ފޭސް ދޭއްްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ
30 އޯގަސްޓު 2026 | އާދީއްތަ 02:08މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެފައިވޭ


ހުޅުމާލޭގައި ހިނގި އެކްސިޑެންޓު | ސޯޝަލް މީޑިއާ
ހުޅުމާލެ ފޭސް ދޭއްގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ބުނެފައި ވަނީ ހިތިގަސްމަގު ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޮގަސްޓު 29 ވަނަ ދުވަހުގެ ރޭ 21:04 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










