Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟

19 އޯގަސްޓު 2026 | ބުދަ 08:31

ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި އަސްކަރީ ކޯލިޝަނެއްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމި ނިންމުމަކީ ގައުމުގެ ސިޔާދަތާއި އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ. މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ޒަމާންވީ ޚާރިޖީ ސިޔާސަތު ގެއްލި، ބޭނުމެއްނެތް ހަނގުރާމަތަކެއްގެ ތެރެއަށް ގައުމު ދަމައިގަނެވިދާނެ ކަމުގެ ބިރު އެބައޮތް. އެހެންކަމުން މިއީ ސަރުކާރުން ރައްޔިތުންގެ ސަލާމަތަށްވުރެ ބޭރުގެ މަސްލަހަތު އިސްކުރުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 އޯގަސްޓު 2026 | ބުދަ 08:31
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގައުމީ ދިދަ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގައުމީ ދިދަ | ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި 2026 މާރިޗު 30 ވަނަ ދުވަހު އުފެއްދި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޮލިޝަން (އެމްއެމްޑީސީ) އަކީ އަރަބިކަރައިގެ ކަނޑުގެ ސަރަހައްދުތަކާއި، ބާބުލް މަންދަބު ކަނޑާއި، ރަތް ކަނޑު އަދި އަދަން ކަނޑު ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށްގެން ހަދާފައިވާ އަސްކަރީ އަދި ސަލާމަތީ ފްރޭމްވަރކެކެވެ. މި ކޯލިޝަންގެ ފައުންޑިންގ މެންބަރުންގެ ގޮތުގައި ބަހްރައިން، ބަންގްލަދޭޝް، ކޮމޮރޯސް، ޖިބުތީ، މިޞްރު، އުރުދުން، ކުވެއިތު، ޕާކިސްތާން، ގަތަރު، ސައުދީ އަރަބިއްޔާ، ސޮމާލިއާ، ސޫދާން، ތުރުކީ އަދި ޔަމަނުގެ ސަރުކާރު ހިމެނޭ އިރު، މިއީ މައިގަނޑު ގޮތެއްގައި ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތައިގެ ސަޕްލައި ލައިންތައް ރައްކާތެރިކުރުމުގެ ނަމުގައި އުފައްދާފައިވާ އިއްތިހާދެކެވެ.

ނަމަވެސް މިފަދަ ޚާރިޖީ އަދި އަސްކަރީ ކޯލިޝަންތަކުގައި ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކުން ބައިވެރިވުމަކީ ގައުމުގެ ސިޔާދަތަށާއި އިގްތިސާދަށް ނުހަނު ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ޚާއްސަކޮށް މެދުއިރުމަތީގެ އުނދަގޫ އަދި ހޫނު މައްސަލަތަކާއި ފްލޭޝް ޕޮއިންޓްތަކުގެ ތެރެއަށް ދިވެހިރާއްޖެ ދަމައިގަނެވިދާނެ ކަމުގެ ބިރު އޮތުމާއެކު، މިއީ ރާއްޖޭގެ ގާބިލުކަމަށްވުރެ ބޮޑު ކަމަކާ ކުރިމަތިލުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާންތަކުގައި ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމާއި، އިސްތިގްލާލާއި، ދިވެހީންގެ އަމިއްލަވަންތަކަން ހިމާޔަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބެވެ. ދިވެހި ބިމުން ނުވަތަ ކަނޑުގެ ސަރަހައްދުން ޒައްރެއްގެ މިންވަރު ވެސް، އެންމެ ވެލިފުކެއް ވެސް ދޫކޮށްނުލުމަށާއި ގައުމުގެ ކަންކަން ދިވެހީންގެ މަސްލަހަތާއި ސަލާމަތަށްޓަކައި އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު ދެމެހެއްޓުމަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ބައްޓަންކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އެހެން ނަމަވެސް ސައުދީ އަރަބިއްޔާ ހިތްހަމަޖެއްސުމަށާއި އަމިއްލަފުޅު ސިޔާސީ ނުފުޒާއި ވެރިކަމުގެ ޖާހަށްޓަކައި މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލައްވާ، ސަލާމަތް ނުވެވޭވަރުގެ ހަނގުރާމަތަކެއްގެ ތެރެއަށް ދިވެހިރާއްޖެ ހުށަހެޅުއްވުމަށް އެމަނިކުފާނު މި ވަނީ މަސައްކަތްޕުޅު ފައްޓަވާފަ އެވެ. އެގޮތުން ޗާޓަރ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގައި ދިވެހިރާއްޖެ އިން ބައިވެރިވެ ސޮއިކުރުމަށް މަޖިލީސް މެދުވެރިކޮށް މި ވަނީ ފާސްކޮށްފަ އެވެ. 

"ޕްރޯ މޯލްޑިވްސް" ގެ މަތިން ހަނދުމަފުޅު ނައްތާލައްވައި ދިވެހީންގެ މަސްލަހަތު އެންމެ އިސްކުރައްވާނެ ކަމަށް ވިދާޅުވި ވައުދުފުޅުތަކާ މުޅިން ޚިލާފަށް، ބޭރުގެ އަސްކަރީ ކޯލިޝަންތަކާ ގުޅުމަކީ ރާއްޖޭގެ ޒަމާންވީ ޚާރިޖީ ހަމަހަމަ، ނިއުޓްރަލް ސިޔާސަތަށް އަރައިގަތުމެވެ. މެދުއިރުމަތީގެ ހަނގުރާމަތަކާއި ހޫނުވެފައި މަސްރަހުގެ ތެރެއަށް ވަދެ، ވަކި ގައުމެއް، ޚާއްސަކޮށް ސައުދީ އަރަބިއްޔާ އިން އިސްނަގައިގެން އުފައްދާފައިވާ އަސްކަރީ އިއްތިހާދުތަކުގެ ތެރެއަށް ވަނުމަކީ ރާއްޖޭގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

މިފަދަ ކޯލިޝަންތަކުގައި ބައިވެރިވުމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، ބޭނުމެއްނެތި ހަނގުރާމައިގެ ތެރެއަށް ދަމައިގަނެވޭ ސަބަބުތައް ވަރަށް ސާފެވެ. ޗާޓަރުގައި އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުން މަޖުބޫރު ނޫން ކަމަށް ބުނެފައި އޮތް ނަމަވެސް، ސިޔާސީ ޕްރެޝަރުތަކުގެ ސަބަބުން ކުދި ގައުމުތައް ބޮޑެތި ހަނގުރާމަތަކުގެ ތެރެއަށް ވަރަށް ފަސޭހައިން ވެއްދެ އެވެ.

މިފަދަ ޚާރިޖީ އަސްކަރީ އިއްތިހާދަކާ ގުޅުމުން، ހޫޡީން ނުވަތަ އީރާން ފަދަ ހަނގުރާމަވެރި ފަރާތްތަކުގެ ނުރުހުން ސީދާ ދިވެހިރާއްޖެއަށް އަމާޒުވެ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، ބޭނުމެއްނެތި ރާއްޖެ ހަނގުރާމައެއްގެ ތެރެއަށް ވަދެވެ އެވެ. ރައީސް މުއިއްޒުގެ އަމިއްލަފުޅު ސިޔާސީ މަސްލަހަތު ހާސިލުކުރެއްވުމަށްޓަކައި، ދިވެހި ރައްޔިތުންގެ ފުރާނައާއި ގައުމުގެ އަމާންކަން މެދުއިރުމަތީގެ ހަނގުރާމަތަކުގެ ތެރެއަށް ހުށަހެޅުމަކީ ގައުމަށް ވެވަޑައިގަންނަވާ ޚިޔާނާތެކެވެ.

މީގެއިތުރުން، މިއީ ދިވެހިރާއްޖޭގެ މައިގަނޑު އިގްތިސާދީ ލައިފްލައިން ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ. އަމާން، ސުލްހަވެރި ވެއްޓެއްގައި ފަތުރުވެރިން އަންނަ ގައުމެއްގައި މިފަދަ އަސްކަރީ މައްސަލަތަކާއި ސަލާމަތީ ކަންބޮޑުވުންތައް އުފެދުމަކުން، ބައިނަލްއަގުވާމީ ދަތުރުފަތުރާއި ޝިޕިންގ އަދި އިންޝުއަރެންސްގެ އަގުތައް އުފުލި، އިމްޕޯޓުކުރާ ކާބޯތަކެއްޗާއި ތެލުގެ އަގުބޮޑުވެ، ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ އެވެ. ތިމާވެށީގެ މައްސަލަތަކާއި އަމާންކަމަށް އިސްކަންދޭ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، ގައުމުގެ މަދު ވަސީލަތްތަކާއި ޑިޕްލޮމެޓިކް ގާބިލުކަން ރާއްޖޭގެ ދާޚިލީ ބޭނުންތަކަށްވުރެ ބޭރުގެ އަސްކަރީ މައްސަލަތަކަށް ނުވަތަ ޚާރިޖީ ކަންކަމަށް ނަގާލަންޖެހުމަކީ ގައުމީ ތަރައްގީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މިއީ ސުލްހައަށްޓަކަށް ކުރައްވާ ކަމެއް ކަމަށް ރައީސް މުއިއްޒު ކިތަންމެ ވަރަކަށް ދައްކަވަން އުޅުއްވި ނަމަވެސް މި އެއްބަސްވުމާއެކު ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ހަނގުރާމައިގެ ކޯލިޝަނަކަށް މިވަނީ ވަންނަން ނިންމާފަ އެވެ. ދެން އުފެދޭ ސުވާލަކީ ތާރީޚުގައި ވެސް މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު، ރާއްޖޭގެ އަސްކަރީ ގާބިލުކަން ހަމަ އެހާ ކުރިއަރައިގެން ދިޔައިތޯ އުފެދޭ ސުވާލެވެ. ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި މީހުން ގެއްލިގެން، ދިވެހި އަސްކަރިއްޔާ އަށް އެއްވެސް ކަމެއް ނުކުރެވި އެންމެ ފަހުން އަބަދުވެސް ބޭރުގެ އެހީތެރިކަން ހޯދަން ޖެހޭ މި ދިވެހިރާއްޖެ ހަނގުރައިމައިގެ ކޯލިޝަނެއްގައި ބައިވެރިވާތީ އަޖައިބުވެ އެވެ. 

ކަނޑުއަޑީގެ ނުވަތަ ސަރަހައްދީ ކާރިސާތަކުން އަރައިގަންނަން ނުކުޅެދިފައިވާ ގައުމަކުން، މެދުއިރުމަތީގެ ހޫޡީންނާއި އީރާން ފަދަ ނުރައްކާތެރި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ހިންގާ މިފަދަ ބޮޑެތި އަސްކަރީ ހަނގުރާމަތަކުގައި ބައިވެރިވެ، ލިބިފައިނުވާ ގާބިލުކަމަކާ ކުރިމަތިލުމަކީ މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ހުށަހެޅުމެވެ. އޮސްޓްރޭލިޔާ އިން ހަދިޔާކުރި މަނަވަރަކާ، ތުރުކީ އިން ހަދިޔާ ކުރި ޑްރޯންތަކެއް ލިބިގެން މި ގައުމު ހަނގުރާމައަކަށް ނުކުންނާކަށް އަދި ނުވެ އެވެ. އިންޑިއާ އައުޓް ގޮވުމަށްފަހު އަލުން އަނބުރާ ގުންފައި ޖައްސަވައި އިންޑިއާގެ އެހީތެރިކަން ހޯއްދަވަން ޖެހިވަޑައިގެންނެވިހެން، ސައުދީއާ ދެކޮޅު ފަރާތްތަކާ ހަނގުރާމަ ކުރުމަށް އެއްބަސްވެވަޑައިގެންނެވުމަށްފަހު ހަމަ އެމީހުންގެ އެހީ އަށް އެދިވަޑައިގަންނަވަން ޖެހިދާނެކަން ރައީސް މުއިއްޒު ހަނދުމަފުޅު ބަހައްޓަވަން ޖެހެ އެވެ.  

އެހެންކަމުން، ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވައިގެން، ސައުދީ އަރަބިއްޔާ ހިތްހަމަޖެއްސުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި އަމިއްލަ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރެއްވުމަށްޓަކައި، މުޅި ގައުމު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލައްވާ، ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅުއްވުން ރައްޔިތުން ބަލައެއް ނުގަންނާނެ އެވެ. "ޕްރޯ މޯލްޑިވްސް" އާއި "އިންޑިއާ އައުޓް" ބޭނުންކުރައްވައިގެން، ގައުމުގެ ވެރިކަމަށް ވަޑައިގެން، ރާއްޖޭގެ މިނިވަންކަމުގެ ވާހަކަ ދެއްކަވާ ރައީސް މުއިއްޒު، ގައުމުގެ މަސްލަހަތު ފުނޑުފުނޑުކޮށްލައްވާ، ހަމައެކަނި ބޭރުގެ ފަރާތްތަކެއްގެ ފައިދާއަށް މަސައްކަތް ކުރެއްވުމަކީ ދިވެހި ދައުލަތުގެ އަސާސްތަކާއި ގައުމީ ސަލާމަތާ މުޅިން ފުށުއަރާ، ގައުމަށް ޣައްދާރުވެ ވަޑައިގަތުމެވެ. 

ޑރ. މުހައްމަދު މުއިއްޒުމަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސްއެމެރިކާ-ސައުދީ އަރަބިއްޔާހޫޡީން-އީރާން

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!

19 އޯގަސްޓު 2026
ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!
18 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް

18 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް
18 އޯގަސްޓު 2026

މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް

18 އޯގަސްޓު 2026
މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
15 އޯގަސްޓު 2026

ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!

15 އޯގަސްޓު 2026
ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
15 އޯގަސްޓު 2026

މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި

15 އޯގަސްޓު 2026
މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި
15 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި

15 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި
15 އޯގަސްޓު 2026

އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި

15 އޯގަސްޓު 2026
އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި
14 އޯގަސްޓު 2026

"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!

14 އޯގަސްޓު 2026
"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް