Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް

23 އޯގަސްޓު 2026 | އާދީއްތަ 10:06

ކާރުތައް ގެނައުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިމެނޭކަން ފާހަގަކުރައްވާ މާޒް ސަލީމް ވިދާޅުވީ، ރާއްޖެ އަށް ކާރު އިމްޕޯޓް ކުރާ ފަރާތްތަކުން މައުލޫމާތު ދިންގޮތުގައި އެމްޓީސީސީ އިން އެތެރެކޮށްފައިވާ 150 ކާރަށް 80 މިލިއަން ރުފިޔާ ޚަރަދުވުމަކީ ވަރަށް ބޮޑު އަގެއް ކަމަށް. އަދި އެންމެ ބޮޑުވެގެން ކާރެއް ތިން ހާސް ޑޮލަރަށް ލިބޭނެ ކަމަށް ކުންފުނިތަކުން ލަފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2026 | އާދީއްތަ 10:06
އެމްޓީސީސީ އިން އެތެރެ ކޮށްފައިވާ ޓެކްސީތަކުގެ ތެރެއިން ކާރަކަށް މިނިސްޓަރު އަމީން އަރައިވަޑައިގަންނަވަނީ

އެމްޓީސީސީ އިން އެތެރެ ކޮށްފައިވާ ޓެކްސީތަކުގެ ތެރެއިން ކާރަކަށް މިނިސްޓަރު އަމީން އަރައިވަޑައިގަންނަވަނީ | އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މާޒް ސަލީމް ވިދާޅުވީ އެމްޓީސީސީ އިން ފޯރުކޮށްދޭ ޓެކްސީގެ ހިދުމަތް ދައުލަތުގެ އިސްވެރިން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން، ސަރުކާރުގެ ވަސީލަތެއް ބޭނުން ކުރުމަކީ ގާނޫނީ ގޮތުން އަދަބު ލިބޭ ކުށެއް ކަމަށެވެ.

Advertisement - newsAdvertisement

ކާރުތައް ގެނައުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިމެނޭކަން ފާހަގަކުރައްވާ މާޒް ސަލީމް ވިދާޅުވީ، ރާއްޖެ އަށް ކާރު އިމްޕޯޓް ކުރާ ފަރާތްތަކުން މައުލޫމާތު ދިންގޮތުގައި އެމްޓީސީސީ އިން އެތެރެކޮށްފައިވާ 150 ކާރަށް 80 މިލިއަން ރުފިޔާ ޚަރަދުވުމަކީ ވަރަށް ބޮޑު އަގެއް ކަމަށެވެ. އަދި އެންމެ ބޮޑުވެގެން ކާރެއް ތިން ހާސް ޑޮލަރަށް ލިބޭނެ ކަމަށް ކުންފުނިތަކުން ލަފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ އެތެރެކޮށްފައިވާ ކާރުތަކަކީ ދައުލަތުން ގެނަސްފައިވާ އެއްޗަކަށް ވުމުން، ކަސްޓަމްސް އަށް ދައްކަން ޖެހޭ ޑިއުޓީ އާއި ރަޖިސްޓްރީ ފީ ދައްކާފައި ނުވާ ކަމަށެވެ.

ރައްޔިތުންނަށް މި ކާރުގެ ސަބަބުން މަންފާއެއް ނުވާ ކަމަށް ފާހަގަކުރައްވާ މާޒް ސަލީމް ވިދާޅުވީ މިހާރު ވެސް ގިނަ ރައްޔިތުންނަށް ލިބެނީ އަމިއްލަ މީހުންގެ ޓެކްސީތައް ކަމަށެވެ. އަދި އެމްޓީސީސީގެ ޓެކްސީތަކުން ހިދުމަތް ލިބިގެންދަނީ މަދު ފަހަރުތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމަށް ހެދި އެޕްލިކޭޝަންގެ މަސައްކަތް 13 މިލިއަން ރުފިޔާ އަށް ސިއްރީޔާތުގައި ހަވާލުކޮށްފައިވަނީ، މި މަސައްކަތާ ހަވާލުވެ ހުރި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ފާރިޝްއާ އެއް ގެއަކަށް ނިސްބަތްވާ މީހަކަށް ކަމަށެވެ. އަދި މިއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާރު ބޭނުންކުރުމަށް އެޕްލިކޭޝަން އެއް ހެދުމަށް ސިއްރިއްޔާތުގައި ބަޔަކަށް މިއޮތީ ދީފަ. ދީފަ މިއޮތީ 13 މިލިއަން ރުފިޔާއަށް ފިކްސް މޯލްޑިވްސްގެ ނަމުގައިވާ ކުންފުންޏަކަށް. މި ކުންފުނި ނިސްބަތްވަނީ ހދ.ނޮޅިވަރަންފަރު ޑެއިޒީމާގެ އިބްރާހީމް އަބްދުﷲ އަށް. މި މަސައްކަތް ރާވާ ހިންގުމަށް އެމްޓީސީސީގެ ފަރާތުން މަސައްކަތް ކުރަމުން ދިޔައީ އެތަނުގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ފާރިޝް. މި ދެބޭފުޅުންނަކީ އެއް ގެއަކަށް ނިސްބަތްވާ ދެ ބޭފުޅުން. މީވެސް މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް
މާޒް އަހުމަދު ސަލީމް

މި އެޕްލިކޭޝަނަކީ ވަރަށް ފެންވަރު ދަށްކޮށް، އާދައިގެ ގޮތަކަށް ހަދާފައިވާ އެޕްލިކޭޝަނެއް ކަމަށް މާޒް ސަލީމް  ވިދާޅުވި އެވެ.

އެމްޓީސީސީ އިން ގެނައި ކާރުތަކުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އާދީއްތަ ދުވަހު މާޒް ސަލީމް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސް ކުރައްވާ ސިޓީއެއް ފޮނުއްވާފައި އެވެ.

އެމްޓީސީސީމާލެ ޓެކްސީ ލައިންއެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)މާޒް ސަލީމް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އެސްއީޒެޑްގެ މަޝްރޫއުން ދައުލަތައް ފައިދާގެ ގޮތުގައި ލިބިގެންދާނީ އެންމެ އިންސައްތައެއް: މާޒް ސަލީމް

20 އޯގަސްޓު 2026
އެސްއީޒެޑްގެ މަޝްރޫއުން ދައުލަތައް ފައިދާގެ ގޮތުގައި ލިބިގެންދާނީ އެންމެ އިންސައްތައެއް: މާޒް ސަލީމް
06 އޯގަސްޓު 2026

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ

06 އޯގަސްޓު 2026
މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ
05 އޯގަސްޓު 2026

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

05 އޯގަސްޓު 2026
ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!
05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
03 އޯގަސްޓު 2026

މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި

03 އޯގަސްޓު 2026
މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި
02 އޯގަސްޓު 2026

އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!

02 އޯގަސްޓު 2026
އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!
31 ޖުލައި 2026

މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް

31 ޖުލައި 2026
މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް
30 ޖުލައި 2026

މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!

30 ޖުލައި 2026
މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!
30 ޖުލައި 2026

ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!

30 ޖުލައި 2026
ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!
27 ޖުލައި 2026

މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!

27 ޖުލައި 2026
މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް