Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. ފީއަލި

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

5 އޯގަސްޓު 2026 | ބުދަ 14:07

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ލަސްވެ، އެކަށީގެންވާ ވަސީލަތްތައް ބޭނުން ނުކުރާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. އައު ކައުންސިލް ހުވާކުރުމުގެ ކުރިން ނިންމަން އަމާޒުހިފި މި މަޝްރޫއު ދިގުލައިގެން ދިއުމަކީ ރަށުގެ ޒުވާނުންނަށް ލިބޭ ބޮޑު ގެއްލުމެއް ގޮތުގައި ރައްޔިތުން ބުނޭ. އެހެންކަމުން، މި މަސައްކަތް އަވަސްކުރުމަށް އާންމުން ދަނީ ގޮވާލަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 އޯގަސްޓު 2026 | ބުދަ 14:07
ފ. ފީއަލީ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

ފ. ފީއަލީ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން | އެމްޓީސީސީ

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެންކަން ހާމަވެއްޖެ އެވެ. 

އާންމު ރައްޔިތަކު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ އެމްޓީސީސީގެ ވެހިކަލްތައް ރަށުގައި ހުރި ނަމަވެސް މަސައްކަތް ކުރަމުން ދަނީ އަތު އުދެއްޔާއި ބަރޯ ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. 

Advertisement - newsAdvertisement

ފީއަލީ ފުޓްސަލް ދަނޑުގެ މަސައްކަތަކީ އައު ކައުންސިލް ހުވާ ކުރުމުގެ ކުރިން ހުޅުވަން ނިންމާފައިވާ މަޝްރޫއު އެކެވެ. ނަމަވެސް ދަނޑުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން ވަނީ ހުޅުވޭ ގޮތް ނުވެފައި އެވެ. 

އާންމު ރައްޔިތަކު ބުނި ގޮތުގައި މި މަސައްކަތް ނިންމަން ތާރީހުތަކެއް ކަނޑައެޅި ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ މަސައްކަތް ކުރަން ގެނައި ސާމާނު ގެންދިޔުމުން ކަމަށެވެ. 

ޝަރުވާން އަލީ ނަމަކަށް ކިޔާ އެކައުންޓަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް

ޝަރުވާން އަލީ ނަމަކަށް ކިޔާ އެކައުންޓަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް | ސޯޝަލް މީޑިއާ

މީގެއިތުރުން މި މަސައްކަތް ނުނިމި ލަސްވާ ކޮންމެ ދުވަހަކީ ފީއަލީގެ ޒުވާނުންނަށް ލިބޭ ގެއްލުމެއް ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ފީއަލީއިން ކައުންސިލް 3 ގޮނޑި އަދި ޑަބްލިއުޑީސީގެ 3 ގޮނޑި ވެސް ލިބިފައި ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށެވެ. މިއީ ތާރީހުގައި ވެސް ޕީއެންސީ ފިކުރަށް އެ ރަށު ކައުންސިލް މެޖޯރިޓީ ލިބުން ފުރަތަމަ ފަހަރެވެ. 

ފީއަލިއެމްޓީސީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
03 އޯގަސްޓު 2026

މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި

03 އޯގަސްޓު 2026
މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި
02 އޯގަސްޓު 2026

އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!

02 އޯގަސްޓު 2026
އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!
31 ޖުލައި 2026

މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް

31 ޖުލައި 2026
މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް
30 ޖުލައި 2026

މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!

30 ޖުލައި 2026
މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!
30 ޖުލައި 2026

ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!

30 ޖުލައި 2026
ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!
27 ޖުލައި 2026

މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!

27 ޖުލައި 2026
މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!
25 ޖުލައި 2026

މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!

25 ޖުލައި 2026
މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!
25 ޖުލައި 2026

"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ

25 ޖުލައި 2026
"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ
23 ޖުލައި 2026

ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ

23 ޖުލައި 2026
ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް