Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ ބެލަންޑޯ ނީލަމުގައި ވިއްކާލައިފި

5 އޮކްޓޯބަރު 2017 | ބުރާސްފަތި 03:39

މި ބެލެންޑޯ ޓްރޮފީ ނީލަމުގައި ވިކިފައިވަނީ 6 ލައްކަ ޔޫރޯއަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 03:39
ރޮނާލްޑޯ ބެލެންޑޯ އެވޯޑާއެކު

ރޮނާލްޑޯ ބެލެންޑޯ އެވޯޑާއެކު

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް 2013 ވަނަ އަހަރު ލިބުނު ބެލަންޑޯ ޓްރޮފީ ނީލަމުގައި ވިއްކާލައިފިއެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ މި ބެލެންޑޯ ޓްރޮފީ ނީލަމުގައި ވިކިފައި ވަނީ 6 ލައްކަ ޔޫރޯއަށެވެ. މި ޓްރޮފީ ވިއްކާލައިގެން ލިބުނު ފައިސާ ރޮނާލްޑޯ ހަދިޔާ ކޮށްފައިވަނީ "މޭކް އަ ވިޝް" ފައުންޑޭޝަނަށެވެ. ރޮނާލްޑޯ ޗެރިޓީއަށް ހަދިޔާ ކުރި މި ޓްރޮފީ ވިއްކާލާފައި ވަނީ "މޭކް އަ ވިޝް" ފައުންޑޭޝަނުން ލަންޑަންގެ ޑޯޗެސްޓާ ހޮޓަލުގައި ކުރިޔަށް ގެންދިޔަ "އާޓް އޮފް ވިޝެސް" ނީލަމުގައެވެ.

2013 ވަނަ އަހަރު ރޮނާލްޑޯ ހޯދި މި ބެލެންޑޯއަކީ އޭނާގެ ކެރިއަރުގައި ހޯދި ދެވަނަ ބެލެންޑޯއެވެ. މި އެވޯޑް އޭނާ ހޯދާފައި ވަނީ ލިއޮނެލް މެސީ އަދި ބަޔާން މިއުނިކްގެ ފްރޭންކް ރިބެރީ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. އެގޮތުން އޭނާ ވަނީ އެ އަހަރު ބެލެންޑޯގެ ވޯޓުގެ 28 ޕަސެންޓް ހޯދާފައެވެ. މި އެވޯޑަކީ ޖެހިޖެހިގެން 4 ފަހަރު މެސީ މި އެވޯޑު ހޯދުމަށް ފަހު ރޮނާލްޑޯ ހަތަރު އަހަރަށް ފަހު މި އެވޯޑު ހޯދި ފުރަތަމަ ފަހަރެވެ.

މި ފަންޑްރައިޒިން އިވެންޓަށް 2.7 މިލިއަން ޔޫރޯ ލިބިފައިވާއިރު މި އިވެންޓް އިންތިޒާމް ކުރި "މޭކް އަ ވިޝް" ފައުންޑޭޝަނުން ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ 1.5 މިލިއަން ޔޫރޯއެވެ. ރޮނާލްޑޯއަކީ "މޭކް އަ ވިޝް" ފައުންޑޭޝަނަށް އެކި ގޮތްގޮތުން އެހީތެރިވަމުންދާ އެތްލީޓެކެވެ. އެގޮތުން އޭނާ އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅާލުން ނުލިބި ތިބި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުއެކި މަސައްކަތް ކޮށްދެމުންނެވެ.

"މޭކް އަ ވިޝް" ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދެއްކި ސްޕޯކްސްޕާސަން ބުނެފައި ވަނީ މިފަދަ އަގުހުރި އެއްޗެއް ނީލަން ކިޔުމަށް ރޮނާލްޑޯ ހަދިޔާ ކުރުމުން އެއީ އެ ފައުންޑޭޝަނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ނަމޫނާ ބަލައި އެހެން ކުޅުންތެރިން ވެސް މިފަދަ ކަންކަން ކުރުމަށް އިސްނަގާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މާސާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ނީލަމަށް ހަދިޔާކުރި ބެލެންޑޯ ޓްރޮފީއަކީ އޭނާއަށް މި އެވޯޑު ލިބުނު އަހަރު އޭނާގެ އެދުމަށް ފީފާއިން ދިން އިތުރު ޓްރޮފީއެކެވެ. އަދި އޭނާއަށް ލިބުނު އަސްލު ޓްރޮފީ އަދިވެސް އޭނާގެ އަމިއްލަ ގޭގައި ބެހެއްޓިފައިވާ ކަމަށްވެއެވެ.

ރޮނާލްޑޯއަށް ވަނީ 2015 ވަނަ އަހަރު ޗެރިޓީއަށް އެންމެ ގިނައިން ފައިސާ ހަރަދުކުރާ އެތްލީޓުގެ އެވޯޑު ލިބިފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ ދެ ލަނޑުން ޑޯޓްމަންޑްގެ މައްޗަށް ރެއާލް ކުރިހޯދައިފި

27 ސެޕްޓެމްބަރު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ ދެ ލަނޑުން ޑޯޓްމަންޑްގެ މައްޗަށް ރެއާލް ކުރިހޯދައިފި
26 ސެޕްޓެމްބަރު 2017

ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް

26 ސެޕްޓެމްބަރު 2017
ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް
14 ސެޕްޓެމްބަރު 2017

ޔުއެފާ ޗެމްޕިއަންސް ލީގު:ރޮނާލްޑޯގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ

14 ސެޕްޓެމްބަރު 2017
ޔުއެފާ ޗެމްޕިއަންސް ލީގު:ރޮނާލްޑޯގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ
24 އޯގަސްޓު 2017

ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ

24 އޯގަސްޓު 2017
ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ
23 އޯގަސްޓު 2017

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

23 އޯގަސްޓު 2017
ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން
15 އޯގަސްޓު 2017

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

15 އޯގަސްޓު 2017
ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!
22 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި
17 ޖޫން 2017

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި
03 މެއި 2017

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017
ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް