ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި
31 އޯގަސްޓު 2026 | ހޯމަ 14:22ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ މުހައްމަދު ހައިޒޫމް ހުސައިންގެ ބޭއަދަބީ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އޭނާ ވަޒީފާއިން ވަކިކުރުމަށް ރައީސް އޮފީހުން މިހާރު ވަނީ ނިންމާފައި. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އޭނާ ރާއްޖެއަށް ރިކޯލްކޮށް، ޑިޕްލޮމެޓިކް އިމްތިޔާޒުތައް އަތުލުމުގެ މަރުހަލާ މިހާރު ވަނީ ފަށާފައި


ސްރިލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ތަރޑް ސެކެޓަރީއެއްގެ މަގާމުގައި ހުންނެވި މުހައްމަދު ހައިޒޫމް ހުސައިންގެ ބޭއަދަބީ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފި | ރާއްޖެ އެމްވީ
ސްރިލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ތަރޑް ސެކެޓަރީއެއްގެ މަގާމުގައި ހުންނެވި މުހައްމަދު ހައިޒޫމް ހުސައިންގެ ބޭއަދަބީ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފި އެވެ.
ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ކްލަބެއްގެ ތެރޭގައި ނަށަން ހުރި އަންހެނަކާއެކު އޭނާ ނަށާ މަންޒަރެވެ. އޭނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައިކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފަ އެވެ.
ސްރިލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ތަރޑް ސެކެޓަރީއެއްގެ މަޤާމުގައި ހުންނެވި މުހައްމަދު ހައިޒޫމް ހުސައިންގެ ބޭއަދަބީ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައި
މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް ރާއްޖެއެމްވީ އިން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
މި ވީޑިއޯއާ ގުޅޭގޮތުން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، މި މައްސަލަ ފެންމަތިވުމާއެކު، އޭނާ ވަޒީފާއިން ވަކިކުރުމަށް ރައީސް އޮފީހުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި، އެ ހިސާބުން އެމްބަސީއާ ގުޅިގެން މިނިސްޓްރީން އެ ޕްރޮސެސް ފަށާފައިވާ ކަމަށެވެ. އެގޮތުން އޭނާ ޓާމިނޭޓް ކުރުމަށްޓަކައި މިހާރު "ރިކޯލް" ކުރެވިފައިވާކަން މުންދު ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވި އެވެ.
ޚާރިޖީ ބަސްމަގުގައި ރިކޯލް ކުރުމަކީ ޑިޕްލޮމޭޓަކު ޚިދުމަތް ކުރައްވަމުން ގެންދަވާ ގައުމުން، ރަސްމީކޮށް އަނބުރާ ގައުމަށް ގެނައުމެވެ.
މުންދު ވިދާޅުވި ގޮތުގައި ރިކޯލް ޕްރޮސެސްގެ ތެރެއިން އޭނާގެ ހުއްދަތައް އަނބުރާ ނެގުމާއި ޑިޕްލޮމެޓިކް ޕާސްޕޯޓު އަތުލުން ފަދަ މަރުހަލާތައް ނިމުމުން، އޭނާ ވަޒީފާއިން ވަކި ވެސް ކުރާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެސް އޭނާ ހުރީ ސްރިލަންކާގެ ދިވެހި އެމްބަސީގެ ވަޒީފާގަ އެވެ.











