Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

ރޮނާލްޑޯ ވަނީ 5 މެޗަށް ސަސްޕެންޑް ކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 19:48
ރޮނާލްޑޯ އަށް ރެފްރީ ރަތްކާޑު ދައްކަނީ

ރޮނާލްޑޯ އަށް ރެފްރީ ރަތްކާޑު ދައްކަނީ

ސްޕެނިޝް ސުޕަކަޕްގެ ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑު ކުޅުނު މެޗުގައި ރެފްރީގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލުމުގެ ކުށުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ދީފައިވާ އަދަބު އެޕީލް ކުރާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން މިހެން ބުނެފައި ވަނީ ސްޕެނިޝް ސުޕަކަޕްގެ ދެވަނަ ލެގުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ޒިދާން ބުނީ ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑު ކުޅުނު މެޗުގައި ރޮނާލްޑޯގެ އަމަލުތައް ހުރިގޮތުން ކަމަށް ބުނެ އޭނާއަށް ފުޓްބޯޅަ ފެޑެރޭޝަނުން ދީފައިވާ އަދަބާމެދު ސުވާލު އުފެދޭކަންތައް ތަކެއް އެބަ ހުރިކަމަށާއި އެހެން ކަމުން އެ މައްސަލަ މިއަދުގެ ވަގުތެއްގައި އެޕީލްކުރަން ނިންމާފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޒިދާން ބުނީ ރޮނާލްޑޯގެ މައްސަލާގައި ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާ ކަމަށާއި އެ ބައްދަލުވުމަށް ފަހު ކުރިޔަށް ގެންދަންވީ ގޮތެއް އެނގިގެން ދާނޭކަމަށެވެ.

ޒިދާން ބުނީ އޭނާ ހުރީ ރޮނާލްޑޯއަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ދީފައިވާ އަދަބާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށާއި ރެއާލްގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ އެކަމާ ކަންބޮޑުވެފައި ކަމަށެވެ. އަދި ރެފްރީގެ މައްސަލައާ ބެހޭގޮތުން އޭނާ ބަހެއް ބުނަން ބޭނުން ނުވި ނަމަވެސް މެޗުގެ ވީޑިއޯ ރިޕްލޭ ބަލާލީމާ އެންމެންނަށް ވެސް ކަންތައް ހިނގާ ދިޔަގޮތް ވަރަށް ސާފުކޮށް ފެންނަން އެބަހުރިކަމަށެވެ.

ޒިދާން ބުނީ ރޮނާލްޑޯއަށް ދިން އަދަބު ބޮޑު ކަމަށާއި ފަސް މެޗުގެ ސަސްޕެންޝަނަކީ ރޮނާލްޑޯ ފަދަ ކުޅުންތެރިއަކަށް އެކަށީގެންވާ އަދަބެއް ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.. ޒިދާން ވަނީ ރޮނާލްޑޯ މައްސަލާގައި ސުވާލުތަކެއް އުފައްދާ ސްޕެނިޝް ފުޓްބޯޅަ އިދާރާގެ ވެރިންނަށް ވެސް ނުސީދާ ގޮތެއްގައި ފާޑުކިޔުން އަމާޒު ކޮށްފައެވެ. ޒިދާން ބުނީ ޒާތީ ގޮތުން ކުޅުންތެރިއަކާ ޖައްސާލައިގެން ނޫނީ މިފަދަ ނުހައްގު އަދަބެއް ކުޅުންތެރިއަކަށް ދީފާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް ބުނެފައެވެ.

" އަހަރެންނަކަށް މިކަން ގަބޫލެއް ނުކުރެވޭ. މިއީ ޒާތީގޮތުން ކުޅުންތެރިއަކާ ޖައްސާލައިގެން ނޫނީ މިފަދަ ނުހައްގު އަދަބެއް ދީފާނެކަމަށް ގަބޫލެއް ނުކުރަން." ޒިދާން ބުންޏެވެ.

ޒިދާން އިތުރަށް ބުނީ މިއަދުގެ ބައްދަލުވުމުގައި މި މައްސަލައާ ބެހޭގޮތުން ވަރަށް ފުޅާކޮށް މަސްވަރާ ކުރާނެ ކަމަށާއި މި ކޮމިޓީ ބައްދަލުވުމުގައި މި ހުރިހާ ކަމެއް ވެސް ރަނގަޅަށް ބަލާ ރޮނާލްޑޯއަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

" ރޮނާލްޑޯއަށް ދީފައިވާ އަދަބަކީ ބޮޑުވަރެއް. އެއީ ސުވާލު އުފެދޭކަމެއް. ވީގޮތް އެހެރީ ސާފުކޮށް ފެންނަން. އަހަރެންނަށް އެކަން ގަބޫލްކުރަން އުނދަގޫ. މިއަދު ރޮނާލްޑޯގެ މައްސަލާގައި ކޮމިޓީ ބައްދަލުވުމެއް ބާއްވާނެ. އުންމީދަކީ އިންސާފު ލިބުން." ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު