Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް

26 ސެޕްޓެމްބަރު 2017 | އަންގާރަ 12:36

ރޮނާލްޑޯއަށް ލަލީގާގައި އަދި ލަނޑެއް ޖެހިފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 ސެޕްޓެމްބަރު 2017 | އަންގާރަ 12:36
ކަވަހާލް އަދި ރޮނާލްޑޯ

ކަވަހާލް އަދި ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އަދި ގޯލު ފެންނާނެ ކަމަށް ރެއާލް މެޑްރިޑްގެ ޑިފެންޑާ ޑެނީ ކަވަހާލް ބުނެފިއެއެވެ.

މި ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން އަދި ލަނޑުތަކެއް ފެނިފައި ނުވިޔަސް ކުރިއަށްހުރި މެޗުތަކުގައި އޭނާގެ ފަރާތުން ލަނޑުތައް ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކަވަހާލް ބުނެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ރެއާލް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފަސް މެޗުގެ ސަސްޕެންޝަނެއް ފުރިހަމަ ކުރުމަށްފަހު ރޮނާލްޑޯ ކުޅުމުގެ ތެރެއަށް އެނބުރި އައުމަށްފަހު އޭނާ ކުޅުނު އެއްވެސް މެޗެއްގައި އޭނާ ލަނޑު ޖަހާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތަކާ އޭނާ ކުރިމަތިލާން ޖެހިފައިވާއިރު ކަވަހާލް ބުނެފައިވަނީ އެއްވެސް މީހަކު ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ ކަމާމެދު ޝައްކު ކޮށްގެން ނުވާނެ ކަމަށާއި އޭނާއަކީ ގޯލް މެޝިނެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލްއިން އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާ ބަލިކުރި މެޗުގައި ރޮނާލްޑޯ ގޯލު ޖެހިއިރު ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ކަވަހާލް ބުނީ ސީޒަނުގެ ކުރީކޮޅުގައި ޓީމަށް ދިމާވި މައްސަލަތަށް ހައްލުކުރެވިފައިވާ ކަމަށާއި ޑޯޓްމަންޑާ ދެކޮޅަށް ނުކުންނާނީ މޮޅުވާން ކަމަށެވެ. ހަމައެހެންމެ ރެއާލްއަށް ޑޯޓްމަންޑްގެ ދަނޑުގައި މިހާތަނަށް މޮޅު ނުވެވިފައިވާ ކަން ފާހަގަކޮށް ކަވަހާލް ބުނީ އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަކީ ތާރީހް ބަދަލުކުރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި އަދި އެ ފުރުސަތުގެ ބޭނުން ހިފުމަށް ކެތްމަދުވެފައި ހުރިކަމަށެވެ.

ދާދިފަހުން ރެއާލްއާއެކު އެއްބަސްވުން އާކުރި ކަވަހާލް ބުނެފައިވަނީ ރޮނާލްޑޯއާއެކު އެއް ޓީމަކަށް ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާއަށް ލަނޑު ޖަހަން އެހީތެރިވެދިނުމަކީ މެޗުތެރެއިން ކޮންމެހެން ވެސް ކުރާ ކަމެއް ކަމަށެވެ. އަދި ކަވަހާލް ތަނަވަސްކޮށްދޭ ފުރުސަތުތައް ރޮނާލްޑޯ އަބަދުވެސް ނިންމާ ކަމަށާއި މިކަމުގެ ސަބަބުން އޭނާއާއެކު ކުޅެން ފަސޭހަ ކަމަށްވެސް ކަވަހާލް ބުނެފައިވެއެވެ.

ޑޯޓްމަންޑާ ދެކޮޅަށް ރެއާލްއިން ނުކުންނައިރު އެ ޓީމަށް ވަނީ ލަނޑު ޖެހުމަށް މައްސަލަތަކާއި ކުރިމަތިވެފައެވެ. އެގޮތުން ލަލީގާގައި އެ ޓީމަށް މިހާތަނަށް ޖެހިފައިވަނީ 11 ލަނޑެވެ. އަދި މިދިޔަ ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާތަނަށް ގޯލާ އަމާޒުކޮށް 18 ހަމަލާ ފޮނުވާލާފައިވާއިރު އެއްވެސް ލަނޑެއް ޖެހިފައެއްނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 މެއި 2017

ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

03 މެއި 2017
ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ
03 މެއި 2017

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017
ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް
26 އެޕްރީލު 2017

ޔުނައިޓެޑް ޖޯޒީގައި އިބްރާހިމޮވިޗް ފެންނާނެކަމާ މެދު ސުވާލު އުފެދިއްޖެ

26 އެޕްރީލު 2017
ޔުނައިޓެޑް ޖޯޒީގައި އިބްރާހިމޮވިޗް ފެންނާނެކަމާ މެދު ސުވާލު އުފެދިއްޖެ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
12 އެޕްރީލު 2017

ބޭނުމަކީ މާޒިޔާ ކޮޅަށް ފުރަތަމަ ގޯލުޖަހާ ޓީމަކަށް ނިއު ހެދުން: ޓަވަރޭޒް

12 އެޕްރީލު 2017
ބޭނުމަކީ މާޒިޔާ ކޮޅަށް ފުރަތަމަ ގޯލުޖަހާ ޓީމަކަށް ނިއު ހެދުން: ޓަވަރޭޒް
18 މާރިޗު 2017

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް