Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސައުދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާއަށް 5 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ހަތިޔާރު ވިއްކުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ދީފި

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:11

ސައުދީ އަރަބިއްޔާގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި 5.7 ބިލިއަން ޑޮލަރުގެ ހަތިޔާރާއި އިންޖީނު ވިއްކުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ދީފި. މީގެ އިތުރުން އޮމާންގެ އެފް-16 ބޯޓުތައް މަރާމާތުކުރުމަށާއި، އިރާގަށް ހެލިކޮޕްޓަރު ގަތުމަށް ބޭނުންވާ ޚާއްސަ ހުއްދަތަކެއްވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދޫކޮށްފައި

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:11
ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ޕެންޓަގަންއަށް ވަޑައިގަންނަވާތީ އެެމެރިކާ ސިފައިން އެމަނިކުފާނުގެ އިސްތިގުބާލުގައި (ފައިލް)

ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ޕެންޓަގަންއަށް ވަޑައިގަންނަވާތީ އެެމެރިކާ ސިފައިން އެމަނިކުފާނުގެ އިސްތިގުބާލުގައި (ފައިލް) | ރޮއިޓާސް

ސައުދީ އަރަބިއްޔާއަށް 5 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ހަތިޔާރު ވިއްކުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ސައުދީ އަރަބިއްޔާއަށް 5 ބިލިއަން ޑޮލަރުގެ އަގުހުރި "ޖޮއިންޓް ޑައިރެކްޓް އެޓޭކް މިއުނިޝަންސް-އެކްސްޓެންޑަޑް ރޭންޖް" (ޖޭ.ޑީ.އޭ.އެމް-އީ.އާރް) ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން، 750 މިލިއަން ޑޮލަރުގެ އަގުހުރި "އޭ.ޖީ.ޓީ-150" އިންޖީނުތަކެއް ވިއްކުމުގެ ވަކި މުއާމަލާތަކަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހުއްދަ ދީފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި، މި ހަތިޔާރާއި ވަސީލަތްތައް ވިއްކުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އަސްކަރީ ތައްޔާރީތައް ވަރުގަދަވެ، މިހާރު ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުވާނެ އެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކުރި އެވެ.

މި މުއާމަލާތުގެ ދަށުން ސައުދީއަށް ފޯރުކޮށްދޭ "ޖޭ.ޑީ.އޭ.އެމް-އީ.އާރް" އުފައްދާ މައި ކުންފުންޏަކީ ބޯއިންގް އެވެ. އަދި "އޭ.ޖީ.ޓީ-150" އިންޖީނުތައް ފޯރުކޮށްދޭނީ ހަނީވެލް ކުންފުނިންނެވެ.

މީގެ އިތުރުން، އެމެރިކާ ސަރުކާރުން ވަނީ އޮމާނާއި އިރާގަށް ވެސް ހަތިޔާރާއި އަސްކަރީ ޚިދުމަތްތައް ވިއްކުމުގެ ދެ ހުއްދައެއް ދީފަ އެވެ. 

އެގޮތުން، އޮމާންގެ މަސްކަޓަށް އެފް-16 މަރުކާގެ ބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 188 މިލިއަން ޑޮލަރުގެ މުއާމަލާތަކަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހުއްދަ ދީފަ އެވެ.

ހަމައެއާއެކު، އިރާގަށް "ބެލް 412 އީ.ޕީ.އެކްސް" މަރުކާގެ ހެލިކޮޕްޓަރުތައް ގަތުމަށް 150 މިލިއަން ޑޮލަރުގެ މުއާމަލާތެއް ކުރިއަށް ގެންދިއުމުގެ ހުއްދަ ވެސް އެމެރިކާ ސަރުކާރުން ވަނީ ދީފަ އެވެ.

އެމެރިކާ-ސައުދީ އަރަބިއްޔާއޮމާންއިރާގު

އެންމެ ހިނގާ

1

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

2

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

5

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
01 ސެޕްޓެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި

01 ސެޕްޓެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި
29 އޯގަސްޓު 2026

ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި

29 އޯގަސްޓު 2026
ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި
28 އޯގަސްޓު 2026

ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް

28 އޯގަސްޓު 2026
ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް
22 އޯގަސްޓު 2026

އުރުދުޣާން އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް އިއުލާނުކުރައްވަފާނެތަ؟

22 އޯގަސްޓު 2026
އުރުދުޣާން އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް އިއުލާނުކުރައްވަފާނެތަ؟
19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
19 އޯގަސްޓު 2026

އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟

19 އޯގަސްޓު 2026
އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
15 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި

15 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި
09 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި

09 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް