Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީނީމަގު

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ

6 އޯގަސްޓު 2026 | ބުރާސްފަތި 08:28

އަމީނީމަގުގެ ފަހު ސެގްމަންޓުގެ ތާރުގަނޑު ހަލާކުވުމާ ގުޅިގެން، އެ ސަރަހައްދު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ފަށާފައި. މި މަސައްކަތުގެ ދަށުން ތާރުގަނޑު އަލުން އެޅުމާއި ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުގެ ޕޭވްމަންޓަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫއު ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 6 އޯގަސްޓު 2026 | ބުރާސްފަތި 08:28
އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ

އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ | ރާއްޖެއެމްވީ

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓު ހަލާކުވުމާ ގުޅިގެން، އެ ސަރަހައްދު އަލުން މަރާމާތުކޮށް ތާރުއެޅުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އަމީނީމަގުގެ ހުޅަނގަށްވީ ފަރާތުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މި އޮގަސްޓު މަހުގެ 3 ވަނަ ދުވަހު އެވެ. އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ، މިހާރު ވަނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އަމީނީމަގު ބަންދުކޮށްފަ އެވެ. އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު ނިމުނުއިރު ތާރުއަޅާ ނިމުނީ އަމީނީ މަގުގެ 90 އިންސައްތަ އަށެވެ. އެގޮތުން ކުރީގެ ހައުސިންގ މިނިސްޓްރީއާ ހަމައަށް އޭރު ތާރުއަޅާ އެއްކޮށް ނިންމާލި އެވެ.

ސަރުކާރު ނިމުނުއިރު ވެސް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާނުލެވުނު ކަމަށް ބުނެ، ކުރީގެ ހައުސިންގ މިނިސްޓްރީން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާއި ހަމައަށް ހަލުވި ދުވެއްޔެއްގައި ތާރުއަޅައި އެއްކޮށް ނިންމާލި އެވެ. އަމީނީމަގުގެ ހަލާކުވެގެން އަލުން މަރާމާތުކުރަން ޖެހުނީ އެ ސަރަހައްދެވެ. އެ މަގު ހަލާކުވާން މެދުވެރިވީ، މަގުގައި ތާރުއެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމުގެ ސަބަބުން ކަމަށް ކަމާ ގުޅުންހުރި ޓެކްނިކަލް ފަރާތްތަކުން ބުނެ އެވެ.

އަމީނީމަގު ތަރައްގީކޮށް އާންމު ދަތުރުފަތުރަށް ހުޅުވާލިތާ ގިނަ ދުވަސްތަކެއް ނުވަނީސް މަގު ހަލާކުވެ، ދެވަނަ ފަހަރަށް މަގު މަރާމާތުކުރަން ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މި ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުވެފަ އެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން މަގުގައި އަޅާފައިވާ ތާރުގަނޑު ނަގައި އަލުން ތާރުއެޅުމުގެ މަސައްކަތުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

އަމީނީ މަގުއެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

05 އޯގަސްޓު 2026
ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!
05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
03 އޯގަސްޓު 2026

މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި

03 އޯގަސްޓު 2026
މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި
03 އޯގަސްޓު 2026

އަމީނީ މަގުގައި މިސަރުކާރުން ތާރު އެޅި ސަރަހައްދު ހަލާކުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ސަރުކާރުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެ

03 އޯގަސްޓު 2026
އަމީނީ މަގުގައި މިސަރުކާރުން ތާރު އެޅި ސަރަހައްދު ހަލާކުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ސަރުކާރުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެ
02 އޯގަސްޓު 2026

އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!

02 އޯގަސްޓު 2026
އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!
31 ޖުލައި 2026

މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް

31 ޖުލައި 2026
މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް
30 ޖުލައި 2026

މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!

30 ޖުލައި 2026
މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!
30 ޖުލައި 2026

ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!

30 ޖުލައި 2026
ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!
27 ޖުލައި 2026

މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!

27 ޖުލައި 2026
މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!
25 ޖުލައި 2026

މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!

25 ޖުލައި 2026
މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް