Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި

22 އޯގަސްޓު 2026 | ހޮނިހިރު 11:51

ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ދުވެލީގައި ދުއްވި ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ކާރު ދުއްވަން އިން ބ. ކަމަދޫ، މިއުނިކް، ހަސަން ރިފާއުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި. މި ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އޭގައި ތިބި ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާތީ ފަރުވާއަށްފަހު ވަނީ ދޫކޮށްލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޯގަސްޓު 2026 | ހޮނިހިރު 11:51
ހުކުރު ދުވަހު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް

ހުކުރު ދުވަހު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް | ސޯޝަލް މީޑިއާ

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަމްބޮގިނީ މަރުކާގެ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ކާރު ދުއްވަން އިން މީހާގެ ޑްރައިވިންގ ލައިސަންސް ފުލުހުން ހިފަހައްޓައިފި އެވެ.

މި ހާދިސާގައި ކާރު ދުއްވަން އިނީ ބ. ކަމަދޫ، މިއުނިކް، ހަސަން ރިފާއު ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޯގަސްޓް 21 ވީ ހުކުރު ދުވަހުގެ ހެނދުނު 08:42 ހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެ އެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލުން ނެއްޓި، ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ވަނީ ފުރޮޅާލާފަ އެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ހަސަން ރިފާއުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖަކު އިން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް، މި ހާދިސާގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ކާރުގެ ބައިތައް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދެއްގައި މިފަދަ ބާރުގަދަ އަދި އަގުބޮޑު ކާރެއް ނުރައްކާތެރިކޮށް ދުއްވުމުން ފިޔަވަޅު އަޅާފައިވޭތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، ފުލުހުން ވަނީ ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓާފައިވާކަން ހާމަކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށާއި ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް އުޅަނދުތައް ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސިނަމާލެ ބުރިޖުއެކްސިޑެންޓްތައްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ހައިވޭގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ފުލުހުން

22 އޯގަސްޓު 2026
ހައިވޭގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ފުލުހުން
21 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ: ފުލުހުން

21 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ: ފުލުހުން
07 އޯގަސްޓު 2026

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި

07 އޯގަސްޓު 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި
05 އޯގަސްޓު 2026

ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

05 އޯގަސްޓު 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
03 އޯގަސްޓު 2026

ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން

03 އޯގަސްޓު 2026
ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން
03 އޯގަސްޓު 2026

އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި

03 އޯގަސްޓު 2026
އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި
02 އޯގަސްޓު 2026

ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ

02 އޯގަސްޓު 2026
ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ
02 އޯގަސްޓު 2026

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

02 އޯގަސްޓު 2026
ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
02 އޯގަސްޓު 2026

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!

02 އޯގަސްޓު 2026
ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!
01 އޯގަސްޓު 2026

އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ

01 އޯގަސްޓު 2026
އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް