Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓުބޯޅަ

ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ

24 އޯގަސްޓު 2017 | ބުރާސްފަތި 09:37

އިޓަލީގެ ފިއޮރެންޓީނާ ރެއާލް މޮޅުވީ 1-2 ގެ އިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 24 އޯގަސްޓު 2017 | ބުރާސްފަތި 09:37
ރޮނާލްޑޯ ރެއާލްގެ ބައެއް ކުޅުންތެރިންނާ އެކު

ރޮނާލްޑޯ ރެއާލްގެ ބައެއް ކުޅުންތެރިންނާ އެކު

ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ހިތްގައިމު ގޯލާ އެކު 1-2 ގެ ނަތީޖާއިން އިޓަލީގެ ފިއޮރެންޓީނާ ބަލިކޮށް ރެއާލް މެޑްރިޑުން ޓްރޮފެއޯ ސެންޓިއާގޯ ބެރްނެބުއޭ ކާމިޔާބުކޮށްފި އެވެ.

މިއީ ކޮންމެ އަހަރަކުވެ އޮކްޓޫބަރ މަހުގެ 23 ވަނަ ދުވަހު ރެއާލް މެޑްރިޑުގެ ކުރީގެ ރައީސް އަދި ކްލަބުގެ ސްޓޭޑިއަމުގެ ނަން ނިސްބަތްވާ ސެންޓިއާގޯ ބެރްނެބުއޭގެ ޝަރަފުގައި ރެއާލް މެޑްރިޑުން ކުޅޭ އެކުވެރިކަމުގެ މެޗެކެވެ.

ގިނަ އަދަދަކަށް ރިޒާވް ކުޅުންތެރިން ހިމނައިގެން ރޭ ކުޅުނު މި މެޗުގައި ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާ މިވަގުތު ހުރީ ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ސަސްޕެންޝަނެއްގައެވެ. އެގޮތުން އަންނަ މަހުގެ 20 ގެ ކުރިން ސްޕެނިޝް ލީގުގެ މެޗެއް ރޮނާލްޑޯ އަކަށް ނުކުޅެވޭނެއެވެ.

ޔުއެފާ ސުޕަ ކަޕުގެ ފުރަތަމަ ލެގުން ބާސެލޯނާ އަތުން 3-1 އިން މެޑްރިޑް މޮޅުވި މެޗުގައި ރަތްކާޑު ދެއްކުމުން ހިތްހަމަނުޖެހިގެން ރެފްރީ ކޮއްޕާލާފައި ވާތީ ރޮނާލްޑޯ ހުރީ ފަސް މެޗުގެ ސަސްޕެންޝަނެއްގަ އެވެ.

މި މެޗުގެ ކުޅުން ފެށިގެން ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ގޯލެއް ޖަހާ ލީޑު ނެގިއިރު، މެޗުގެ ހަތަރު ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޑަން ވެރެޓޫއެވެ. އެހެން ނަމަވެސް ފިއޮރެންޓީނާއިން ގޯލް ޖަހާ މެޗުގެ ލީޑުނެގިތާ ދެމިނެޓު ފަހުން މެޗުގެ ހަތް ވަނަ މިނެޓުގައި ރޮނާލްޑޯގެ ރީތި ޕާހަކުން ބޯޔާ މަޔޮރަލް ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުން ރެއާލް މޮޅުވި ގޯލް 33 ވަނަ މިނެޓުގައި ކާމިޔ\ަބުކޮށްދިނީ ރެއާލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ މި ގޯލް ޖަހާފައިވަނީ ސްޕެނިޝް ސުޕަކަޕްގައި ބާސާކޮޅަށް ޖެހި ގޯލާ ދާދި އެއްކަހަލަ ގޮތަކަށެވެ. އެގޮތުން އަރިމަތިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު އޭނާ ވަނީ އެ ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލާފައެވެ.

މި މެޗަށް ފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ޒިދާން ވަނީ ރޮނާލްޑޯއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ޒިދާން ބުނީ ރޮނާލްޑޯގެ މުހިންމުކަން ކިތަންމެހާ ވެސް ބޮޑުކަމަށާއި އެކަން މިރޭގެ މެޗުން ވެސް ފެނިގެން ހިންގައްޖެ ކަމަށެވެ.

" މިރޭގެ މެޗުން ވެސް ރޮނާލްޑޯގެ މޮޅުކަމާއި މުހިންމުކަން ފެނިގެން ހިނގައްޖެ. އޭނާ މި ޓީމުގައި ހުރުމަކީ ބޮޑު އުފަލެއް،" ޒިދާން ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް