Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ުކުޅިވަރު

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވެން ނެތްކަން އެންގުމުން ރޮނާލްޑޯ ވަނީ ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 12:24
ރެފްރީ ރޮނާލްޑޯއަށް ރަތްކާޑު ދައްކަނީ

ރެފްރީ ރޮނާލްޑޯއަށް ރަތްކާޑު ދައްކަނީ

ޕޯޗުގަލްއާއި ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދީފައިވާ އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

އެކަން ހާމަކޮށް، ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރެއާލް މެޑްރިޑުން ރޮނާލްޑޯގެ އަދަބު ލުއިކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެހެން ނަމަވެސް ރޮނާލްޑޯއަށް އެ ފެޑެރޭޝަނުން ދީފައިވާ އަދަބު ލުއިކޮށްދެވެން ނެތް ކަމަށެވެ.

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ މި ބަޔާނުގައި ބުނެފައި ވަނީ ރޮނާލްޑޯ އަށް ދީފައިވާ އަދަބަކީ އޭނާ ކުރި ކުށަށް ދީފައިވާ ހައްޤު އަދަބެއް ކަމަށެވެ. ރޮނާލްޑޯ އަށް އެ އަދަބު ދީފައި ވަނީ މައްސަލަ ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށް ވެސް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

" ރޮނާލްޑޯގެ މައްސަލަ އާއި ގުޅިގެން ރެއާލް މެޑްރިޑުން އަދަބު ލުއި ކޮށްދިނުމަށް އެދިފައިވޭ. އެހެން ނަމަވެސް މައްސަލައިގެ ބާވަތަށް ބަލާފަ އަދަބު ދިނީ. އިތުރަށް ކޮށްދެވޭނެ ކަމެއްނެތް ." ބަޔާނުގައި ވެއެވެ.

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުގެ މި ނިންމުމާއި މެދު ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅު ކޮށްފައެވެ. އެގޮތުން ރޮނާލްޑޯ ވަނީ ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނަށް ފާޑުކިޔާ އޭނާގެ ހިސްޓަގްރާމް ޕޭޖުގައި ޕޯސްޓެއް އާންމު ކޮށްފައެވެ.

ރޮނާލްޑޯ ހިސްޓަގްރާމް ޕޭޖު މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައި ވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އަމަލު ކުރަމުން ގެންދަނީ އެއްވެސް އިންސާފެއް ނެތިކަމަށާއި އެގޮތުން އޭނާއަށް ފަސް މެޗުގައި ނުކުޅެވޭ ގޮތަށް ދީފައިވާ އަދަބަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

އަދި ހުރިހާ ކަމަކުން ވެސް އޭނާއާ މެދު ކަންތައް ކުރަމުން ގެންދަނީ ނާއިންސާފުން ކަމަށާއި އެގޮތަށް ކަންތައް ކުރަން ފުރުޞަތު ނުދޭނޭ ކަމަށެވެ. އަދި އަލުން އެނބުރި ކުރިޔަށް ވުރެ ވެސް ވަރުގަދަކޮށް އަންނާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

" އަނެއްކާވެސް އިތުރު ނާއިންސާފު ނިންމުމެއް އެ ނިންމީ. އެއް ނިންމުމަށް ފަހު އަނެއް ނިންމުން. އަހަރެންނާއި މެދު އެއްވެސް ކަމެއް އިންސާފުން ނުނިންމާ. މީ ކަންބޮޑުވާ ކަމެއް. އެހެން ނަމަވެސް އެގޮތަށް އަބަދަކު ކަންތަކެއް ނުކުރެވޭނެ. އަހަރެން ދެންވެސް އެނބުރި އަންނާނީ ކުރިޔަށް ވުރެ ވަރުގަދަ ކޮށް. އެކަން ސާބިތު ކޮށްދޭނަން." ރޮނާލްޑޯ ބުނެފައިވެއެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ދިން މި އަދަބާ މެދު ރޮނާލްޑޯވަނީ މީގެ ކުރިންވެސް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ނުރުހުން ފާޅު ކޮށްފައެވެ. އެގޮތުން އޭނާ ވަނީ މި އަދަބަކީ ކުރެވުނު ކުށާއި ނުބައްދަލު އަދަބެއް ކަމަށް ބުނެ މި އަދަބުގެ ސަބަބުން އޭނާއަށް އެތަކެއް އަސަރުތަކެއް ކުރާނެ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ވަނީ އޭނާގެ ޓީީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދެމުންދާ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ މިކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ސްޕެނިޝް ފުޓްބޮޅަ ފެޑެރޭޝަނުން ރޮނާލްޑޯއަށް މި އަދަބު ދީފައި ވަނީ ސްޕެނިޝް ސުޕަކަޕުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެ 1-3 ގެ ނަތީޖާއިން މޮޅުވި މެޗުގައި ރެފްރީގެ ބުރަކަށީގައި އަތްއަޅާ ކޮސްފާލި ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.

ރޮނާލްޑޯއަށް އެންމެ އަވަހަށް ވެސް މެޗެއް ކުޅެވޭނީ އަންނަމަހުގެ 20 ވަނަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.

ރޮނާލްޑޯއަކީ މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު