސް އަތުން ބަލިވެ އީގަލްސް ވަނީ ތާވަލުގެ 5 ވަނައަށް ވެއްޓިފަ އެވެ. އެޓީމުން މިފަހަރުގެ ލީގަށް ނިކުމެފައިވަނީ ގަދަ 4 ގައި ހިމެނިގެން ލީގު ނިންމާލުމަށް އަމާޒު ހިފައިގެންނެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު